Advertisement
ކ. މާލެ
|
24 ސެޕްޓެންބަރ 2024 | އަންގާރަ 09:45
އަލިފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ)
އަލިފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ)
ރާއްޖެއެމްވީ
މުވައްޒަފުން ވަޒީފާއިން ވަކިކުރުން
މުވައްޒަފުން ވަކިކުރަނީ ހަރަދުކުޑަކުރާކަށް ނޫން، އެކަން ކުރަނީ ބޭނުންވާ ބަޔަކު ވަޒީފާއަށް ނަގާ ބާރުތައް އެއްކުރުމަށް: ބިގޭ
މަޖިލިސް އިންތިހާބާ ޖެހެންދެން ވަޒީފާ ދެމުންދިޔައީ ގަނޑުކޮށް ކަމަށާއި، އެއިރުވެސް އިގްތިސާދީ ހާލަތު އޮތްގޮތްވެސް އެނގިވަޑައިގަންނަވާނެ
ކުރައްވާ ކަމަކީ ޒަމާނުއްސުރެ އޮންނަ ބާރުތައް އެއްކުރުމުގެ ބޭނުމާއި، ފިކުރު ދިމާނުވާ މީހުން ވަޒީފާއިން ވަކިކުރުން
ޚަބަރުގެ އޯޑިއޯ

ސަރުކާރު ކުންފުނިތަކުންނާއި އެކިއެކި ވަޒީފާތަކުން މުވައްޒަފުން ވަކިކުރަނީ ހަރަދުކުޑަކުރާކަށް ނޫން، އެކަން ކުރަނީ ބޭނުންވާ ބަޔަކު ވަޒީފާއަށް ނަގާ ބާރުތައް އެއްކުރުމަށް ކަމަށް އަލިފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ހަވަރުބެރު ޕެނަލް ޑިސްކަޝަންގައި ވާހަކަ ދައްކަވަމުން އަލިފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) ވިދާޅުވީ ވެރިކަން ފެށި ހިސާބުން ފެށިގެން އާދަޔާ ހިލާފަށް މުވައްޒަފުން ވަޒީފާއިން ވަކިކުރަމުންދާކަން ފާހަގަކުރެވޭ ކަމަށެވެ. އަދި ސިޔާސީ ބޭނުމަށް ވަކި ޕާޓީއަކަށް ނުވަތަ ވަކި ސަރުކާރަކަށް ނިސްބަތްވާ މީހުންނަށް ސަރުކާރުގެ ކުންފުނިތަކުން މިހާތަނަށް 500ށް ވުރެ ގިނަ މީހުން ވަކިކޮށްފައިވާ ކަމަށެވެ. ނަމަވެސް ވަޒީފާ ދިން އަދަދު އެއަށްވުރެ އިތުރު ކަމަށާއި، 1500 އެއްހާ މީހުންނަށް ވަޒީފާ ދިންވާހަކަތައް އަޑު އިވޭ ކަމަށެވެ.

Advertisement

އޭނާ ވިދާޅުވީ ސަރުކާރުން މިކަން ކުރަނީ ހަރަދު ކުޑަކުރުމުގެ ވިސްނުމުގައި ނޫން ކަމަށާއި، ކުރައްވާ ކަމަކީ ޒަމާނުއްސުރެ އޮންނަ ބާރުތައް އެއްކުރުމުގެ ބޭނުމާއި، ފިކުރު ދިމާނުވާ މީހުން ވަޒީފާއިން ވަކިކުރުމާއި، ޕީއެންސީގެ ފިކުރުގެ މީހުންނަށް ވަޒީފާ ދިނުމުގެ ބޭނުމުގައި ކުރާ ކަމެއް ކަމަށެވެ.

އަޅުގަނޑަށް އަޑުއިވިފައި އެބައޮތް، މަޖިލީހުގެ ރައީސްވެސް ވިދާޅުވެފައި އޮތް އަޑު އަދި ވަޒިފާދީ ނުނިމޭ ކަމަށް. އެހެންވީމާ އިގްތިސާދީ ދަތި ދަނޑިވަޅެއްގައި ވަޒީފާއިން މީހުން އުނިކުރުމުގެ ބޭނުމުގައި އެމީހުން ބޭނުންބަޔަކު ވަކިކޮށ އެމީހުން ބޭނުންވާ ބަޔަކަށް ވަޒީފާ ދެމުންދަނީ. ދެން ބައެއް މުވައްޒަފުންނަށް މަޖުބޫރުއެބަކުރޭ އެހެން ރަށްރަށަށް ގޮސް ވަޒީފާގައި އުޅެންވެސް. އަމިއްލަ ހަރަދުގައި އުޅެންޖެހެނީ އެއީ ދަތިކަމަކަށްވާނީ.
އަލިފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ)

ހަވަރު ބެރުގައި ވާހަކަ ދައްކަވަމުން މަރަދޫ ދާއިރާގެ މެންބަރު އަހުމަދު ދީދީ ވިދާޅުވީ ޑރ. މުއިއްޒަކީ ވައުދެއްވެއްޖެނަމަ އެ ވައުދަކާ ހިލާފުވާ ބޭފުޅެއް ކަމަށެވެ. ވައުދާ ހިލާފުވެ ދޮގު ހެދުމަކީ ރައީސް މުއިއްޒުގެ އާދައެއް ކަމަށެވެ. މީޑިއާތަކުންނާއި އާންމުން އެމަނިކުފާނާއި މުހާތަބުކުރައްވަނީ "ކައްޒާބު" ގެ ނަމުން ކަމަށާއި، އަދި އެނަން ކިޔަނީ ކިޔަންވެގެން ކަމަށެވެ.

"ކައްޒާބު" މިކިޔަނީ ދޮގު ހަދާހަދާ ތެދެއް ހެދިޔަސް އެއީ ދޮގެއްކަމަށް އާންމުންނަށް ގަބޫލުވާ ހިސާބުން. ހަގީގަތަކީ ރައީސް މުއިއްޒު ވައުދުވެވަޑައިގެންނެވި އިރުވެސް އެނގިވަޑައިގަންނަވާނެ ފެނަކައިގެ މުވައްޒަފުންގެ އަދަދުވެސް. ރައްޔިތުންގެ ޓެކްސް ފައިސާ ހަރަދުވަމުންދިޔަ ގޮތް އާންމުންނަށް ވެސް ފެންނަން އޮންނާނެ. ކިތައް މުވައްޒަފުންކަންތިބީ. އެއީ ކުންފުންޏެއްކަމުގައި ވިޔަސް އަދި މަގާމެއްގައި ހުރި މީހެއްކަމުގައި ވިޔަސް ހަރަދު އެނގޭނެ. ފެނަކައިގެ މުވައްޒަފުންގެ ތެރެއިން އެއިރު ތިބި އަދަދަށް ބަލާފައި އެނގޭނެ އިގްތިސާދު މެނޭޖްކުރެވޭނެ ވަރަށްކަން މުވައްޒަފުން ތިބީވެސް.
މަރަދޫ ދާއިރާގެ މެންބަރު އަހުމަދު ދީދީ

މެންބަރު ދީދީ ވިދާޅުވީ މަޖިލިސް އިންތިހާބާ ޖެހެންދެން ވަޒީފާ ދެމުންދިޔައީ ގަނޑުކޮށް ކަމަށާއި، އެއިރުވެސް އިގްތިސާދީ ހާލަތު އޮތްގޮތްވެސް އެނގިވަޑައިގަންނަވާނެ ކަމަށެވެ. ނަމަވެސް ކުއްލިއަކަށް އިގްތިސާދީ ހާލަތު އޮތްގޮތް އެނގުނުކަމަށް ބުނެ ދައްކާ ވާހަކައަކީ ބޮޑު އޮޅުވާލުމެއް ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ގަޑިއިރު ކުރި
ރިވިއު ކުރީ: މަރިޔަމް އުހާމަތު
- ކޮމެންޓް