އަލަށް 18 އަހަރު ފުރޭ ޒުވާން ކުދިންނަށް ލިބޭ ހައުސިންގ ފޯރުކޮށްދޭނަން ކަމަށް ރައީސް މުޢިއްޒު ވިދާޅުވި 28 ސެޕްޓެމްބަރު 2023 ގައި މުޢިއްޒު ފޮރ އީ-ސްޕޯޓްސްގެ ބައިވެރިންނާއި އިންތިހާބުގައި އަލަށް ވޯޓުދޭ ޒުވާނުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަ ފުޅުގަ އެވެ.
އެ ޒުވާނުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަ ފުޅުގައި ރައީސް މުޢިއްޒު ވިދާޅުވީ ފުރަތަމަ 18 އަހަރުވާ ދުވަހުންވެސް އަދި މީހަކާއި ނުއިނަސް އަމިއްލަ ހައުސިންގ އެއް ފޯރުކޮށްދިނުމަކީ އެމަނިކުފާނުގެ ސިޔާސަތެއް ކަމަށާއި އެހެންކަމުން އެހެން ކުއްޖަކާއި އެކީގައި ޝެއަރ ކުރާގޮތަށް ވިޔަސް ފުލެޓު ނުވަތަ އެޕާޓުމެންޓު ލިބިގެންދާނެ ކަމަށެވެ.
އެހެންވީމަ އެހެން ކުއްޖަކާއި އެކީގައި ޝެއަރ ކުރާގޮތަށް ވިޔަސް ހަމަ ފުލެޓް ކަހަލަ، އެޕާޓްމަންޓް ކަހަލަ ވަރަށް ޗީޕް ވަރަށް އަގު ހެޔޮގޮތެއް ހަމަ އޯލްމޯސްޓް ފުރީއޭސް ބުނެވިދާނެ. އެއީ އަމިއްލައަށް އަލަށް ފުރަތަމަ ޖޮބަށްވެސް ނުވަންނާނެ. ޖޮބެއް ނެތަސް އެއްވެސް ކަހަލަ ގޮތަކަށް، ހަމަ ޒީރޯއިން ފެށުން އަނެއްގޮތަށް ބުނަންޏާ. އަލަށް 18 އަހަރު ފުރޭ ޒުވާން ކުދިންނަށް ލިބޭ ހައުސިންގ އިރާދަކުރެއްވިއްޔާ އަޅުގަނޑު ފޯރުކޮށްދޭނަން.
ރައިސް ޑރ. މުޙައްމަދު މުޢިއްޒު![]()
ރައީސް މުޢިއްޒު އެފަދައިން ވިދާޅުވި ނަމަވެސް އެކަމުގެ އަމަލީ މަސައްކަތެއް މިހާތަނަށް ފެށިފައެއް ނުވެ އެވެ. ގިނަ ޒުވާނުން ފާހަގަ ކުރާ ގޮތުގައި ވޯޓަށް ވީމަ ޒުވާނުންނަށް ވެފައި މިހާރު ގޭންސްޓާރުންނަށް ޒުވާނުން ވަނީ ހަދާފައެވެ. އަދި އެ ޒުވާނުންނަށް ވީ ވައުދުތަކުން އެއްވެސް ވައުދެއްގެ އަމަލީ މަސައްކަތް ފެށިފައި ނުވާކަން ވެސް އެ ޒުވާނުން ފާހަގަ ކުރެއެވެ.
ރައީސް މުޢިއްޒު ވިދާޅުވީ 18 އަހަރު ފުރުމާއެކު ކައިވެނި ނުކުރިޔަސް ފުލެޓު ނުވަތަ އެޕާޓުމަންޓް ދިނުމުން މާލޭގައި ޑިއުޓީ ބަހައިގެން ކުދިކުދި ތަންކޮޅުކޮޅުގައި އުޅެން ޖެހިފައިވާ މައްސަލައަށް ހައްލު ލިބޭނެކަމަށެވެ. އެހެން ނަމަވެސް މިހާތަނަށް ރައްޔިތުންނަށް ވައުދުވީ އެއްވެސް ފުލެޓެއް ދީފައެއް ނުވެއެވެ. ސެޕްޓެމްބަރު މަހުގެ ކުރިން ހަވާލުކުރަން ބުނި ފުލެޓުތައްވެސް ނުލިބި ލަސްވުމުން އާންމުން އަންނީ ހައުސިންގ މިނިސްޓްރީ ދޮށަށް އެއްވެ މުޒާހަރާ ކުރަމުންނެވެ. ގިނަބަޔަކު ގަބޫލުކުރާގޮތުގައި މިސަރުކާރުން ގެދޮރު ދިނުމާއި ފުލެޓު ދިނުމުގައި ވަނީ ފެއިލް ވެފަ އެވެ.