ކ. މާލެ
|
21 ސެޕްޓެންބަރ 2024 | ހޮނިހިރު 07:01
ކަސްޓަމްސް އިން އަތުލައިގަތް މަސްތުވާތަކެތި
ކަސްޓަމްސް އިން އަތުލައިގަތް މަސްތުވާތަކެތި
ކަސްޓަމްސް
މަސްތުވާތަކެތި
ވައިގެ މަގުން ރާއްޖެއެތެރެކުރަން އުޅުނު 9 ކިލޯ އަށްވުރެ ގިނަ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގެންފި
މަސްތުވާތަކެތި ފެނިފައިވަނީ 65 އަހަރުގެ ދިވެހި ފިރިހެން ފަސިންޖަރަކު ބަލައިފާސްކުރުމުގެ ތެރޭގައި

ވައިގެމަގުން ރާއްޖެއެތެރެކުރަން އުޅުނު މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގަނެފިއެވެ.

މިތަކެތި އަތުލައިގަނެފައިވަނީ  2024 ސެޕްޓެމްބަރު 18 ވަނަ ދުވަހު ރާއްޖެ އައި އެއަރކާގޯ ޝިޕްމަންޓަކާއި، ޕޯސްޓް ޕެކޭޖެއް އަދި 2024 ސެޕްޓެމްބަރު 16 ވަނަ ދުވަހު ރާއްޖެ އައި ސްރީލަންކަން އެއަރލައިންސް ފްލައިޓް ނަންބަރު UL103 އިން ދަތުރުކުރި 65 އަހަރުގެ ދިވެހި ފިރިހެން ފަސިންޖަރަކު ބަލައިފާސްކުރުމުގެ ތެރޭގައެވެ.

މިގޮތުން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ ތަކެތި ފެނުމުން، ފުރަތަމަ މަރުހަލާގައި ކަސްޓަމްސްއިން މިތަކެތި ތަހުލީލު ކުރިއިރު މަސްތުވާތަކެތީގެ 4 ބާވަތަކަށް ޕޮޒިޓިވްވެފައިވެއެވެ.

އަތުލައިގަނެވުނު މަސްތުވާތަކެތީގެ ތެރޭގައި ހިމެނެނީ ހެރޮއިންގެ 349 ގްރާމް، ސިންތެޓިކް ކެތިނޯންގެ 582 ގްރާމް، ކެނަބިހުގެ 5.21 ކިލޯ ގްރާމް އަދި އެކްސްޓަސީގެ 2.87 ކިލޯ ގްރާމެވެ.

ކަސްޓަމްސްއިން ބުނެފައިވަނީ މި މައްސަލަތައް އިތުރަށް ތަޙްގީގްކުރުމަށްޓަކައި ފަސިންޖަރާއި، އަތުލައިގަނެވުނު ތަކެތި މިހާރު ވަނީ ދިވެހި ފުލުހުންގެ ޚިދުމަތާއި ހަވާލުކުރެވިފައެވެ.

- ކޮމެންޓް