ކ. މާލެ
|
22 ސެޕްޓެންބަރ 2024 | އާދީއްތަ 13:52
ވޯޓުލުމަށް ލަންކަ ރައްޔިތުން ތަަކެއް ކިޔުގައި
ވޯޓުލުމަށް ލަންކަ ރައްޔިތުން ތަަކެއް ކިޔުގައި
ރޮއިޓާސް
ސްރީލަންކާގެ ރިޔާސީ އިންތިޚާބު
ލަންކާ ރިޔާސީ އިންތިޚާބު: އެއްވެސް ކެންޑިޑޭޓަކަށް 50 އިންސައްތަ ވޯޓު ނުލިބުމުން ދެވަނަ ބުރުގެ ގުނުން ކުރިއަށް ގެންދަން ނިންމައިފި
މިހާތަނަށް ގާތްގަނޑަކަށް ދެބައިކުޅައެއްބައި ވޯޓު ގުނާ ނިމިފައިވާއިރު، ޑިސެނަޔަކަ ވަނީ 39.5 އިންސައްތައާއެކު އެންމެ ކުރީގައެވެ. އޭނާގެ ފަހަތުން ދެވަނަގައި އުޅުއްވަނީ އިދިކޮޅު ލީޑަރު ސަޖިތު ޕްރެމަދާސައެވެ. ޕްރެމަދާސާ ހޯއްދަވާފައިވަނީ 34 އިންސައްތަ ވޯޓެވެ.

ސްރީލަންކާގެ 2024 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް ކާމިޔާބުކުރުމަށް ބޭނުންވާ 50 އިންސައްތައަށްވުރެ މަތިން ވޯޓު ލިބިފައިނުވާކަމަށް އެ ޤައުމުގެ އިލެކްޝަން ކޮމިޝަންގެ ޗެއަރމަން އާރް.އެމް.އޭ.އެލް ރަތްނަޔަކަ ވިދާޅުވެއްޖެ ކަމަށް ސްރީ ލަންކާގެ މީޑިއާ އިން ރިޕޯޓް ކޮށްފިއެވެ.

މިހާތަނަށް ގާތްގަނޑަކަށް ދެބައިކުޅައެއްބައި ވޯޓު ގުނާ ނިމިފައިވާއިރު، ޑިސެނަޔަކަ ވަނީ 39.5 އިންސައްތައާއެކު އެންމެ ކުރީގައެވެ. އޭނާގެ ފަހަތުން ދެވަނަގައި އުޅުއްވަނީ އިދިކޮޅު ލީޑަރު ސަޖިތު ޕްރެމަދާސައެވެ. ޕްރެމަދާސަ ހޯއްދަވާފައިވަނީ 34 އިންސައްތަ ވޯޓެވެ. އަދި މިހާރުގެ ރައީސް ރަނިލް ވިކްރަމަސިންހަ ވަނީ 17.5 އިންސައްތައާއެކު ތިންވަނައިގައެވެ.

ސްރީލަންކާގެ އިންތިޚާބީ ނިޒާމު އޮންނަ ގޮތުން ވޯޓުލާ މީހުންނަށް އެމީހުން އެންމެ އިސްކަންދޭ ތިން ކެންޑިޑޭޓުން ތަރުތީބުކޮށް ވޯޓު ކަރުދާހުގައި ފާހަގަޖެހިދާނެއެވެ.

އެއްވެސް ކެންޑިޑޭޓަކަށް ފުރަތަމަ ބުރުގައި 50 އިންސައްތަ ވޯޓު ނުލިބިއްޖެނަމަ، އެންމެ ގިނަ ވޯޓު ލިބުނު ދެ ކެންޑިޑޭޓުންގެ މެދުގައި ދެވަނަ ބުރަކަށް ވޯޓު ގުނުން ބޭއްވޭނެއެވެ. ދެވަނަ ބުރުގެ ގުނުމުގައި ބަލާނީ ވޯޓުދިން މީހުން ދެވަނައަށް އިސްކަންދިން ކެންޑިޑޭޓަށެވެ. އަދި ދެވަނަ އަށް ދީފައިވާ ވޯޓު އެ ކެނޑިޑޭޓެއްގެ ޖުމްލަ އަށް އިތުރު ކުރެވޭނެއެވެ.

އިލެކްޝަން ކޮމިޝަންގެ ޗެއަރމަން ވިދާޅުވިގޮތުގައި، އިންތިޚާބުގެ ފުރަތަމަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް ކާމިޔާބުކުރުމަށް ބޭނުންވާ އިންސައްތައިގެ ވޯޓު ލިބިފައިނުވާތީ، އިންތިޚާބުގެ ދެވަނަ ބުރުގައި ވާދަކުރާނީ އެންމެ މަތިން ފުރަތަމަ ބުރުގައި ވޯޓު ލިބުނު ދެ ކެންޑިޑޭޓުންކަމަށްވާ އަނުރާ ކުމާރަ ޑިސަނަޔަކަ އާއި ސަޖިތު ޕްރެމަދާސަ އެވެ.

Advertisement

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ގަޑިއިރު ކުރި
ރިވިއު ކުރީ: ރާއްޖެ އެމްވީ
- ކޮމެންޓް