Advertisement
ކ. މާލެ
|
13 އޮކްޓޯބަރ 2025 | ހޯމަ 18:00
ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހްމަދު ޝަމްހީދު ހޯމަ ދުވަހުގެ ޖަލްސާގައި ވާހަކަދައްކަވަނީ: ވިދާޅުވީ ރިޔާސަތުން މަޖިލިސް ހިންގަމުން ގެންދަނީ ގަވައިދާއި ޚިލާފަށް ކަމަށް
ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހްމަދު ޝަމްހީދު ހޯމަ ދުވަހުގެ ޖަލްސާގައި ވާހަކަދައްކަވަނީ: ވިދާޅުވީ ރިޔާސަތުން މަޖިލިސް ހިންގަމުން ގެންދަނީ ގަވައިދާއި ޚިލާފަށް ކަމަށް
ރާއްޖެއެމްވީ
ރައްޔިތުންގެ މަޖިލިސް
މަޖިލީހުގެ ރައީސް އަބްދުއްރަހީމް ޖަލްސާތަށް ކުރިޔަށް ގެންދަވަނީ ގާނޫނާއި ޚިލާފަށް: ޝަމްހީދު
މަޖިލީހުގެ ރައީސް ޖަލްސާތައް ކުރިއަށް ގެންދަވަނީ ޤާނޫނުއަސާސީގެ 98 ވަނަ މާއްދާ އާއި މަޖިލީހުގެ ގަވާއިދުގެ 80 ވަނަ މާއްދާ އާއި 81 މާއްދާއާ ޚިލާފަށް
ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ ދަށުން ވަޒީރުން މަޖިލީހަށް ޖަވާބުދާރީ ވުމަށް ފޮނުވުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލާޒިމް ކުރާކަމެއް
ޤާނޫނުއަސާސީގެ 98ވަނަ މާއްދާގައިވާ ގޮތުން ވަޒީރުން ރައްޔިތުންގެ މަޖިލީހަށް ހާޒިރުވުމަށް މަޖިލީހަށް އެންގިދާނެ

މަޖިލީހުގެ ރިޔާސަތުން ޤަވާއިދާ ޚިލާފަށް މަޖިލީސް ހިންގަވާކަމަށް ވިދާޅުވެ، މަލީހުގެ ރައީސް އަބްދުއްރަހީމް މަގާމުން ދުރުކުރާނެ ކަމުގެ ނުސީދާ އިންޒާރެއް ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާގެ މަޖިލިސް މެންބަރު ޑރ. އަހުމަދު ޝަމްހީދު ދެއްވައިފި އެވެ.

ޝަމްހީދު މިފަދައިން ވިދާޅުވެފައި ވަނީ ހޯމަ ދުވަހުގައި އޮތް ރައްޔިތުން މަޖިލީހުގެ ޖަލްސާގައި ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) އޮޑިޓް ގާނޫނަށް ހުށަހެޅުއްވި އިސްލާހަށް ބަހުސްކުރައްވަމުންނެވެ.

މަޖިލީހުގެ ރައީސް އަބްދުއްރަހީމް މަޖިލީހުގެ ޖަލްސާތަށް ކުރިޔަށް ގެންދަވަނީ ގާނޫނާއި ޚިލާފަށް ކަން ފާހަގަކުރައްވައި ޝަމްހީދު ވިދާޅުވީ، މަޖިލީހުގެ ރައީސް ޖަލްސާތައް ކުރިއަށް ގެންދަވަނީ ގާނޫނުއަސާސީގެ 98 ވަނަ މާއްދާ އާއި މަޖިލީހުގެ ގަވާއިދުގެ 80 ވަނަ މާއްދާ އާއި 81 މާއްދާއާ ޚިލާފަށް ކަމަށެވެ.

ޝަމްހީދު ދައުލަތުގެ ވަޒީރުންނާ މަޖިލިސް މެންބަރުން ކުރައްވަން ބޭނުންވާ ސުވާލުތަކުގެ ޖަވާބު ހޯދުމަށް، ގާނޫނުއަސާސީ އާއި މަޖިލީހުގެ ގަވާއިދާ އެއްގޮތަށް ވަޒީރުން މަޖިލީހަށް ހާޒިރު ނުކުރެއްވުމަކީ ގާނޫނުއަސާސީ އާއި މަޖިލީހުގެ ގަވާއިދުގެ ބާރު ކަނޑުވާލުން ކަަމަށް ޝަމްހީދު ވިދާޅުވި އެވެ.

އަދި މަޖިލީހަށް ޖަވާބުދާރީ ވުމަށް ވަޒީރުން މަޖިލީހަށް ފޮނުއްވުމަކީ، ގާނޫނުއަސާސީގެ 115 ވަނަ މާއްދާގެ ދަށުން ރައީސުލްޖުމްހޫރިއްޔާ އަށް ވެސް ލާޒިމް ކުރާކަމެއް ކަމަށް ޝަމްހީދު ފާހަގަކުރެއްވި އެވެ.

މަޖިލީހުގެ ރައީސް ރިޔާސަތުގައި އިންނަވައިގެން ޖަލްސާތަށް ކުރިޔަށް ގެންދަވަނީ ގާނޫނާއި ޚިލާފަށް. މިއަދުން ފެށިގެން މަޖިލީހުގެ ރައީސްގެ މައްޗަށް މަޖިލީހުގެ ގަވައިދުގެ 42 ވަނަ މާއްދާ އާއި 43 ވަނަ މާއްދާގެ ދަށުން ފިޔަވަޅު އަޅަން ފަށާނެ ވާހަކަ، އެކަން އަޅުގަނޑުމެން ފަށްޓާނެ ވާހަކަ ދަންނަވަން

ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާގެ މަޖިލިސް މެންބަރު ޑރ. އަހުމަދު ޝަމްހީދު

ޝަމްހީދު މިފަދައިން ވިދާޅުވިވިދާޅުވުމަށް ރައްދުދެއްވައި މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވިދާޅުވީ އެ މަނިކުފާނު ރައްޔިތުންގެ މަޖިލީހުގެ ގަވައިދާ ޚިލާފުވެވަޑައިގެންފައިނުވާނެ ކަމަށެވެ. އަދި މަޖިލިސް ހިންގަވަނީ މެންބަރުން ފާސްކޮށްފައިވާ ގަވައިދާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މަޖިލީހުގެ ރިޔާސަތުން ޤަވާއިދާ ޚިލާފަށް މަޖިލިސް ހިންގަވާކަމަށް ވިދާޅުވެ، މަލީހުގެ ރައީސް އަބްދުއްރަހީމް މަގާމުން ދުރުކުރާނެ ކަމުގެ ނުސީދާ އިންޒާރެއް ޝަމްހީދު ދެއްވާފައިވާއިރު، މަޖިލީހުގެ އަޣްލަބިއްޔަތު އޮތީ ރައީސް މުއިއްޒުގެ ކޮންޓްރޯލުގައި އޮންނަ ޕީއެންސީ އަށެވެ.

ޤާނޫނުއަސާސީގެ 98ވަނަ މާއްދާގައިވާ ގޮތުން ވަޒީރުން ރައްޔިތުންގެ މަޖިލީހަށް ހާޒިރުވުމަށާއި، ވަޒީރުންގެ ޒިންމާއާ ގުޅޭގޮތުން ކުރެވޭ ސުވާލުތަކަށް ތެދުބަހުން ޖަވާބުދީ، އެ ޒިންމާތަކާ ގުޅޭގޮތުން މަޖިލީހުން އެދޭ ލިޔެކިއުންތައް ހުށަހަޅަން މަޖިލީހަށް އެންގިދާނެއެވެ.

އަދި، ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 81 ވަނަ މާއްދާގައިވާ ގޮތުން، ވަޒީރަކާ ކުރަން ބޭނުންވާ ސުވާލުގެ ނޯޓިސް މަޖިލީހުގެ ރައީސް މެދުވެރިކޮށް ވަޒީރަށް ފޮނުވައި، 14 ދުވަހުގެ މުއްދަތެއް ދިނުމަށް ފަހު ވަޒީރުންނާ ސުވާލުކުރަން ޖެހޭނެއެވެ.

- ކޮމެންޓް