ކ. މާލެ
|
11 ސެޕްޓެންބަރ 2024 | ބުދަ 10:22
ރާއްޖެ އިން ކުޅުނު ސެމީ ފައިނަލް މެޗުގެ ތެރެއިން
ރާއްޖެ އިން ކުޅުނު ސެމީ ފައިނަލް މެޗުގެ ތެރެއިން
ސެންޓްރަލް އޭޝިއާ ވޮލީބޯލް އެސޯސިއޭޝަން (ކާވާ)
ކާވާ ވިމަންސް ޗެލެންޖު
ތަޖަކިސްތާން ބަލިކޮށް، ރާއްޖެ ފައިނަލަށް
ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި އަންގާރަ ދުވަހުގެ ރޭ ކުޅުނު މެޗު ރާއްޖެ އިން ކާމިޔާބު ކުރީ ތިން ސެޓު އެއް ސެޓުންނެވެ.

ރާއްޖޭގައި މިހާރު ކުރިއަށްދާ ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަން (ކާވާ) އަންހެން ވޮލީ ބޯޅަ ޗެލެންޖު ކަޕްގެ ސެމީ ފައިނަލްގައި ތަޖަކިސްތާން ބަލިކޮށް، ދިވެހި ރާއްޖެ އިން މުބާރާތުގެ ފައިނަލަށް ދަތުރު ކޮށްފި އެވެ.

ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި އަންގާރަ ދުވަހުގެ ރޭ ކުޅުނު މެޗު ރާއްޖެ އިން ކާމިޔާބު ކުރީ ތިން ސެޓު އެއް ސެޓުންނެވެ.

މެޗުގެ ފުރަތަމަ ސެޓު ރާއްޖެ އިން ކާމިޔާބު ކުރީ 25-17 އިންނެވެ. ނަމަވެސް ތަޖަކިސްތާނުން ވަނީ 22-25 އިން ދެ ވަނަ ސެޓު ކާމިޔާބު ކޮށްފަ އެވެ. ޖެހިގެން ކުޅުނު ދެ ސެޓު ވެސް ރާއްޖެ އިން ވަނީ ކާމިޔާބު ކޮށްފަ އެވެ. އެއީ 25-12 އަދި 25-17 އިންނެވެ.

މުބާރާތުގެ ފައިނަލްގައި ބުދަ ދުވަހުގެ ރޭ ރާއްޖެ ނިކުންނާނީ ކިރްގިސްތާނާ ދެކޮޅަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް