Advertisement
ކ. މާލެ
|
21 ސެޕްޓެންބަރ 2024 | ހޮނިހިރު 12:32
ފެނަކަ މަރަދޫފޭދޫ ޕްރޮޖެކްޓުގެ މުވައްޒަފުންނަށް ދޫކޮށްލަން ނިންމުމުން އެ މުވައްޒަފުން ތިބީ ބޮޑު ކަންބޮޑުވުމެއްގައި
ފެނަކަ މަރަދޫފޭދޫ ޕްރޮޖެކްޓުގެ މުވައްޒަފުންނަށް ދޫކޮށްލަން ނިންމުމުން އެ މުވައްޒަފުން ތިބީ ބޮޑު ކަންބޮޑުވުމެއްގައި
ވަޒީފާގެ ބިރު ދެއްކުން
މަރަދޫފޭދޫ ފެނަކަ އިން 24 މުވައްޒަފަކު ކުއްލި ގޮތަކަށް ވަކި ކުރުމުން އަމާޒުވި ފާޑުކިއުމާއެކު، ނިންމުން ބަދަލުކޮށް މުވައްޒަފުންނަށް ހަފްތާއެއް ދީފި
އެމީހުންނަކީ ވަކި ޕްރޮޖެކްޓަކަށް ނަގާފައި ތިބި ބަޔަކަށްވާއިރު، އަދި އެ ޕްރޮޖެކްޓުވެސް ނިމިފައިނުވޭ

އައްޑޫ ސިޓީ މަރަދޫފޭދޫ ފެނަކަ ޕްރޮޖެކްޓުގައި ތިބި 24 މުވައްޒަފަކު ކުއްލި ގޮތަކަށް ވަޒީފާއިން ވަކިކުރުމުން އަމާޒުވި ފާޑުކިއުންތަކާއެކު ނިންމުން ބަދަލުކޮށް، މުވައްޒަފުން އަނެއްކާވެސް ހަފްތާއަކަށް ވަޒީފާއަށް ނެރެފިއެވެ.

އެ މުވައްޒަފުން ޑިއުޓީއަށް ނުކުތުމުން މެނޭޖްމަންޓުން ވަނީ އެމީހުން ބުރާސްފަތި ދުވަހުން ފެށިގެން ވަޒީފާއިން ވަކިކޮށްފައިވާ ކަމަށް އަންގާފައެވެ.

އެއީ މިދިޔަ ސަރުކާރުގައި ވަޒީފާއަށް ނަގާފައިވާ މުވައްޒަފުން ތަކެކެވެ.

އެ މުވައްޒަފުން ވަކިކޮށްފައިވަނީ ފެނަކައިން ހިންގަމުން ދިޔަ އިންހައުސް ޕްރޮޖެކްޓުތައް ހުއްޓާލަން ނިންމާފައިވާތީކަމަށް މުވައްޒަފުން ވަޒީފާއިން ވަކިކޮށް ދޫކުރި ލިއުމުގައި ބުނެފައިވެއެވެ.

އެއާއެކު، ދުރާލާ އެންގުމެއް ނެތި ކުއްލި ގޮތަކަށް ވަޒީފާއިން ވަކިކޮށްލުމުން އެތައް ބައެއްގެ ފާޑުކިޔުން ސަރުކާރަށް އަމާޒުވެގެން ދިޔައެވެ. މުވައްޒަފުން ބުނާ ގޮތުގައި އެމީހުންނަކީ ވަކި ޕްރޮޖެކްޓަކަށް ނަގާފައި ތިބި ބަޔަކަށްވާއިރު، އަދި އެ ޕްރޮޖެކްޓުވެސް ނިމިފައިނުވާއިރު، ކުއްލި ގޮތަކަށް ދިވެހި އާއިލާތަކެއް ބިކަ ކޮށްލުމަކީ އެތައް ތަކުލީފެއް އޭގެ ސަބަބުން އެމީހުންނަށް ކުރިމަތިވާނެ ކަމެކެވެ.

Advertisement

އެހެންކަމުން ފެނަކައިން ޖެހިގެން އައި ދުވަހު ވަނީ މުވައްޒަފުންނަށް އައު ލިއުމެއް ދޫކޮށްފައެވެ.

އެ ލިއުމުގައި ބުނެފައިވަނީ ކުންފުނިން ނިންމި ނިންމުމުގެ ސަބަބުން މުވައްޒަފުންގެ ކަންބޮޑުވުންތައް ހުރުމުން، މުވައްޒަފުންގެ ކަންބޮޑުވުންތައް ކުންފުނީގެ މެނޭޖްމަންޓުގެ ފަރާތުން ބޯޑަށް ގެނެސް އެކަން މުރާޖައާ ކޮށްދިނުމަށް އެދިފައިވާ ކަމަށެވެ.

އެހެންކަމުން މުވައްޒަފުން ދޫކޮށްލުމުގެ މުއްދަތު އިތުރު 1 ހަފްތާއަށް އިތުރު ކޮށްފައިވާ ކަމަށާއި، އެ ނިންމުމާއެކު މުވައްޒަފުން ވަޒީފާއިން ވަކިވާނެ ތާރީޚަކީ 26 ސެޕްޓެމްބަރު 2024 ކަމަށް ބަޔާންކޮށް މުވައްޒަފުންނަށް ވަނީ ލިއުން ދޫކޮށްފައެވެ.

ހުރިހާ ރަށަކުން ވެސް ކޮންޓްރެކްޓަށް ނަގާފައި ތިބި މުވައްޒަފުން ދޫކޮށްލަން ނިންމާފައިވާ ކަމަށާއި، އެގޮތުން 731 މުވައްޒަފުން ފެނަކައިން ވަކި ކުރައްވާނެކަމަށް އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު މުއާޒް މުހައްމަދު ރަޝީދު ދާދި ފަހުން ވަނީ ވިދާޅުވެފައެވެ. އެގޮތުގެ މަތިން އެކި މުވައްޒަފުން ދަނީ ވަކި ކުރަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ގަޑިއިރު ކުރި
ރިވިއު ކުރީ: މަރިޔަމް އުހާމަތު
- ކޮމެންޓް