Advertisement
ކ. މާލެ
|
14 ސެޕްޓެންބަރ 2024 | ހޮނިހިރު 13:46
އިޒްރޭލާ ދެކޮޅަށް އަޑު އުފުލަނީ
އިޒްރޭލާ ދެކޮޅަށް އަޑު އުފުލަނީ
ރާއްޖެއެމްވީ
އިޒްރޭލާ ދެކޮޅަށް އަޑުއުފުލުން
އިޒްރޭލަށް ވާގިވެރިވާ ހުރިހާ ގައުމުތަކެއް ބޮއިކޮޓް ކުރަންޖެހޭ: ޔޫތް ފޯ ޔުނިޓީ
އިޒްރޭލް ޕާސްޕޯޓު މަނާކުރުމުގެ ބިލުގެ މަސައްކަތް އަވަސް ކުރަންޖެހޭ
އިޒްރޭލާ ދެކޮޅަށް ކުރިއަށް ގެންދާ ހަރަކާތްތަކުގައި ވީހާ ވެސް ގިނަ ރައްޔިތުން ބައިވެރިވުމަށް ގޮވާލާފައިވޭ

ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ޕެޓިޝަންއާ އެއްގޮތަށް އިޒްރޭލް ޕާސްޕޯޓު މަނާކުރަންޖެހޭ ކަމަށާއި، އިޒްރޭލަށް ވާގިވެރިވާ ހުރިހާ ގައުމުތަކެއް ބައިކޮޓް ކުރަންޖެހޭ ކަމަށް ބުނެ މާލޭގައި އަޑު އުފުލައިފިއެވެ.

ޔޫތް ފޯ ޔުނިޓީއިން އިސްނަގައިގެން ހުކުރު ދުވަހުގެ ރޭ 8:30 ހާއިރު މާލޭގެ އަމީނީ މަގުގައި ހުންނަ ކޭއެފްސީ އަދި ޕިއްޒާ ހަޓް ކުރިމައްޗަށް ގިނަ ޒުވާނުންތަކެއް އެއްވެ އިޒްރޭލުން ހިންގަމުންދާ އުދުވާންތަކާ ދެކޮޅަށް އަޑު އުފުލާފައެވެ.

Advertisement

ރާއްޖެއެމްވީއަށް ޔޫތް ފޯ ޔުނިޓީގައި އިސްކޮށް ހަރަކާތްތެރިވާ ޒުވާނެއް ބުނީ އިޒްރޭލް ދައުލަތެއްގެ ގޮތުގައި އެއްވެސް ގޮތަކަށް ބަލައިގަނެގެން ނުވާނެ ކަމަށާއި، އެގައުމަށް ވާގިވެރިވާ ގައުމުތަކާ ދުރުވާންޖެހޭ ކަމަށެވެ. އެގޮތުން ވިޔަފާރީގެ ގޮތުންނާއި، ޓޫރިސްޓުންގެ ގޮތުގައި ވެސް ބަލައިނުގަތުމަށް ވަނީ ގޮވާލާފައެވެ.

އެމެރިކާއާ އެއްވެސް ގުޅުމެއް ބޭއްވުމަކީ ވަރަށް ބޮޑު ނުރައްކަލެއް. އިޒްރޭލަށް މިހަނގުރާމައެއް ނުހިންްގޭނެ އެމެރިކާއިން އެ ހަތިޔާރާ އެއްޗެހި ސަޕްލައި ނުކުރަންޏާ. އެހެންވެ އަޅުގަނޑުމެންނަށް ބުނެވިވެސް ދާނެ އެމެރިކާއިންނޭ މިހަނގުރާމަ ހިންގަނީ.
ޔޫތް ފޯ ޔުނިޓީގެ ޒުވާނެއް

އިޒްރޭލް ޕާސްޕޯޓު މަނާކުރުމުގެ ބިލާ ގުޅޭގޮތުން އެމީހުން ބުނީ އެބިލުގެ މަސައްކަތް އަވަހަށް ނިންމަންޖެހޭ ކަމަށާއި، ލަސްވެގެން ދިއުމަކީ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށެވެ. އަދި މަޖިލީހަށް ހުށަހަޅާފައިވާ ޕެޓިޝަންއާ އެއްގޮތަށް އެ ޕާސްޕޯޓު މަނާކުރަންޖެހޭ ކަމަށް އެމީހުން ބުނެއެވެ. އެގޮތުން ޑްއަލް ސިޓިޝަންޝިޕް ގެންގުޅޭ އިޒްރޭލްގެ ރައްޔިތުންނަށް ވެސް ރާއްޖެއަށް އެތެރެވެވިގެން ނުވާނެ ކަމަށް އެމީހުން ބުނެއެވެ.

ޔޫތް ފޯ ޔުނިޓީގައި އިސްކޮށް ހަރަކާތްތެރިވާ ޒުވާނެއް

ޔޫތް ފޯ ޔުނިޓީއިން ވަނީ އިޒްރާލާ ދެކޮޅަށް ކުރިއަށް ގެންދާ ހަރަކާތްތަކުގައި ވީހާ ވެސް ގިނަ ރައްޔިތުން ބައިވެރިވުމަށް ގޮވާލާފައެވެ. ބާރު އޮތީ ރައްޔިތުންގެ އަތުގައި ކަމަށާއި، ހުރިހާ ރައްޔިތުން އެއްތަންވެ ފަލަސްތީނުގެ ހައްގުގައި މަސައްކަތް ކުރުމަށް ވަނީ އެދިފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 23 ގަޑިއިރު ކުރި
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް