Advertisement
ކ. މާލެ
|
15 ސެޕްޓެންބަރ 2024 | އާދީއްތަ 21:44
ކްރައިމް ސީނެއްގައި ފުލުހުން ހަރަކާތްތެރިވަނީ- ފައިލް ފޮޓޯ
ކްރައިމް ސީނެއްގައި ފުލުހުން ހަރަކާތްތެރިވަނީ- ފައިލް ފޮޓޯ
ރާއްޖެއެމްވީ
ކުށްކުރުން
ކަޓަރަކުން މީހަކަށް ހަމަލާދީން ކަމުގެ ތުހުމަތުގައި އަންހެނެކު ހައްޔަރުކޮށްފި
ތ. ތިމަރަފުއްޓަށް ނިސްބްތަވާ 30 އަހަރުގެ އަންހެން މީހާގެ ބަންދަށް 15 ދުވަސް ވަނީ ޖަހާފައި

މުދަލަށް ގެއްލުން ދިނުމާއި ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރި ހިންގިކަމުގެ ތުހުމަތުގައި ހައްޔަރުކުރި އަންހެނެއްގެ ބަންދުގެ މުއްދަތު ޖަހައިފިއެވެ.

ކްރިމިނަލް ކޯޓުން، ތ. ތިމަރަފުއްޓަށް ނިސްބްތަވާ 30 އަހަރުގެ އަންހެން މީހާގެ ބަންދަށް 15 ދުވަސް ޖަހާފައިވަނީ އާދިއްތަ ދުވަހު އެވެ.

އެނާގެ ބަންދު އަމުރުގައި ބުނެފައިވަނީ އޭނާގެ މައްޗަށް ތުހުމަތުކޮށްފައިވާ ކުށް އޭނާ ކުރި ކަމަަށް ބެލެވޭ ހެކި ހުށަހަޅާފައިވާ ކަމަށެވެ. އޭގެ ތެރޭގައި ހާދިސާގެ ރިޕޯޓް ހިމެނެއެވެ.

Advertisement

މީގެ އިތުރުން އޭނާއާ ހަވާލާދީ އިންވެސްޓިގޭޝަން އޮފިސަރު (އައިއޯ) ބުނެފައިވަނީ ވަކީލެއްގެ ފުރުސަތު ބޭނުންނުވާ ކަމަށް ބުނެފައިވާ ކަމަށާއި، އޭނާ އެތަނަށް ދިޔައީ އޭނާގެ ފޯނެއް ހޯދަން ކަމަށެވެ. އަދި އެއްވެސް މާރާމާރީއެއް ނުހިންގާ ކަމަށް އޭނާ ބުނެފައިވާކަން ފާހަގަކޮށްފައިވެއެވެ.

ނަމަވެސް އޭނާގެ އަތުން ކަޓަރެއް ފެނުނު ކަމަށާއި، އަނިޔާ ލިބިފައިވާ މީހާއަށް ހަމަލާދީފައިވަނީ ކަޓަރުން ކަމަށް ބެލެވޭ ކަމަށް އައިއޯ ފާހަގަކޮށްފައިވެއެވެ. އަދި އެތަނުގެ މުދަލަށް ގެއްލުން ދީފައިވާ ކަމަށް ވެސް ވެސް އައިއޯ ބުނެފައިވެއެވެ.

މި އަންހެން މީހާއަކީ ކުށުގެ ރިކޯޑު އޮންނަ މީހެކެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ރާއްޖެ އެމްވީ
- ކޮމެންޓް