ކ. މާލެ
|
13 ސެޕްޓެންބަރ 2024 | ހުކުރު 23:27
ކޮމޯރޯސްގެ ރައީސް އަޒާލީ އަސްމާނީ، 1 ސެޕްޓެމްބަރ 2024 ގައި ބެއިޖިންގ އެއަރޕޯރޓްގައި ޗައިނާގެ އޮފިޝަލުންނާއެކު
ކޮމޯރޯސްގެ ރައީސް އަޒާލީ އަސްމާނީ، 1 ސެޕްޓެމްބަރ 2024 ގައި ބެއިޖިންގ އެއަރޕޯރޓްގައި ޗައިނާގެ އޮފިޝަލުންނާއެކު
ކޮމޯރޯސްގެ ރައީސަށް ހަމަލާ ދިނުން
ކޮމޯރޯސްގެ ރައީސަށް ވަޅިން ހަމަލާދީފި
ކޮމޯރޯސްގެ ސަރުކާރުގެ ތަރުޖަމާނާ ހަވާލާދީ ރިޕޯޓްތައް ބުނާގޮތުގައި ހަމަލާގެ ސަބަބުން އަސްމާނީއަށް ލިބިވަޑައިގެންނެވި ޒަޚަމްތައް ސީރިއަސް އެއް ނޫނެވެ.

ކޮމޯރޯސްގެ ރައީސް އަޒާލީ އަސްމާނީއަށް ހުކުރު ދުވަހު ވަޅިން ހަމަލާދީ ޒަޚަމްކޮށްލައިފިއެވެ.

ކޮމޯރޯސްގެ ސަރުކާރުގެ ތަރުޖަމާނާ ހަވާލާދީ ރިޕޯޓްތައް ބުނާގޮތުގައި ހަމަލާގެ ސަބަބުން އަސްމާނީއަށް ލިބިވަޑައިގެންނެވި ޒަޚަމްތައް ސީރިއަސް އެއް ނޫނެވެ.

ހަމަލާދިން މީހާ ހައްޔަރު ކޮށްފައިވާ ކަމަށްވެސް ތަރުޖަމާނު ވިދާޅުވިއެވެ.

މި ހާދިސާ ހިނގީ ހުކުރު ދުވަހު މެންދުރުފަހުގެ ވަގުތެއްގައި ވެރިރަށް މޮރޯނީގެ އުތުރުން އޮންނަ ސަލިމާނީ އިޓްސަންދްރާ ކިޔާ އަވަށެެއްގައި ކަމަށް އެތަނުގެ މަސްދަރަކުން ރޮއިޓަރސް އަށް މަޢުލޫމާތު ދީފައިވެއެވެ.

ރައީސް އަސްމާނީ އަށް ހަމަލާދިނީ އެ ޤައުމުގެ މަޝްހޫރު ޝައިޚެއްގެ ޖަނާޒާގައި އުޅުއްވަނިކޮށްނެވެ.

"އެމަނިކުފާނަށް ލިބިވަޑައިގަތް އަނިޔާތަކަކީ ނުރައްކާތެރި އަނިޔާތަކެއް ނޫން. އަދި އެމަނިކުފާނު ވަނީ ގެކޮޅަށް ވަޑައިގެންފަ،" ސަރުކާރުގެ ތަރުޖަމާނު ފާޠިމާ އަޙްމަދު ރޮއިޓަރސް އަށް ވިދާޅުވިއެވެ.

މި ހަމަލާގެ މަގްސަދެއް އަދި ހާމަކޮށްފައެއް ނުވެއެވެ.

ސަލިމާނީ އިޓްސަންދްރާގެ މަސްދަރުން އިތުރަށް ބުނީ ހަމަލާދިން މީހާ އަކީ އުމުރުން 20 އަހަރުގެ ކުރީގެ ފުލުހެއް ކަމަށެވެ.

އަސްމާނީ ކޮމޯރޯސްގެ ރައީސް ކަމުގެ ހަތަރުވަނަ ދައުރަށް ހުވާ ކުރެއްވީ މެއި މަހުގައެވެ. އެ އިންތިޚާބަކީ ވޯޓު އޮޅުވާލުން ހިމެނޭ އިންތިޚާބެއް ކަމަށް އަސްމާނީ އާ ވާދަކުރި ފަރާތްތަކުން ބުނެފައިވެއެވެ.                         

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ރާއްޖެ އެމްވީ
- ކޮމެންޓް