Advertisement
ކ. މާލެ
|
11 ސެޕްޓެންބަރ 2024 | ބުދަ 09:20
ހުޅުމާލެ ދެވަނަ ފިޔަވަހީގައި މީގެ ކުރިން ހިނގާފައިވާ އެކްސިޑެންޓެއް (ފައިލް ފޮޓޯ)
ހުޅުމާލެ ދެވަނަ ފިޔަވަހީގައި މީގެ ކުރިން ހިނގާފައިވާ އެކްސިޑެންޓެއް (ފައިލް ފޮޓޯ)
ރާއްޖެއެމްވީ
އެކްސިޑެންޓެއްގައި މީހަކަށް އަނިޔާވުން
ހުޅުމާލޭގައި ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގައިފި
އެކްސިޑެންޓުގައި ސައިކަލު ދުއްވި މީހާގެ ގައިގެ ބައެއް ތަންތަނުން ހަން މެށިފައިވާ

ހުޅުމާލެ ފޭސް 1 އާއި 2 ގެ ބްރިޖް ކައިރީގައި ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގައިފި އެވެ.

ފުލުހުން ބުނީ މި ހާދިސާ ހިނގާފައިވާ ކަމަށް ރިޕޯޓްކޮށްފައިވަނީ ބުދަ ދުވަހުގެ ހެނދުނު ކަމަށެވެ. އަދި މި އެކްސިޑެންޓުގައި ސައިކަލު ދުއްވި މީހާގެ ގައިގެ ބައެއް ތަންތަނުން ހަން މެށިފައިވާ ކަމަށް ފުލުހުން މަޢުލޫމާތު ދީފައިވެއެވެ.

މި އެކްސިޑެންޓާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

Advertisement

ފަހަކަށް އައިސް މަގުމަތީގެ އެކްސިޑެންޓްތައް ދަނީ އިތުރުވަމުންނެވެ. މިފަދަ އެކްސިޑެންޓްތަކުގައި ފާއިތުވި ހަފްތާގައި ވެސް ދެ މީހަކު ވަނީ މަރުވެފައެވެ.

މިކަމާ ގުޅިގެން ސަރުކާރުން ވަނީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން އިތުރުކުރުމަށް އިތުރު ފިޔަވަޅުތަކެއް ވެސް އަޅާފައެވެ.

މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް އިތުރު ސަމާލުކަމެއް ދިނުމަށް ފުލުހުން ވަނީ އާންމުންނަށް އިލްތިމާސް ކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: މަރިޔަމް އުހާމަތު
- ކޮމެންޓް