ކ. މާލެ
|
20 ސެޕްޓެންބަރ 2024 | ހުކުރު 22:12
ލުބުނާންގެ ވެރިރަށް ބެއިރޫތުގެ ދެކުނު ސަރަޙައްދަކަށް އިޒްރޭލުން ދިން ހަމަލާ އަށް ފަހު އެ ސަރަހައްދުގައި އާންމު ރައްޔިތުންނާއި ސިފައިން ހަރަކާތްތެރިވަނީ
ލުބުނާންގެ ވެރިރަށް ބެއިރޫތުގެ ދެކުނު ސަރަޙައްދަކަށް އިޒްރޭލުން ދިން ހަމަލާ އަށް ފަހު އެ ސަރަހައްދުގައި އާންމު ރައްޔިތުންނާއި ސިފައިން ހަރަކާތްތެރިވަނީ
ރޮއިޓާސް
ލުބްނާން-އިޒްރޭލު ހަމަނުޖެހުން
އިޒްރޭލުން ލުބުނާންގެ ވެރިރަށް ބެއިރޫތައް ހަމަލާދީފި
ލުބުނާނުގެ ޞިއްޙަތާ ބެހޭ މިނިސްޓްރީން ބުނެފައިވާ ގޮތުގައި މި އުދުވާނީ ހަމަލާގައި މަދުވެގެން 12 މީހުން މަރުވެ، 66 މީހުން ޒަޚަމްވެފައިވާ ކަމަށެވެ. ބައެއް މަސްދަރުތަކާ ޙަވާލާދީ ބައެއް މީޑިއާ ރިޕޯޓްތައް ބުނެފައިވަނީ މި ހަމަލާ އަމާޒުކުރެވިފައިވަނީ ހިޒްބުﷲގެ ދިފާއީ ޙަރަކާތުގެ އިސް ކޮމާންޑަރެއް ކަމަށްވާ އިބްރާހީމް ޢަޤީލަށެވެ.

އިޒްރޭލުން ލުބުނާނުގެ ވެރިރަށް ބެއިރޫތަށް ހުކުރު ދުވަހު ވައިގެ މަގުން މިސައިލް ހަމަލާދީފިއެވެ.

އިޒްރޭލުން ބުނީ މިއީ "ޓާގެޓް ކޮށްގެން" ދިން ހަމަލާއެއް ކަމަށެވެ.

ލުބުނާނުގެ ޞިއްޙަތާ ބެހޭ މިނިސްޓްރީން ބުނެފައިވާ ގޮތުގައި މި އުދުވާނީ ހަމަލާގައި މަދުވެގެން 12 މީހުން މަރުވެ، 66 މީހުން ޒަޚަމްވެފައިވާ ކަމަށެވެ.

ލުބުނާނުގެ ރަސްމީ ނޭޝަނަލް ނިއުސް އެޖެންސީ (އެންއެންއޭ) އިން ބުނެފައިވާ ގޮތުގައި މަރުވި މީހުންގެ ތެރޭގައި 5 ކުދިން ހިމެނެއެވެ.

ލުބުނާނުގެ އަލް-މަޔާދީން ޓެލެވިޜަން ނެޓްވޯކުން ބުނެފައިވަނީ ބެއިރޫތުގެ ބައިބޯ ދާހިޔާ ސަރަޙައްދަށް ޑްރޯން ބޭނުންކޮށްގެން އެތައް މިސައިލްތަކެއް ފޮނުވާލާފައިވާ ކަމަށެވެ. އޭގެ އިތުރުން އެންއެންއޭ އިން ބުނެފައިވާ ގޮތުގައި އެފް35 ފައިޓަރ ޖެޓަކުން ވަނީ މީހުން ދިރިއުޅޭ ސަރަޙައްދުތަކަށް ދެ ހަމަލާއެއް ދީފައެވެ.

ބޮޑުވަޒީރު ނަޖީބު މިކާތީ އިޒްރޭލުގެ މި އުދުވާނީ ޢަމަލު ކުށްވެރިކުރައްވައި ވިދާޅުވެފައިވަނީ، "ބެއިރޫތުގެ މީހުން ބައިބޯކޮށް ދިރިއުޅޭ ސަރަޙައްދަކަށް ހަމަލާތައް އަމާޒުކުރުމުން ދައްކުވައިދެނީ ދުޝްމަން އިޒްރޭލުން އިންސާނީ ނުވަތަ ޤާނޫނީ އެއްވެސް އުސޫލަކަށް އިޙްތިރާމް ނުކުރާކަމެވެ."

ބައެއް މަސްދަރުތަކާ ޙަވާލާދީ ބައެއް މީޑިއާ ރިޕޯޓްތައް ބުނެފައިވަނީ މި ހަމަލާ އަމާޒުކުރެވިފައިވަނީ ހިޒްބުﷲގެ ދިފާއީ ޙަރަކާތުގެ އިސް ކޮމާންޑަރެއް ކަމަށްވާ އިބްރާހީމް ޢަޤީލަށް ކަމަށެވެ.

ބައެއް ރިޕޯޓްތައް ބުނާ ގޮތުގައި މި ހަމަލާގައި އަޤީލް ވަނީ އަވަހާރަވެފައެވެ. އެހެން ނަމަވެސް ހިޒްބުﷲ އިން އަދި މިކަން ކަށަވަރުކޮށްދީފައެއް ނުވެއެވެ.

ޢަޤީލަކީ ޙިޒްބުﷲ ޖިހާދު ކައުންސިލްގެ މެންބަރެކެވެ. މި ކައުންސިލަކީ އެ ޖަމާޢަތުގެ ސިފައިންގެ އަދި ސަލާމަތީ ޙަރަކާތްތައް ބެލެހެއްޓުމުގެ ޒިންމާ އުފުލާ ފަރާތެވެ.

އަޤީލް އަކީ އިޒްރޭލުގެ ހަމަލާއެއްގައި ފުއާދު ޝުކްރު އަވަހާރަކޮށްލުމުން އެ މަގާމަށް އައްޔަން ކުރެވުނު ފަރާތް ކަމަށް ރިޕޯޓްތައް ބުނެއެވެ. ފުއާދު ޝުކްރު އަވަހާރަކޮށްލީ ޖުލައި 30 ގައި ބެއިރޫތަށް އިޒްރޭލުން ދިން ހަމަލާއެއްގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ގަޑިއިރު ކުރި
ރިވިއު ކުރީ: ރާއްޖެ އެމްވީ
- ކޮމެންޓް