ކ. މާލެ
|
17 ސެޕްޓެންބަރ 2024 | އަންގާރަ 21:26
ކުރީގެ މިނިސްޓަރ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޯލޮޖީ މުޙައްމަދު މަލީޙް ޖަމާލް
ކުރީގެ މިނިސްޓަރ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޯލޮޖީ މުޙައްމަދު މަލީޙް ޖަމާލް
ރާއްޖެއެމްވީ
އަބްދުއްރަހީމް
އަބްދުއްރަހީމް ރެހެންދި އިމާރާތުން ދެ ފްލެޓް ބައްލަވައިގަތީ ކިހިނެއް ހޯދި ފައިސާއަކުންތޯ ބަލަންޖެހޭ: މަލީހް
މަޖިލިހުގެ ކަމާ ބެހޭ ކޮމިޓީ އިން މިމައްސަލަ ބަލާ ފިޔަވަޅު އަޅަންޖެހޭ ކަމަށް މަލީހް ވިދާޅުވި

މަޖިލީހުގެ ރައީސް އަބްދުއްރަޙީމް އަބްދުﷲ ރެހެންދި އިމާރާތުން ދެ ފްލެޓް ގަތީ ކިހިނެއް ހޯދި ފައިސާއަކުންތޯ ބަލަންޖެހޭ ކަމަށް މަލީހް ޖަމާލް ވިދާޅުވެއްޖެއެވެ.

ރެހެންދި-6 އިން އަބްދުއްރަހީމް އާއި އޭނާގެ އަނބިކަނބަލުން ބައްލަވައިގަތް ދެ ފްލެޓް ރަޖިސްޓްރީކުރަން ފޮނުވާފައިވާ ދެ ސިޓީ ހިމަނުއްވާ މަލީހް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ މަޖިލީހުގެ ރައީސް ކަމުން އަބްދުއްރަހީމް އިސްތިއުފާ ދެއްވަން ޖެހޭ ކަމަށާއި، މަޖިލިހުގެ ކަމާ ބެހޭ ކޮމިޓީ އިން މިމައްސަލަ ބަލާ އޭނާ އާމެދު ފިޔަވަޅު އަޅަންޖެހޭ ކަމަށެވެ.

މަލީހް އިތުރަށް ވިދާޅުވީ، އަބްދުއްރަހީމް ކުރިން ވިދާޅުވަމުން އައީ އޭނާ އަތުގައި ކަރަންޓު ބިލް ދެއްކާހާ ފައިސާވެސް ނެތް ކަމަށާއި އޭނާ ކުރަމުން އައީވެސް އަޅު މަސައްކަތް ކަމަށެވެ.

މީގެ އިތުރުން، ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީއެންއެފް) އިން ހޯމަ ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްވަމުން ގާނޫނީ ވަކީލް އާސިފް ވިދާޅުވީ އަބްދުއްރަހީމަކީ ވެސް އަދި އެބޭފުޅާގެ އާއިލާއަކީ ވެސް ތަނަވެސް އާއިލާއެއް ނޫންކަމަށެވެ. އަދި މަޖިލީހުގަ އަދި ދުވަސްކޮޅަކު އުޅުއްވިއޭ ކިޔާފަ އެއްފަހަރާ ލާރި ދީފައި ރެހެންދި އިމާރާތުން 2 ފްލެޓް ބައްލަވައިގަންނަން ލިބެނީ ކިހިނެއް ކަމާ މެދު ސުވާލު އުދެފޭ ކަމަށެވެ.

މި މައްސަލަ ފެންމަތިވެފައިވާ އިރު، ރެހެންދި އިމާރާތުން އަބްދުއްރަހީމް ބައްލަވައިގަނެފައިވާ 2 ފްލެޓުގެ އަގަކީ ގާތް ގަނޑަކަށް 9 މިލިއަން ރުފިޔާ އެވެ.  

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ރާއްޖެ އެމްވީ
- ކޮމެންޓް