Advertisement
ކ. މާލެ
|
18 ސެޕްޓެންބަރ 2024 | ބުދަ 11:18
އެ މީހުން ވަޒީފާއިން ވަކި ކޮށްފައިވާއިރު، އެއްވެސް ލިއުމެއްވެސް ދީފައިނުވޭ
އެ މީހުން ވަޒީފާއިން ވަކި ކޮށްފައިވާއިރު، އެއްވެސް ލިއުމެއްވެސް ދީފައިނުވޭ
އެމްޑީޕީ މަރަދޫފޭދޫ/ފޭސްބުކް
ވަޒީފާގެ ބިރު ދެއްކުން
މަރަދޫފޭދޫ ފެނަކައިން 24 މުވައްޒަފަކު ކުއްލި ގޮތަކަށް ވަޒީފާއިން ވަކިކޮށްފި
މަޝްރޫއުތަކަށް ނަގާފައިވާ މުވައްޒަފުންވެސް ބިކަކޮށް ނުލައްވާނެކަމަށް ރައީސް ވަނީ ވިދާޅުވެފައި
731 މުވައްޒަފުން ފެނަކައިން ވަކި ކުރައްވާނެކަމަށް އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު މުއާޒް މުހައްމަދު ރަޝީދު ދާދި ފަހުން ވަނީ ވިދާޅުވެފައި
އެމީހުންނަކީ ވަކި ޕްރޮޖެކްޓަކަށް ނަގާފައި ތިބި ބަޔަކަށްވާއިރު، އަދި އެ ޕްރޮޖެކްޓުވެސް ނިމިފައިނުވޭ

އައްޑޫ ސިޓީ މަރަދޫފޭދޫ ފެނަކަ ޕްރޮޖެކްޓުގައި ތިބި 24 މުވައްޒަފަކު ކުއްލި ގޮތަކަށް ވަޒީފާއިން ވަކިކޮށްފިއެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެ މުވައްޒަފުން ޑިއުޓީއަށް ނުކުތުމުން މެނޭޖްމަންޓުން ވަނީ އެމީހުން މާދަމާއިން ފެށިގެން (ބުރާސްފަތި ދުވަހުން ފެށިގެން) ވަޒީފާއިން ވަކިކޮށްފައިވާ ކަމަށް އަންގާފައެވެ.

އެއީ މިދިޔަ ސަރުކާރުގައި ވަޒީފާއަށް ނަގާފައިވާ މުވައްޒަފުން ތަކެކެވެ.

އެ މުވައްޒަފުން ވަކިކޮށްފައިވަނީ ފެނަކަ މާލޭ ބްރާންޗުން އީމެއިލްގެ ޒަރިއްޔާއިން އެންގި އެންގުމެއްގެ މައްޗަށްކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.

Advertisement

އެހެންކަމުން ދުރާލާ އެންގުމެއް ނެތި ކުއްލި ގޮތަކަށް ވަޒީފާއިން ވަކިކޮށްލުމުން މުވައްޒަފުން ތިބީ ނުހަނު ބޮޑު ކަންބޮޑުވުމެއްގައެވެ.

މުވައްޒަފުން ބުނާ ގޮތުގައި އެމީހުންނަކީ ވަކި ޕްރޮޖެކްޓަކަށް ނަގާފައި ތިބި ބަޔަކަށްވާއިރު، އަދި އެ ޕްރޮޖެކްޓުވެސް ނިމިފައިނުވާއިރު، ކުއްލި ގޮތަކަށް ދިވެހި އާއިލާތަކެއް ބިކަ ކޮށްލުމަކީ އެތައް ތަކުލީފެއް އޭގެ ސަބަބުން އެމީހުންނަށް ކުރިމަތިވާނެ ކަމެކެވެ.

އެއީ މަރަދޫ ފޭދޫ ފެނަކަ އޮފީސް އިމާރާތުގެ މަސައްކަތާ ގުޅޭ ޕްރޮޖެކްޓަށް ނަގާފައިވާ ވަގުތީ މުވައްޒަފުންނެވެ. އެހެންނަމަވެސް އެ އޮފީސް އިމާރާތުގެ މަސައްކަތްވެސް ނިމިފައިނުވާއިރު، މަސައްކަތް އޮތީވެސް މި ސަރުކާރު އައުމަށްފަހު މަޑުޖައްސާލާފައެވެ.

ކަނޑާލި މުވައްޒަފުން މަސައްކަތްކުރަމުން ދިޔަ ސައިޓު

އޭގެ އިތުރުން، އެ މީހުން ވަޒީފާއިން ވަކި ކޮށްފައިވާއިރު، އެއްވެސް ލިއުމެއްވެސް ދީފައިނުވާ ކަމަށާއި، އެކަން އެންގީ އަނގަބަހުން ކަމަށް ރާއްޖެއެމްވީއަށް ވަނީ މައުލޫމާތު ލިބިފައެވެ.

ހުރިހާ ރަށަކުން ވެސް ކޮންޓްރެކްޓަށް ނަގާފައި ތިބި މުވައްޒަފުން ދޫކޮށްލަން ނިންމާފައިވާ ކަމަށާއި، އެގޮތުން 731 މުވައްޒަފުން ފެނަކައިން ވަކި ކުރައްވާނެކަމަށް އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު މުއާޒް މުހައްމަދު ރަޝީދު ދާދި ފަހުން ވަނީ ވިދާޅުވެފައެވެ. އެގޮތުގެ މަތިން އެކި މުވައްޒަފުން ދަނީ ވަކި ކުރަމުންނެވެ.

އެހެންނަމަވެސް، ރިޔާސީ އިންތިޚާބުގެ ތެރޭގައި ލ ކުނަހަންދޫގައި ވާހަކަ ދައްކަވަމުން ރައީސް ވަނީ ކުންފުނިތަކާއި އެކި ގޮތްގޮތުން އާންމު ރައްޔިތުންނަށް ހަމަޖައްސާދީފައިވާ ވަޒީފާތަކުން ވަކި ނުކުރައްވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ. ވަކިން ޚާއްސަކޮށް މަޝްރޫއުތަކަށް ނަގާފައިވާ މުވައްޒަފުންވެސް ބިކަކޮށް ނުލައްވާނެކަމަށް ރައީސް އެ ދުވަހު ވަނީ ވިދާޅުވެފައެވެ.

އެއްވެސް މީހަކު، ސިޔާސީ މަގާމެއްގައި ނޫން މަގާމެއްގައި ހުރި އެއްވެސް ދިވެހި ރައްޔިތަކު އެއީ އަދި މަޝްރޫއުތަކަށް ނެގި މީހަކަށް ވިޔަސް ވަތްކެއް ނުކުރާނަން.
ރައީސް ޑރ މުއިއްޒު

އެ ދުވަހު ރައީސް ވިދާޅުވީ، ސިޔާސީ މަގާމުތައް ފިޔަވައި ދެން ހުރި ވަޒީފާތަކެއްގައި އެރަށެއްގައި ތިބި ވަޒީފާގައި ތިބެވޭނެ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: މަރިޔަމް އުހާމަތު
- ކޮމެންޓް