ކ. މާލެ
|
22 ސެޕްޓެންބަރ 2024 | އާދީއްތަ 15:12
ހުޅުމާލެގެ މަގުމަތި: ފޭރުން މިހާރުވަނީ އާއްމުވެފައި
ހުޅުމާލެގެ މަގުމަތި: ފޭރުން މިހާރުވަނީ އާއްމުވެފައި
ސޯޝަލްމީޑިއާ
މަގޭ ރިޕޯޓް
އަނެއްކާވެސް ސިއްސައިގެންދާވަރުގެ ބިރުވެރިކަމުގެ ރަނގަބީލެއް
ކުށްކުރުން ގިނަވުމާއި ކުރާ ކުށުގެ ބާވަތް މިދަނީ އެއްދުވަހުން އަނެއް ދުވަހަށް އިތުރުވަމުންނެވެ. އެކުށުގައި އެކުލެވޭ ބިރުވެރިކަންވެސް ދަނީ އިންތިހާއަށް ބޮޑުވަމުންނެވެ.

ކުށްކުރުން ގިނަވުމާއި ކުރާ ކުށުގެ ބާވަތް މިދަނީ އެއްދުވަހުން އަނެއް ދުވަހަށް އިތުރުވަމުންނެވެ. އެކުށުގައި އެކުލެވޭ ބިރުވެރިކަންވެސް ދަނީ އިންތިހާއަށް ބޮޑުވަމުންނެވެ.

އެބީދައިން ބަލާއިރު އަނެއްކާވެސް މިވަނީ ބޮޑު ބިރުވެރިކަމަކާ ކުރިމަތިލާން ޖެހިފައެވެ. ފޭރުން އާއްމުވެ ފޭރޭގޮތްތައް ތަފާތުވެފައި ފިއްކަނޑައިގެންދާވަރުގެ ހާދިސާތައް މިވަނީ އިތުރުވެފައެވެ. މަހެއް ކީއްކުރަން ހެއްޔެވެ. ހަފްތާއަކަށް ނުވަތަ ދުވަހަކަށް ބަލާލިއަސް އެފަދަ އެތައް މައްސަލައެކެވެ. ބައެއް ފޭރުން ތަކަކީ މީޑިއާއަށް ތިލަނުވެ ނުވަތަ ފުލުހުންނާ ހަމައަށް ރިޕޯޓްވެސް ނުކުރެވި ހުންނަ މައްސަލަތަކެވެ.

މިދިޔަ ހަފްތާއަށް އެކަނި ބަލާލިއަސް ބިދޭސީއެއްގެ އަތުން ފޯނެއް ފޭރިގަނެގެން ފިލަން އުޅުނު ޒުވާނަކަު އާއްމުން ހިފަހައްޓާ ފުލުހުންނާ ވަނީ ހަވާލުކޮށްފައެވެ. އިނގިލިތައް ބުރިކޮށްލާނެ ކަމަށް ބުނެ ބިދޭސީން ތަކެއްގެ އަތުންވެސް ފޭރުނު ބަޔަކު ހައްޔަރު ކުރިއެވެ. އިމިގްރޭޝަންގެ ބަޔަކަށް ހެދިގެން ބިދޭސީން ތިބޭ ތަނަކަށްވަދެ އެމީހުން އަތުން ފޭރުނު ބަޔަކުވެސް ހައްޔަރުކުރީ ނިމިދިޔަ ހަފްތާގައެވެ.

އާއްމު ގޮތެއްގައި ފޭރޭ ގިނަ މީހުންގެ އަމާޒު ބޮޑަށް ހުރިކަމަށް ބެލެވެނީ ބިދޭސީންނަށެވެ. ބިދޭސީންނަށް ބިރު ދައްކައިގެންނެވެ. އެމީހުން ތިބޭ ތަންތަނަށް ވަދެގެންނެވެ. ތަފާތު ގޮތްގޮތައް ސިފަ ބަދަލުކޮށް ނުވަތަ ސަރުކާރުގެ ފަރާތުން ހިންގާ ބަލާ ފާސްކުރުމެއްގެ ތެރެއިން ކަމަށް ބުނެއެވެ. ބިދޭސީން ތިބޭ ތަންތަނުގެ އިތުރުން ގޭގެއަށް ރޯމާ ދުވާލު ވަދެގެންވެސް ފޭރުން މިވަނީ އާއްމުވެފައެވެ. ކަޓަރު އަޅައިގެންނެވެ. ވަޅިން ހަމަލަ ދީގެންނެވެ. ދުވަސްވީ މީހުން ތިބޭ ތަންތަން ފާހަގަކޮށް އެގޭގެއަށްވަދެ އެމީހުން ބަނދެ ބައިތިއްބައިގެންނެވެ.  

އަނެއް ބަޔަކީ މަގުމަތިން ފޭރޭ މީހުންނެވެ. ހިނގާފައިދާ މީހުންގެ އަތުން ނުވަތަ މަޑުކުރުވައިގެން ޖައްސާ މޮޅު ސްޓަންޓް ތަކާއެކު އަތުގައި އޮންނަ އަގުބޮޑު ތަކެއްޗާއި ފައިސާކޮޅު ޖަހައިގެނެގެންނެވެ. ނޫންނަމަ ވަޅިން ހަމަލާ ދިޣެން ފޭރޭފޭރުމެވެ.

އިންސާނިއްޔަތު ކަމުގެ އެހީތެރިކަމަކަށް އެދި ކުރެވޭ އާދޭސްތަކާއެކު އެއެހީތެރިކަން ފޯރުކޮށްދޭން އުޅޭ މީހުން ގެންގޮސްގެންވެސް ހިންގާފައިހުރި ފޭރުމުގެ ހާދިސާތައް މިފަހަކުން މިވަނީ އިތުރުވެފައެވެ. ރަށެއްގެ ކައުންސިލަރަކު މާލެއަށްކުރި ދަތުރެއްގައި ގެއެއްގެ ބޮތްކެއް ބަދަލުކޮށްލަން އެދި ވައްދައިގެން ފޭރުނު ފޭރުމަކީ އޭގެ މަޝްހޫރު މިސާލެކެވެ.

ފޭރުމުގައި ހަރަކާތްތެރިވަނީ ވަކި ޖިންސެއް ނޫނެވެ. އަންހެން ފިރިހެންވެސް އެކަމުގައި ޝާމިލްވެއެވެ. ގޭގެއަށް ވައްދައި ބިރުދައްކައި ބަރަހަނާކޮށް އޭނާގެ އަތުގައި ހުރި ފައިސާކޮޅު ފޭރުމުގައި ޝާމިލްވާ އަންހެނުން ގިނައެވެ. ރޭވިގެން އެފަދަ ގުރޫޕްތަކުން ފޭރޭ މީހާގެ ވޮލެޓް އަތުލާފައި އެކަނި ދޫކޮށްލަނީކީ ނޫނެވެ. އޭނާގެ ކޭޝްކާޑް ފަދަ ތަކެތި ބޭނުންކޮށްގެން މުޅި އެކައުންޓް އެއްކޮށްވެސް ހުސްކޮށްލަނީއެވެ.

ކޮންމެއަކަސް ރާއްޖޭގައި ފޭރުން މިވަނީ އިންތިހާއަށް އިތުރުވެފައެވެ. ޚާއްޞަކޮށް މާލެ ސަރަހައްދުގައެވެ. މިއީ ޢާއްމުން އިތުރަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅު އަޅަން މަޖްބޫރުވެފައިވާ މައްސަލައެކެވެ. އެފަދަ މީހުންގެ ހެއްލުންތަކަށް ސަމާލުވެ އެކަމުން ރައްކާތެރިވާން އެބަޖެހެއެވެ. އެފަދަ މީހުންނަށް ފަސޭހައިން އެކްސެސް ނުވެވޭނޭގޮތައް ގެދޮރުގެ ދޮރުތައް ބަދަލުކުރަން ޖެހިއްޖެއެވެ. ސަރުކާރުން މިކަމުގައި ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތައް އިތުރުކުރަން ޖެހެއެވެ. އާއްމުންގެ ސަލާމަތާއި ރައްކާތެރިކަމަށް ސަރުކާރުން މިހާރަށްވުރެ ބޮޑު އަހައްމިއްޔަތުކަމެއްދީ ފިޔަވަޅުތައް ވަރުގަދަ ކުރަން ޖެހިއްޖެއެވެ. ފެންނަ މަންޒަރާއި ހިނގާފައިވާ މިފަދަ ބޮޑެތި ހާދިސާތަކަށް ނަޒަރު ހިންގާލާއިރު، މިއީ ސިއްސައިގެންދާވަރުގެ ބިރުވެރިކަމެއްގެ ރަނގަބީލެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: މަރިޔަމް އުހާމަތު
- ކޮމެންޓް
22 ސެޕްޓެންބަރ 2024 | އާދީއްތަ 16:56
ޢޭވަން
ތިކަން އެކައްޏެއްނޫން. ސަލާންޖަހާ މީހުން ގޮތަށްހެދިގެންވެސް މިހާރުމަގުމަތީގަ އެބައުލޭބަޔަކު.ސައިތައްޓެއް ނުވަތަ ލާރިދޭން ބުނަނީ ދެވެއްނެތްކަމަށް ބުނެފިއްޔާ އެކިގޮތްގޮތަޢް ބިރުދައްކާ ފޮޓޯ ޓިކްޓޮކަށް ލާނަމޯ ބުނަނީ ފޯނުވެސް ނަގައިގެން ތިބެނީ. މިވެސް ސަމާލުވާން ޖެހޭ ކަމެއް
22 ސެޕްޓެންބަރ 2024 | އާދީއްތަ 15:26
ާަލަނޮ
އަދި މިއީ