Advertisement
ކ. މާލެ
|
11 ސެޕްޓެންބަރ 2024 | ބުދަ 13:46
ޕީއެންސީން ބޭއްވި ހިނގާލުމެއް
ޕީއެންސީން ބޭއްވި ހިނގާލުމެއް
ޕީއެންސީ
ޕީއެންސީގެ ޙަރަކާތްތައް
ޕީއެންސީއަކީ ރާއްޖޭގެ އެންމެ މެމްބަރުން ގިނަ ޕާޓީއަށް ހެދުމަށް މުޅި ސަރުކާރު ވާދައަށް ނުކުމެ އެތައް ބަޔަކަށް ވަޒީފާގެ ބިރު!
ޕީއެންސީއަކީ ރާއްޖޭގެ އެންމެ މެމްބަރުން ގިނަ ޕާޓީއަށް ހެދުމަށް މަސައްކަތްތަކެއް ކުރެވޭނެކަމަށްވެސް ފަލާހު ވިދާޅުވި
ޕާޓީން މަސައްކަތް ކުރަމުންދަނީ ނޮވެމްބަރުގެ ނިޔަލަށް 75،000 މެމްބަރުން ހަމަ ކުރުމަށްކަމަށްވެސް ފަލާހު ވިދާޅުވި
ޕީއެންސީއަށް ފޯމު ފުރުމަށްޓަކައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފުޅާ ދާއިރާއެއްގައި ޕާޓީގެ ޙަރަކާތްތައް ހިންގަމުންދޭ

ޕީއެންސީއަކީ ރާއްޖޭގެ އެންމެ މެމްބަރުން ގިނަ ޕާޓީއަށް ހެދުމަށް މުޅި ސަރުކާރު ވާދައަށް ނުކުމެ އެތައް ބަޔަކަށް ވަޒީފާގެ ބިރު ދައްކަމުންދާކަމުގެ މައުލޫމާތު އެތައް ބަޔަކު ދަނީ ހިއްސާ ކުރަމުންނެވެ.

ބުދަ ދުވަހު ޕީއެންސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިނގުރައިދޫ ދާއިރާގެ މެމްބަރު އަދި ވެރިކަން ކުރާ ޕާޓީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހު ވިދާޅުވީ، މިހާރު ތައްޔާރުވަމުންދަނީ ރާއްޖޭގައި މިހާތަނަށް ބޭއްވޭނެ ޕާޓީއެއްގެ އެންމެ ބޮޑު އެތެރޭގެ އިންތިޚާބަށް ކަމަށާއި، މި އިންތިޚާބުގައި 2095 މެމްބަރުން ރާއްޖޭގެ އެކި ކަންކޮޅުތަކުން ޕާޓީގެ މަޤާމުތަކަށް އައްޔަނު ކުރާނެކަމަށެވެ.

Advertisement

އެއާއެކު ޕީއެންސީއަކީ ރާއްޖޭގެ އެންމެ މެމްބަރުން ގިނަ ޕާޓީއަށް ހެދުމަށް މަސައްކަތްތަކެއް ކުރެވޭނެކަމަށްވެސް ފަލާހު ވިދާޅުވިއެވެ.

އަދި ޕާޓީން މަސައްކަތް ކުރަމުންދަނީ ނޮވެމްބަރުގެ ނިޔަލަށް 75،000 މެމްބަރުން ހަމަ ކުރުމަށްކަމަށްވެސް ފަލާހު ވިދާޅުވިއެވެ.

އެހެންކަމުން ޕާޓީން މަސައްކަތް ކުރަމުންދަނީ ނޮވެމްބަރުގެ ނިޔަލަށް 75،000 މެމްބަރުން ހަމަ ކުރުމަށް.
އިނގުރައިދޫ ދާއިރާގެ މެމްބަރު އަދި ވެރިކަން ކުރާ ޕާޓީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހު

ފަލާހު ވިދާޅުވީ، މިހާރުވެސް 50،000 މެމްބަރުން ހަމަވާ ވަރަށް މެމްބަރޝިޕް ފޯމު ލިބިފައިވާ ކަމަށެވެ. އެ ޕާޓީގައި މިހާރު 30،000ށް ވުރެ ގިނަ މެމްބަރުން އެބަތިއްބެވެ.

ރާއްޖެއެމްވީއަށް އިތުބާރު ހުރި މަސްދަރުތަކުން ކިޔާދިން ގޮތުގައި ޕީއެންސީއަށް ފޯމު ފުރުމަށްޓަކައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފުޅާ ދާއިރާއެއްގައި ޕާޓީގެ ޙަރަކާތްތައް ހިންގަމުންދާއިރު، އެކަމުގައި ދައުލަތުގެ ކުންފުނިތަކުގެ މުވައްޒަފުންނާއި ވެރިން ދަނީ ޙަރަކާތްތެރިވަމުންނެވެ. އަދި އެކަމަށްޓަކައި ސަރުކާރު ކުންފުނިތަކުގެ ވެރިންގެ މެދުގައި ވާދަވެރިކަމެއް އުފެދިފައިވާކަމަށްވެސް އެކަމުގެ މައުލޫމާތު އެނގޭ ފަރާތްތަކުން ރާއްޖެއެމްވީއަށް ކިޔާދިނެވެ.

އޭގެ އިތުރުން، ސަރުކާރުގެ ސިޔާސީ މަޤާމުތަކުގައި ތިއްބެވި ފަރާތްތަކާއި، ކުންފުނިތަކުގެ ވެރިންވެސް ވަކި އަދަދަކަށް ޕާޓީއަށް މީހުން ހަމަ ކޮށްދިނުމަށް ވަނީ އަންގާފައެވެ. އެހެންކަމުން އެކަމަށްޓަކައި ރަށްރަށުން ފޯމު ހަމަ ކުރުމަށް ރަށްރަށުގެ ފެނަކައާއި އެކި ކުންފުނިތަކުގައި މަސައްކަތް ކުރަމުންދާ ފަރާތްތަކަށް ވަޒީފާގެ ބިރުވެރިކަންވެސް ދަނީ ކުރިމަތިވަމުންނެވެ.

ޕީއެންސީއަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ޕީޕީއެމް ގެއްލިދާނެ ފަދަ ހާލަތަކަށް ތައްޔާރުވުމަށް އުފެއްދި "ބެކަޕް" ޕާޓިއެކެވެ. ނަމަވެސް ވެރިކަމާއި މަޖިލީހުގެ މެމްބަރުންގެ މެޖޯރިޓީ ލިބިވަޑައިގެންނެވުމާއެކު ސަރުކާރުން ވަނީ ޕީޕިއެމް އުވާލައި ޕީއެންސީ ފުޅާ ކުރުމުގެ މަސައްކަތް ފަށާފައެވެ.

ޕީއެންސީގެ އެތެރޭގެ އިންތިޚާބު އޮންނަނީ އޮކްޓޯބަރު މަހުގެ 19 ވަނަ ދުވަހުއެވެ. މި އިންތިޚާބުގައި ވޯޓު ލެވޭނީ ހަމައެކަނި ޕީއެންސީގެ މެމްބަރުންނަށްކަމަށް އެ ޕާޓީން މައުލޫމާތު ދެއެވެ.

Advertisement

Advertisement
- ކޮމެންޓް