Advertisement
ކ. މާލެ
|
10 ސެޕްޓެންބަރ 2024 | އަންގާރަ 19:22
ނ، ރ، ބ އަދި ޅ އަތޮޅުގެ ރަށްތަކުގެ ކުނި މެނޭޖުކުރުމަށް ބޭނުންކުރާނެ ތަކެތި ހޯދުމަށް ހަވާލުކުރުމުގެ ތެރެއިން
ނ، ރ، ބ އަދި ޅ އަތޮޅުގެ ރަށްތަކުގެ ކުނި މެނޭޖުކުރުމަށް ބޭނުންކުރާނެ ތަކެތި ހޯދުމަށް ހަވާލުކުރުމުގެ ތެރެއިން
އެންވަރަންމަންޓް މިނިސްޓްރީ
މޫސުމަށް އަންނަ ބަދަލުތައް
މޫސުމަށް އަންނަ ބަދަލުތަކަކީ ހަގީގަތެއް ނޫން ކަމަށް ރައީސް ވިދާޅުވެފައިވަނިކޮށް، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ދިވެހިރާއްޖެ ގެއްލިދާނެ ކަމުގެ ބިރު އޮތްކަމަށް މިނިސްޓަރ ވިދާޅުވެއްޖެ
މޫސުމަށް އަންނަ ބަދަލުތަކުގެ ވާހަކައަކީ ހަގީގަތެއް ނޫން ކަމަށާއި ކަނޑު އުފުލެމުންދާ ވާހަކައަކީ މީގެ 50 އަހަރު ކުރިންވެސް ދައްކާ ތާކުންތާކު ނުޖެހޭ ވާހަކައެއް ކަމަށް ޑރ. މުއިއްޒު ވަނީ ވިދާޅުވެފަ
މޫދުގެ ލޮނުގަނޑު އުފުލުމާއި ނުރައްކާތެރި މޫސުމީ ހާދިސާތަކުގެ ސަބަބުން ދިވެހިރާއްޖެއާއި ދިވެހި ރައްޔިތުން ނެތި ހިނގައިދާނެ ކަމަށް މިނިސްޓަރ ވިދާޅުވި
ކުރީގައި ތިމާވެށްޓަށް ގެއްލުންދޭ ގޭސް ބޮޑަށް ބޭރުކުރި ޤައުމުތަކުން ކުދި ޖަޒީރާ ޤައުމުތަކަށް އެހީތެރިވުމަށް އިސް ނަގަން ޖެހޭ ކަމަށް މިނިސްޓަރ ވިދާޅުވި

މޫސުމަށް އަންނަ ބަދަލުތަކަކީ ހަގީގަތެއް ނޫން ކަމަށް ރައީސް މުއިއްޒު ވިދާޅުވެފައިވަނިކޮށް، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ދިވެހިރާއްޖެ ވުޖޫދުން ގެއްލިދާނެ ކަމުގެ ބިރު އޮތްކަމަށް މިނިސްޓަރ ތޯރިގް ވިދާޅުވެއްޖެއެވެ.

"ބިލްޑިން ކްލައިމެޓް ރިޒިލިއަންސް އިން ސްމޯލް އައިލެންޑް ޑިވެލޮޕިން ސްޓޭޓްސް" ގެ ނަމުގައި ކުރުނބާ މޯލްޑިވްސް ގައި އޮތް ކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުން ތިމާވެއްޓާ ބެހޭ މިނިސްޓަރ ތޯރިގް އިބްރާހިމް ވިދާޅުވީ، ދިވެހިރާއްޖެ ފަދަ ކުދި ޖަޒީރާ ޤައުމުތަކަށް މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ވުޖޫދު ގެއްލިދާނެކަމުގެ ބިރު ހީވަމުންދާކަމަށެވެ.

Advertisement

ދެ ދުވަހުގެ މުއްދަތައް ކުރިއަށްދާ މި ބައްދަލުވުމުގައި އަންގާރަ ދުވަހު ވާހަކަފުޅު ދައްކަވަމުން ތޯރިގް ވިދާޅުވީ، ދިވެހިރާއްޖޭގެ 80 އިންސައްތަ ރަށްތައް ހުންނަނީ މޫދުގެ ސަތަހައިން މީޓަރެއްގެ އުސްމިނުގައި ކަމަށާއި، 50 އިންސައްތަ ގެދޮރު ހުންނަނީ ގޮނޑުދޮށާ 100 މީޓަރު ދުރުމިނުގައި ކަމަށެވެ. އެހެންކަމުން މޫދުގެ ލޮނުގަނޑު އުފުލުމާއި ނުރައްކާތެރި މޫސުމީ ހާދިސާތަކުގެ ސަބަބުން ދިވެހިރާއްޖެއާއި ދިވެހި ރައްޔިތުންގެ ވުޖޫދަށް ނުރައްކާވެފައިވާކަމަށް މިނިސްޓަރ ފާހަގަކުރެއްވެވިއެވެ.

ރާއްޖޭގެ ތިމާވެއްޓާ ބެހޭ ވަޒީރު މި މޭރުމުން ވާހަކަފުޅު ދެއްކެވި އިރު، އިންތިޚާބީ ރައީސްގެ ހައިސިއްޔަތުން އަލްޖަޒީރާ އަށް ދެއްވި ބަސްދީ ގަތުމެއްގައި މޫސުމަށް އަންނަ ބަދަލުތަކުގެ ވާހަކައަކީ ހަގީގަތެއް ނޫން ކަމަށާއި ކަނޑު އުފުލެމުންދާ ވާހަކައަކީ މީގެ 50 އަހަރު ކުރިންވެސް ދައްކާ ތާކުންތާކު ނުޖެހޭ ވާހަކައެއް ކަމަށް ޑރ. މުއިއްޒު ވަނީ ވިދާޅުވެފައެވެ.

މިނިސްޓަރ ތޯރިގް ވިދާޅުވީ ދިވެހިރާއްޖެ ފަދަ ނާޒުކު ޤައުމުތަކުގެ ކުރިމަގު ބިނާވެފައި އޮތީ މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް ދުނިޔޭގެ ޤައުމުތަކުން އަޅާ ފިޔަވަޅުތަކުގެ މައްޗަށް ކަމަށާއި މިގޮތުން ތަރައްޤީވެފައިވާ ޤައުމުތަކާއި، ކުރީގައި ތިމާވެށްޓަށް ގެއްލުންދޭ ގޭސް ބޮޑަށް ބޭރުކުރި ޤައުމުތަކުން ކުދި ޖަޒީރާ ޤައުމުތަކަށް އެހީތެރިވުމަށް އިސް ނަގަން ޖެހޭ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

Advertisement

Advertisement
- ކޮމެންޓް