ކ. މާލެ
|
15 އޯގަސްޓް 2017 | އަންގާރަ 21:27
ޝެރެޓަންގައި ބޭއްވި ހަފްލާގެ ތެރެއިން
ޝެރެޓަންގައި ބޭއްވި ހަފްލާގެ ތެރެއިން
ރާއްޖެއެމްވީ
ދިރާގު
ދިރާގުން ޔޮންޑާ މިއުޒިކް އެޕް ލޯންޗް ކޮށްފި
މިއީ މިއުޒިކަށް ލޯބިކުރާ ފަރާތްތަކަށް ޙާއްސަ އެޕެއް

ދިރާގުން  ޔޮންޑާ މިއުޒިކް އެޕް ލޯންޗްކޮށްފިއެވެ.

 

ޝެރެޓަން މޯލްޑިވްސްގައި ބޭއްވި ހަފްލާއެއްގައި މިއެޕް ލޯންޗްކޮށްފައިވާއިރު މިއުޒިކް ދާއިރާގެ ގިނަ ފަންނާނުން ބައިވެރިވެފައިވެއެވެ.

 

"ޔޮންޑާ މިއުޒިކް" އެޕްލިކޭޝަން ތައާރަފު ކުރުމަށް ޝެރެޓަން، ފުލްމޫން ރިސޯޓުގައި ބޭއްވި ރަސްމިއްޔާތުގައި ދިރާގުގެ ސީއީއޯ އިސްމާއިލް ރަޝީދު އާއި ޔޮންޑާ މިއުޒިކްގެ އެޑަމް ކިޑްރޮން ބައިވެރިވެވަޑައިގެންވިއެވެ.

 

މި އެޕަކީ ވިހި މިލިއަނަށް ވުރެ ގިނަ ލަވަ ހިމެނޭ ލަވަ ހިމެނޭ އެޕްލިކޭޝަންއެކެވެ. މިއެޕްލިކޭޝަންގައި ދިވެހި ލަވަތައް ދިރާގުން ހިމަނާފައިވާއިރު މިއީ ލަވަ ސްޓީމް ކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ އެޕްލިކޭޝަންއެކެވެ.

 

"ޔޮންޑާ މިއުޒިކް" އަކީ މިގޮތަށް ރާއްޖޭގައި ތައާރަފުކުރާ ފުރަތަމަ މިއުޒިކް ސްޓްރީމިން އެޕްލިކޭޝަންއެވެ.

 

ޔޮންޑާ މިއުޒިކްގެ އެޑަމް ކިޑްރޮން ވިދާޅުވީ ދިވެހި ފަންނާނުންގެ ހުނަރު އެބަހުރި ކަމަށާއި މިއީ އެފަންނާނުން ކުރިއަރައިގެންދާން ރަނގަޅު ޕްލެޓްފޯމެއް ކަމަށެވެ.

ދިވެހި ފަންނާނުންނަށް މި އެޕްލިކޭޝަން ހުޅުވިގެންދިއުމުން އެށީގެންވާ އާމްދަނީއެއް ލިބިގެންދާނެ ކަމަށް އެޑަމް ވިދާޅުވި އެވެ.

 

އަދި މި އެޕްލިކޭޝަންގައި ލަވަތައް ހިމެނުމާއެކު ލަވަ ކިޔާފައިވާ ފަންނާނުންނަށް މާލީ ގޮތުންވެސް ފައިދާތަކެއް ލިބިގެންދާނެ ކަމަށެވެ.

 

"ޔޮންޑާ މިއުޒިކް" އެޕް ފަރުމާކޮށްފައިވަނީ ލަވަ ސްޓީމްކުރާ ކޮންމެ ފަހަރަކު އެ ލަވައެއް ކިޔާފައިވާ ފަންނާނަށް އާމްދަނީގެ ގޮތުގައި ވަކި ޕަސަންޓެއް ލިބިގެންދާނެއެވެ.

 

މިއެޕް ޕްލޭ ސްޓޯރުން މިހާރުވެސް ޑައުލޯޑް ކުރެވޭނެއެވެ. އަދި މިހާތަނަށްވެސް 500 އަށްވުރެ ގިނަ ދިވެހި ލަވަ ވަނީ ހިމަނާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް