ކ. މާލެ
|
24 ސެޕްޓެންބަރ 2024 | އަންގާރަ 14:59
ސްރީ ލަންކާގެ އައު ބޮޑުވަޒީރު ޑރ. ހަރިނީ އަމަރަސޫރިޔާ
ސްރީ ލަންކާގެ އައު ބޮޑުވަޒީރު ޑރ. ހަރިނީ އަމަރަސޫރިޔާ
ވިކިޕީޑިއާ
ސްރީލަންކާގެ އައު ބޮޑުވަޒީރު
ސްރީ ލަންކާގެ ބޮޑު ވަޒީރު ކަމަށް ޑރ. ހަރިނީ އަމަރަސޫރިޔާ
ތަޢުލީމާއި އިޖްތިމާޢީ އިންސާފުގެ ދާއިރާއިން ތަޖުރިބާ ހޯއްދަވަފައިވާ އަމަރަސޫރިޔާއަކީ ސްރީލަންކާގެ 3 ވަނަ އަންހެން ބޮޑުވަޒީރެވެ.

ޑރ. ހަރިނީ އަމަރަސޫރިޔާ ސްރީލަންކާގެ އައު ބޮޑުވަޒީރުކަމަށް އެ ގައުމުގެ އައު ރައީސް އަނޫރާ ކުމާރާ ޑިސެނަޔަކަ އައްޔަން ކުރައްވައިފިއެވެ.

ނޭޝަނަލް ޕީޕަލްސް ޕަވަރ (އެންޕީޕީ) އަށް ނިސްބަތްވާ ގާނޫނު ހަދާ މަޖިލީހުގެ މެންބަރު، އަމަރަސޫރިޔާ އަކީ ފާހަގަކޮށްލެވޭ އިލްމީ ޝަަޚްޞިއްޔަތަކަށް ވުމުގެ އިތުރުން އިންސާނީ ޙައްޤުތަކަށް ވަކާލާތު ކުރައްވާ އަދި ސްރީ ލަންކާގެ އޯޕަން ޔުނިވަރސިޓީގެ ސޯޝަލް ސްޓަޑީޒް ޑިޕާޓްމަންޓުގައި ސީނިއަރ ލެކްޗަރަރއެއްގެ ގޮތުގައިވެސް މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ.

ތަޢުލީމާއި އިޖްތިމާޢީ އިންސާފުގެ ދާއިރާއިން ތަޖުރިބާ ހޯއްދަވަފައިވާ އަމަރަސޫރިޔާއަކީ ސްރީލަންކާގެ 3 ވަނަ އަންހެން ބޮޑުވަޒީރެވެ. މީގެ ކުރިން މި މަޤާމު ފުރުއްވާފައިވަނީ ސިރިމާވޯ ބަންޑާރަނާއިކަ އާއި ޗަންދްރިކާ ބަންޑާރަނާއިކަ ކުމާރަތުންގާއެވެ.

އަމަރަސޫރިޔާ ޕާލިމެންޓަށް ވަޑައިގެންނެވީ 2020 ވަނަ އަހަރު އެން.ޕީ.ޕީގެ ޤައުމީ ލިސްޓުންނެވެ.

ޑރ. ހަރިނީ އަމަރަސޫރިޔާ އަކީ އެގައުމުގެ 16 ވަނަ ބޮޑުވަޒީރެވެ.

ހަރިނީ އަމަރަސޫރިޔާ އަކީ ޒުވާނުންނަށް ވަޒީފާ ނުލިބުމުގެ މައްސަލަ އާއި ކުޑަކުދިން ރައްކާތެރިކަމާއި އަދި ސްރީލަންކާގެ ތަޢުލީމީ ނިޒާމުގައި ހުރި އުނިކަންތައްތަކުގެ މައްޗަށް ކުރައްވާފައިވާ ދިރާސާތަކުން މަޝްހޫރު ބޭފުޅެކެވެ. މީގެ އިތުރުން، ބޮޑު ވަޒީރު ކަމުގެ މަގާމަށް އިސްކުރެވުނު އިރު "ނެސްޓް" ކިޔާ ސްރީލަންކާގެ ލޯކަލް އެންޖީއޯއެއްގެ ބޯޑު އޮފް ޑައިރެކްޓަރުންގެ މެންބަރެއްގެ ގޮތުގައިވެސް އޭނާ ގެންދަވަނީ މަސައްކަތް ކުރައްވަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 8 ގަޑިއިރު ކުރި
ރިވިއު ކުރީ: ރާއްޖެ އެމްވީ
- ކޮމެންޓް