ކ. މާލެ
|
23 ސެޕްޓެންބަރ 2024 | ހޯމަ 13:16
ސްރީލަންކާގެ އައު ރައީސް، އަނޫރާ ކުމާރާ ޑިސަނަޔަކަ ރައީސް ކަމުގެ ހުވާ ކުރެއްވި ރަސްމިއްޔާތުގައި
ސްރީލަންކާގެ އައު ރައީސް، އަނޫރާ ކުމާރާ ޑިސަނަޔަކަ ރައީސް ކަމުގެ ހުވާ ކުރެއްވި ރަސްމިއްޔާތުގައި
އަނޫރާ ކުމާރާ ޑިސަނަޔަކެ/ އެކްސް
ސްރީލަންކާގެ ރައީސް
އަނޫރާ ކުމާރާ ޑިސަނަޔަކަ ސްރީލަންކާގެ ރައީސްކަމުގެ ހުވާކުރައްވައިފި
ޑިސަނަޔަކަ ރައީސްކަމަށް އިންތިޚާބުވެފައިވަނީ ހޮނިހިރު ދުވަހު ބޭއްވުނު އެޤައުމުގެ އިންތިޚާބުން، ދެވަނަ ބުރަކަށް ވޯޓު ގުނުން ގޮސް އިދިކޮޅު ލީޑަރު ސަޖިތު ޕްރެމަދާސާ އާ ވާދަކޮށް ޖުމްލަ 5.74 މިލިއަން ވޯޓު ހޯއްދަވައިގެންނެވެ.

ނޭޝަނަލް ޕީޕަލްސް ޕަވަރ (އެންޕީޕީ) ގެ ލީޑަރު އަނޫރާ ކުމާރާ ޑިސެނަޔަކަ، ސްރީލަންކާގެ ރައީސްކަމުގެ ހުވާ ކުރައްވައިފިއެވެ.

56 އަހަރުގެ ޑިސަނަޔަކަ ރައީސްކަމުގެ ހުވާ ކުރައްވާފައިވަނީ، ހޯމަ ދުވަހު، ލަންކާގެ އުއްތަމަ ފަނޑިޔާރު ޖަޔަންތަ ޖަޔަސޫރިޔާގެ ޙާޟިރުގައި އެޤައުމުގެ ޤާނޫނު ހަދާ މަޖިލީހުގައި ކުރިއަށްދިޔަ ރަސްމިއްޔާތެއްގަ އެވެ.

އަނޫރާ ކުމާރާ ޑިސަނަޔަކަ ރައީސް ކަމުގެ ހުވާކުރެއްވުން - އަނޫރާ ކުމާރާ ޑިސަނަޔަކެ/ އެކްސް

ލަންކާގެ ނުވަ ވަނަ އެގްޒެކެޓިވް ރައީސް ކަމުގެ ހުވާކުރެއްވުމަށްފަހު ޑިސެނަޔަކަ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، އޭނާގެ އަމާޒަކީ ލަންކާއަށް އިންޤިލާބީ ބޮޑެތި ކުރިއެރުންތަކެއް ގެނައުން ކަމަށާއި، މި ކަން ހާސިލުކުރުމަށްޓަކައި، އޭނާގެ މަސްއޫލިއްޔަތުތައް އެންމެ ފުރިހަމަ އަށް އަދާކުރައްވާނެ ކަމަށެވެ.

ޑިސަނަޔަކަ ރައީސްކަމަށް އިންތިޚާބުވެފައިވަނީ ހޮނިހިރު ދުވަހު ބޭއްވުނު އެޤައުމުގެ އިންތިޚާބުން، ދެވަނަ ބުރަކަށް ވޯޓު ގުނުން ގޮސް އިދިކޮޅު ލީޑަރު ސަޖިތު ޕްރެމަދާސާ އާ ވާދަކޮށް ޖުމްލަ 5.74 މިލިއަން ވޯޓު ހޯއްދަވައިގެންނެވެ. ސަޖިތު ޕްރެމަދާސާއަށް ލިބިވަޑައިގެންނެވީ ޕްރިފެރެންޝަލް ވޯޓުތަކާއެކު 4.5 މިލިއަން ވޯޓެވެ.

ޑިސަނަޔަކަ ވަނީ ރައްޔިތުންގެ ދިރިއުޅުން ފަސޭހަކޮށްދިނުމަށް ވެލްފެއަރގެ ފިޔަވަޅުތަކެއް އަޅުއްވާ، ހެޔޮ ވެރިކަން ކުރިއެރުވުމާއި ކަރަޕްޝަން ނައްތާލެއްވުމަށް ވަޢުދުވެފައެވެ.

ސްރީ ލަންކާގެ އިގްތިސާދީ މައްސަލަތައް ފެންމަތިވުން ވެގެން ދިޔައީ ކަރަޕްޝަން އާ ދެކޮޅަށް އަޑުއުފުއްލަވަން އޭނާ އަށް ފަހިވި ފުރުސަތަކަށެވެ. ކެމްޕޭންގައި މައިގަނޑުގޮތެއްގައި އޭނާ ގެންގުޅުއްވި ޝިއާރަކީ ވެސް ކަރަޕްޝަން އާ ދެކޮޅަށް މަސައްކަތް ކުރެއްވުމެވެ.

Advertisement

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ގަޑިއިރު ކުރި
ރިވިއު ކުރީ: ރާއްޖެ އެމްވީ
- ކޮމެންޓް