Advertisement
ކ. މާލެ
|
15 ސެޕްޓެންބަރ 2024 | އާދީއްތަ 18:35
އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު
އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު
ރާއްޖެއެމްވީ
ބައިނަލްއަގްވާމީ ޑިމޮކްރަސީ ދުވަސް
ދިވެހިރާއްޖެއިން މިއަދު ފެންނަނީ ޑިމޮކްރަޓިކް ހަމަތަކާއި އުސޫލުތަކާއި ދުރަށްދާތަން: ޝާހިދު
ޑިމޮކްރަސީއެއްގައި ފަރުދެއްގެ ހައިސިއްޔަތުން އަދާކުރަން ޖެހޭ ޒިންމާ އަދާކުރުމަށް ޝާހިދު ގޮވާލެއްވި
އިންސާނީ ހައްގުތަކާއި ގާނޫނުގެ ވެރިކަން ނެގެހެއްޓުމަށް މަސައްކަތްކުރަން ޖެހޭނެކަމަށް ޝާހިދު ވިދާޅުވި

‎ބައިނަލްއަގްވާމީ ޑިމޮކްރަސީ ދުވަސް މިއަދު ފާހަގަކުރަމުންދާއިރު، ދިވެހިރާއްޖެއިން މިއަދު ފެންނަނީ ޑިމޮކްރަޓިކް ހަމަތަކާއި އުސޫލުތަކާއި ދުރަށް ދާތަން ކަމަށް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ޝާހިދު ވިދާޅުވީ ޑިމޮކްރެޓިކް ހަމަތަކާއި ތަރައްގީ ވަނީ ގުޅިލާމެހިފައި ކަމަށެވެ.

Advertisement

‎އަދި ދިވެހިރާއްޖެ ޑިމޮކްރަސީގެ ދަތުރުގައި ހޯދާފައިވާ ކާމިޔާބީތަކާއި ދުރަށް ނުދިޔުމަށް ގަދައަޅައި މަސައްކަތްކުރަން ޖެހޭނެކަމަށާއި، ޚިޔާލުފާޅުކުރުމާއި، އެއްވެއުޅުމުގެ މިނިވަންކަމާއި، އިންސާނީ ހައްގުތަކާއި ގާނޫނުގެ ވެރިކަން ނެގެހެއްޓުމަށް މަސައްކަތްކުރަން ޖެހޭނެކަމަށް ޝާހިދު ވިދާޅުވިއެވެ

އެކަމާ ގުޅޭގޮތުން ރާއްޖެ.އެމްވީއާ ވާހަކަ ދައްކަވަމުން ޝާހިދު ވިދާޅުވީ، ގައުމެއް ތަރައްގީވެ، ކުރިއަރައިދަނީ ޑިމޮކްރެޓިކް ހަމަތައް ހިފެހެއްޓި، ޑިމޮކްރަސީގެ ހަމަތަކާއި އެއްގޮތްވާ ގޮތުގެ މަތިން ރައްޔިތުންގެ ހެވާއި ލާބަޔަށް ކުރެވޭ ރައްޔިތުންގެ ޑިމޮކްރެޓިކް ވެރިކަމެއް އޮވެގެންކަމަށެވެ.

އަދި މިފަދަ ވެރިކަމެއް އޮންނަކަން ޔަގީންކުރުމަށް ކޮންމެ ރައްޔިތަކުވެސް ޑިމޮކްރެޓިކް ހަމަތަކުގެ މަތިން ހައްގުތައް ހޯދުމަށް މަސައްކަތްކޮށް، ޑިމޮކްރަސީއެއްގައި ފަރުދެއްގެ ހައިސިއްޔަތުން އަދާކުރަން ޖެހޭ ޒިންމާ އަދާކުރުމަށް ޝާހިދު ގޮވާލެއްވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް