ކ. މާލެ
|
21 ސެޕްޓެންބަރ 2024 | ހޮނިހިރު 07:55
އިޒްރޭލުގެ ހަމަލާއެއްގައި ޝަހީދުވި ހިޒްބުﷲގެ އިސް ކޮމާންޑަރ އަގީލް
އިޒްރޭލުގެ ހަމަލާއެއްގައި ޝަހީދުވި ހިޒްބުﷲގެ އިސް ކޮމާންޑަރ އަގީލް
ޕްރެސް ޓީވީ
ލުބްނާން-އިޒްރޭލް ހަމަނުޖެހުން
ހިޒްބުﷲ ގެ އިސް ކޮމާންޑަރ އަގީލް ޝަހީދުވެއްޖެ ކަމަށް އެ ޖަމާއަތުން ބުނެފި
ހުކުރު ދުވަހު ހިޒްބުﷲ ގެ އިސް ކޮމާންޑަރަކަށް ޓާގެޓް ކޮށް ހަމަލާ އެއް ދިން ކަމަށް އިޒްރޭލުން ވަނީ ބުނެފައެވެ. ހުކުރު ދުވަހުގެ ހަމަލާއަކީ "ޓާގެޓެޑް ހަމަލާއެއް" ކަމަށް އިޒްރޭލުން ބުނާއިރު، މި ޙަމަލާގައި މަދުވެގެން 14 މީހުން މަރުވެ، އިތުރު 66 މީހުން ޒަޚަމްވެފައިވެއެވެ.

ލުބުނާންގެ ޙިޒްބުﷲ އިން އެ ޖަމާއަތުގެ އިސް ކޮމާންޑަރެއް ކަމަށްވާ އިބްރާހީމް އަގީލް ޝަހީދުވެއްޖެކަން އިޢުލާނުލާނުކޮށްފިއެވެ.

ހުކުރު ދުވަހުގެ ރޭ ހިޒްބުﷲ އިން ނެރުނު ބަޔާނުގައި އިޒްރޭލުގެ ހަމަލާއެއްގައި އަގީލް ޝަހީދުވި ކަން އިއުލާން ކުރަމުން ޝަހީދުވި ކޮމާންޑަރަށް ވަނީ ވަރަށް ބޮޑަށް ތަޢުރީފުކޮށްފައެވެ.

"ރެއާއި ދުވާލު އޭނާގެ ހިތާއި ސިކުނޑީގައި އަބަދުވެސް އޮތީ ޖެރޫސަލަމް،" ހިޒްބުﷲ ގެ ބަޔާނުގައިވެއެވެ.

ހިޒްބުﷲ އިން ބުނެފައިވަނީ "ދެވަނައެއް ނެތް ޖިހާދީ ލީޑަރު، ޙާއްޖު އިބްރާހީމް އަގީލް (ޙާއްޖު ޢަބްދުލް ޤާދިރު) ވަނީ އޭނާގެ ކުރިން ޝަހީދުވި މަތިވެރި ލީޑަރުންނާ ގުޅިވަޑައިގެންފައި." ހިޒްބުﷲ އިން ބުނެފައިވެއެވެ.

ޙާއްޖު ޢަޤީލް ޙިޒްބުﷲ އާ ގުޅުނީ 1980 ގެ އަހަރުތަކުގައެވެ. އަގީލް ވަނީ އިޒްރޭލާ ދެކޮޅަށް ހިޒްބުﷲ އިން ހިންގާ އޮޕަރޭޝަން ތަކުގައި އިސްދައުރެއް އަދާކޮށްފައެވެ.

އަޤީލް ފާހަގަކުރެވިފައިވަނީ ހިޒްބުﷲގެ ރަޟްވާން ފޯސްގެ އޮޕަރޭޝަނަލް އިސްވެރިޔާގެ ގޮތުގައެވެ. މި ފޯސް އަކީ ޔަހޫދީ ދައުލަތާ ދެކޮޅަށް ކުރާ ހަނގުރާމައިގައި ތަޖުރިބާގެ ގޮތުންނާއި ސްޓްރެޓެޖިކް މުހިންމުކަމަކަށް މަޝްހޫރު އެލީޓް ޔުނިޓެކެވެ.

ހުކުރު ދުވަހުގެ އިޒްރޭލުން ވަނީ "ޓާގެޓެޑް ޙަމަލާއެއް" ބެއިރޫތައް ދިން ކަމަށް ބުނެފައެވެ. އެ ހަމަލާ އަމާޒު ކުރީ ހިޒްބުﷲ ގެ އިސް ކޮމާންޑަރަކަށް ކަމަށްވެސް އިޒްރޭލުން ބުނެއެވެ. ހުކުރު ދުވަހުގެ ހަމަލާއަކީ "ޓާގެޓެޑް ހަމަލާއެއް" ކަމަށް އިޒްރޭލުން ބުނާއިރު، މި ޙަމަލާގައި މަދުވެގެން 14 މީހުން މަރުވެ، އިތުރު 66 މީހުން ޒަޚަމްވެފައިވާ ކަމަށް ލުބުނާނުގެ އޮފިޝަލުން ހާމަކޮށްފައިވެއެވެ.

ލެބަނަންގެ ރަސްމީ ނޭޝަނަލް ނިއުސް އެޖެންސީ (އެންއެންއޭ) އިން ބުނާ ގޮތުގައި މަރުވި މީހުންގެ ތެރޭގައި 5 ކުޑަކުދިން ހިމެނެއެވެ.

ލެބަނަންގެ އަލް-މަޔާދީން ޓެލެވިޜަން ނެޓްވޯކުން ބުނެފައިވަނީ ޑްރޯނަކުން ބައިރޫތުގެ މީހުން ގިނަ ދާހިޔާ ސަރަޙައްދަށް އެތައް މިސައިލްތަކެއް ދިން ކަމަށެވެ. މީގެ އިތުރުން އެންއެންއޭ އިން ބުނާ ގޮތުގައި އިޒްރޭލުގެ އެފް-35 ޖެޓަކުން ދެ ފަހަރެއްގެ މަތިން މީހުން ދިރިއުޅޭ ސަރަޙައްދުތަކަށް ޙަމަލާދީފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ގަޑިއިރު ކުރި
ރިވިއު ކުރީ: ރާއްޖެ އެމްވީ
- ކޮމެންޓް