ކ. މާލެ
|
22 ސެޕްޓެންބަރ 2024 | އާދީއްތަ 10:03
މެޗުގައި ލަނޑު ޖެހުމަށްފަހު ބަޔާންގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ
މެޗުގައި ލަނޑު ޖެހުމަށްފަހު ބަޔާންގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ
ރޮއިޓާސް
ޖަރުމަނު ލީގު
ފަސް ލަނޑުގެ މޮޅާއެކު، ބަޔާން އެއް ވަަނައިގައި
މޮޅާއެކު ބަޔާން އެއް ވަނައިގައި އޮތީ މިހާތަނަށް ކުޅުނު ހަތަރު މެޗުން ވެސް މޮޅުވެ، 12 ޕޮއިންޓު ހޯދައިގެންނެވެ.

ޖަރުމަނު ލީގުގައި ވާޑާ ބްރެމަންއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، ބަޔާން މިއުނިކް އެއް ވަނައިގައި ދެމި އޮވެއްޖެ އެވެ.

ބްރެމެންގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗު ބަޔާން އިން ކާމިޔާބު ކުރީ 5-0 އިންނެވެ. އެއީ މެޗުގެ ފުރަތަމަ ހާފުގައި ދެ ލަނޑު، އަދި ފަހު ހާފުގައި ތިން ލަނޑު ޖަހައިގެންނެވެ.

މެޗު ފަށައިގެން 23 ވަނަ މިނެޓުގައި ބަޔާން އިން ވަނީ ލަނޑު ޖަހައި ލީޑު ނަގައިފަ އެވެ. އިންގްލެންޑުގެ ކެޕްޓަން ހެރީ ކޭން ތަނަވަސްކޮށްދިން ފުރުސަތެއްގައި އެ ލަނޑު ޖެހީ މައިކަލް އޮލީސޭ އެވެ. އޭގެ ފަހުންް މެޗުގެ 32 ވަނަ މިނެޓުގައި ބަޔާންގެ ދެ ވަނަ ލަނޑު ޖަމާލް މުސިއާލާ ޖެހީ، އޮލީސޭ ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ.

ދެ ވަނަ ހާފު ފަށައިގެން ކުރީ ކޮޅު ބަޔާންގެ ތިން ވަނަ ލަނޑު ޖެހީ ކޭން އެވެ. މިއީ މި ސީޒަންގައި ކޭން ބަޔާނަށް ޖަހައިދިން 10 ވަނަ ލަނޑެވެ. އޭގެ ފަހުން މެޗުގެ 60 ވަނަ މިނެޓުގައި ބަޔާންގެ ހަތަރު ވަނަ ލަނޑު ޖެހީ އޮލީސޭ އެވެ. މެޗުގައި ބަޔާންގެ ފަސް ވަނަ ލަނޑު، 65 ވަނަ މިނެޓުގައި ޖެހީ ސާޖް ގްނަބްރީ އެވެ. އެ ލަނޑު އޭނާ ޖެހީ ކޭން ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ.

މޮޅާއެކު ބަޔާން އެއް ވަނައިގައި އޮތީ މިހާތަނަށް ކުޅުނު ހަތަރު މެޗުން ވެސް މޮޅުވެ، 12 ޕޮއިންޓު ހޯދައިގެންނެވެ. މި ސީޒަނާ ދިމާކޮށް، ބަޔާންގެ ކޯޗުކަމާ ހަވާލުވި ވިންސެންޓް ކޮމްޕެނީގެ އިރުޝާދުގެ ދަށުން އެ ޓީމުން އަންނަނީ ރަނގަޅު ނަތީޖާތަކެއް ނެރެމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 10 ގަޑިއިރު ކުރި
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް