Advertisement
ކ. މާލެ
|
19 ސެޕްޓެންބަރ 2024 | ބުރާސްފަތި 19:56
ސަރުކާރުގެ އިސްވެރިން އިންޑިއާ އާ މެދު ނަފްރަތު އުފެއްދުމަށް އިދިކޮޅުގައި ތިބެގެން ހިންގި ކެމްޕޭންގައި
ސަރުކާރުގެ އިސްވެރިން އިންޑިއާ އާ މެދު ނަފްރަތު އުފެއްދުމަށް އިދިކޮޅުގައި ތިބެގެން ހިންގި ކެމްޕޭންގައި
ގޫގުލް
އިންޑިއާގެ އެހީ
އިންޑިއާ އިން ބަޖެޓް ސަޕޯޓްގެ ގޮތުގައި ނަގާފައިވާ 50 މިލިއަން ޑޮލަރުގެ ލޯނު ދެއްކުން ފަސްކޮށްދީފި
މި އެހީތެރިކަމަކީ ދިވެހިރާއްޖެއާއި އިންޑިއާއާ ދެމެދު އޮތް ދެމެހެއްޓެނިވި ރަޙްމަތްތެރިކަމުގެ ގުޅުން ދައްކުވައިދޭ ކަމެއް: ފޮރިން މިނިސްޓަރ ޒަމީރު
ލޯނު ގެ މުއްދަތު، 2024 ސެޕްޓެމްބަރު 19 އަށް ހަމަވާ ގޮތައް އޮތް އިރު، މި ފައިސާ ދެއްކުމަށް އިތުރު އެއް އަހަރުގެ މުއްދަތު އިންޑިއާ އިން ވަނީ ދީފައި
މީގެ ކުރިންވެސް 50 މިލިއަން ޑޮލަރު ދެއްކުމުގެ މުއްދަތު އޮތީ އިތުރުކޮށްދީފައި

އިންޑިއާ އިން ބަޖެޓް ސަޕޯޓްގެ ގޮތުގައި ނަގާފައިވާ 50 މިލިއަން އެމެރިކާ ޑޮލަރުގެ ލޯނު ދެއްކުން ފަސްކޮށްދީފިއެވެ.

މި އެހީ ހަމަޖައްސައިދިނުމުން "އިންޑިއާ ސަރުކާރަށް އިޚްލާޞްތެރި ޝުކުރު ދަންނަވާ" ކަމަށް ޑރ. މުއިއްޒު ސަރުކާރުގެ ޚާރިޖީ ވަޒީރު މޫސާ ޒަމީރު ވަނީ ވިދާޅުވެފައެވެ.

މާލޭގައި ހުންނަ ސްޓޭޓް ބޭންކް އޮފް އިންޑިއާ އިން ޓްރެޜަރީ ބިލުގެ ގޮތުގައި ނަގާފައިވާ މި ލޯނު ގެ މުއްދަތު، ސެޕްޓެމްބަރު 19ށް ހަމަވާ ގޮތައް އޮތް އިރު، މި ފައިސާ ދެއްކުމަށް އިތުރު އެއް އަހަރުގެ މުއްދަތު އިންޑިއާ ސަރުާރުން ދީފައިވާ ކަމަށް ފޮރިން މިނިސްޓްރީން ބުރާސްފަތި ދުވަހު ނެރެފައިވާ ބަޔާނެއްގައި ބުނެއެވެ.

މިއީ ފައިސާ ދެއްކުމުގެ މުއްދަތު މިއަހަރުގެ ތެރޭގައި އިތުރުކޮށްދިން ދެވަނަ ލޯނެވެ. މީގެ ކުރިން މެއި 13 ގައި 50 މިލިއަން އެމެރިކާ ޑޮލަރުގެ ޓްރެޜަރީ ބިލަކަށް އަނބުރާ ފައިސާ ދެއްކުމުގެ މުއްދަތު އިންޑިއާ ސަރުކާރުން އިތުރުކޮށްދީފައިވެއެވެ.

Advertisement

އިންޑިއާ ސަރުކާރުން ލޯނުު ދެއްކުމުގެ މުއްދަތު އިތުރުކޮށްދިނުމަށް ނިންމީ، މިއަހަރުގެ އޯގަސްޓު 9ން 11ށް އިންޑިއާގެ ޚާރިޖީ ވަޒީރު ޑރ. އެސް. ޖައިޝަންކަރު ދިވެހިރާއްޖެއަށް ކުރެއްވި ޒިޔާރަތުގައި ދެ ސަރުކާރުގެ މެދުގައި ބޭއްވުނު މަޝްވަރާތަކުގައި ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު މޫސާ ޒަމީރު އެކަމަށް އެދިވަޑައިގަތުމާ ގުޅިގެން ކަމަށް ފޮރިން މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

ދިވެހި ސަރުކާރުން އިންޑިއާ ސަރުކާރުން ބަޖެޓު އެހީގެ ގޮތުގައި ދެއްވަމުން ގެންދާ އެހީތެރިކަމަށް ފޮރިން މިނިސްޓްރީގެ ބަޔާނުގައި ވަނީ ޝުކުރު އަދާކޮށްފައެވެ. ފޮރިން މިނިސްޓްރީން ބުނެފައިވަނީ މުއްދަތު އިތުރުކޮށްދެއްވީ ދިވެހި ސަރުކާރަށް ކުރިމަތިވެފައިވާ އިޤްތިޞާދީ ގޮންޖެހުންތަކަށް ކުރިމަތިލުމަށްޓަކައި މާލިއްޔަތު ހަރުދަނާކުރުމުގެ ޕްރޮގްރާމެއް ތަންފީޒުކުރަމުންދާ މުހިންމު ދަނޑިވަޅެއްގައި ކަމަށްވެސް ފޮރިން މިނިސްޓްރީން ބުނެފައިވެއެވެ.

ޒަމީރު ބުރާސްފަތިި ދުވަހު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، "މި އެހީތެރިކަމަކީ ދިވެހިރާއްޖެއާއި އިންޑިއާއާ ދެމެދު އޮތް ދެމެހެއްޓެނިވި ރަޙްމަތްތެރިކަމުގެ ގުޅުން ދައްކުވައިދޭ ކަމެއް." ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ގަޑިއިރު ކުރި
ރިވިއު ކުރީ: ރާއްޖެ އެމްވީ
- ކޮމެންޓް