ކ. މާލެ
|
18 ސެޕްޓެންބަރ 2024 | ބުދަ 22:09
ޮގޮވާފައިވާ ވޯކީ ޓޯކީއެއްގެ ފޮޓޯއެއް
ޮގޮވާފައިވާ ވޯކީ ޓޯކީއެއްގެ ފޮޓޯއެއް
އެންޑީޓީވީ
ވޯކީޓޯކީ ގޮވުން
ޕޭޖަރަށް ފަހު ވޯކީޓޯކީތައް ގޮވާ، 9 މީހުން ލުބުނާނުގައި މަރުވެއްޖެ
މިކަން ހިނގީ މުވާސަލާތީ ބޭނުން ތަކަށް ހިޒްބުﷲ އިން ގެންގުޅޭ ޕޭޖަރުތައް ގޮވައި 12 މީހުން މަރުވެ 2,800ށް ވުރެ ގިނަ މީހުން ޒަޚަމްވި ހާދިސާ ހިނގިތާ އެއްދުވަސް ފަހުންނެެވެ.

ލުބުނާނު ސަރުކާރުން ބުނެފައިވާ ގޮތުގައި ބުދަ ދުވަހު އެ ގައުމުގައި ވޯކީޓޯކީތައް ގޮވައި 9 މީހުން މަރުވެ، 300 އަށްވުރެ ގިނަ މީހުން ޒަޚަމްވެއްޖެއެވެ.

މިކަން ހިނގީ މުވާސަލާތީ ބޭނުންތަކަށް ހިޒްބުﷲ އިން ގެންގުޅޭ ޕޭޖަރުތައް ގޮވައި 12 މީހުން މަރުވެ 2,800ށް ވުރެ ގިނަ މީހުން ޒަޚަމްވި ހާދިސާ ހިނގިތާ އެއްދުވަސް ފަހުންނެވެ.

ހިޒްބުﷲ އިން ވަނީ އަންގާރަ ދުވަހު ޕޭޖަރުތައް ގޮވި ހާދިސާ އެއީ އިޒްރޭލުން ހިންގި ޖަރީމާއެއް ކަމަށް ބުނެ، އެކަމުގެ ބަދަލު ހިފާނެ ކަމުގެ އިންޒާރު ދީފައެވެ.

"ވޯކީޓޯކީތައް ގޮވުމުގެ އައު ރާޅުގައި... 9 މީހުން މަރުވެ 300ށްވުރެ ގިނަ މީހުން ޒަޚަމްވެއްޖެ،" ލުބުނާންގެ ސިއްހަތާބެހޭ ވުޒާރާއިން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

ބައެއް ރިޕޯޓްތައް ބުނާގޮތުގައި އަންގާރަ ދުވަހުގެ ހާދިސާގައި މަރުވި މީހުންގެ ޖަނާޒާ އަށް ދިޔަ ހިޒްބުﷲ މެމްބަރުން ގެންގުޅުނު ވޯކީޓޯކީތައް ވެސް ގޮވިތަކެތީގެ ތެރޭގައި ހިމެނެއެވެ.

ޖަނާޒާތައް ކަވަރުކުރަމުންދިޔަ އޭއެފްޕީގެ ފޮޓޯގްރާފަރެއް ބުނެފައިވާ ގޮތުގައި ޓޯކީތައް ގޮވަމުން ފެށުމާއެކު ބޮޑު ނުތަނަވަސް ކަމެއް އުފެދިގެން ދިޔައެވެ.

ލުބްނާންގެ ދައުލަތުގެ ނޭޝަނަލް ނިއުސް އިން ރިޕޯޓުކޮށްފައިވާ ގޮތުގައި ހިޒްބުﷲ ގެ ބާރު ހިނގާ އިރުމަތީ އަދި ދެކުނުގެ ސަރަޙައްދުތަކުގައިވެސް "ޕޭޖަރުތަކާއި" "އާލާތްތައް" ގޮވައިފައިވެއެވެ. އެ ސަރަހައްދުގައި ހަރަކާތްތެރިވި އޭއެފްޕީގެ ރިޕޯޓަރުވެސް އެއްޗެތި ގޮވާ އަޑު އިވުނު ކަމަށް ބުނެފައިވެއެވެ.

- ކޮމެންޓް