Advertisement
ކ. މާލެ
|
8 ސެޕްޓެންބަރ 2024 | އާދީއްތަ 19:47
ދެ ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓެއް- ފައިލް ފޮޓޯ
ދެ ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓެއް- ފައިލް ފޮޓޯ
ޕޮލިސް
މާލޭގައި އެކްސިޑެންޓެއް ހިނގުން
މާލޭގައި ދެ ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓެއްގައި މީހަކަށް އަނިޔާވެއްޖެ
މި އެކްސިޑެންޓުގައި އެކަކަށް އަނިޔާވެފައިވޭ
އެކްސިޑެންޓް ހިނގީ އާދިއްތަ ދުވަހުގެ ހަވީރު 6:30 ހާއިރު މާފަންނު ބަސް ޓާމިނަލް ކައިރިން
އެމީހާއަށް އައިޖީއެމްއެޗްގައި ފަރުވާ ދެމުންދާއިރު، އަނިޔާގެ ތަފްސީލު ވަނީ ލިބޭގޮތް ނުވެފަައި

މާލޭގައި ދެސައިކަލެއް ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި މީހަކަށް އަނިޔާވެއްޖެއެވެ.

ފުލުހުން ބުނީ އާދިއްތަ ދުވަހުގެ ހަވީރު 6:30 ހާއިރު މާފަންނު ބަސް ޓާމިނަލް ކައިރީ ދެ ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގާފައިވާ މައްސަލަ ރިޕޯޓުކޮށްފައިވާ ކަމަށެވެ.

ރާއްޖެއެމްވީއަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މިއެކްސިޑެންޓުގައި އެކަކަށް އަނިޔާވެފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އަދި އެސަރަހައްދުގައި ފުލުހުން މިހާރު ހަރަކާތްތެރިވަމުންދާއިރު، އިތުރު މައުލޫމާތުތައް ފަހުން ހާމަ ކުރާނެ ކަމަށެވެ.

Advertisement

މި އެކްސިޑެންޓްގައި އަނިޔާވި މީހާއަށް ފަރުވާ ދިނުމަށް އައިޖީއެމްއެޗަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުނެއެވެ. ނަމަވެސް އެމީހާއަށް ލިބުނު އަނިޔާގެ ތަފްސީލު ވަނީ ލިބޭގޮތް ނުވެފައެވެ.

މި އެކްސިޑެންޓް ފުލުހުން އިތުރަށް ތަހުގީގު ކުރަމުންދާއިރު، މިހާރަކަށް އައިސް މާލެސިޓީގައި ހިނގާ އެކްސިޑެންޓްގެ އަދަދު ވަނީ އިތުރުވެފައެވެ. އަދި 4 ސެޕްޓެންބަރު 2024 ވީ ބުދަ ދުވަހުގެ ރޭ 00:53 ހާއިރު މާލޭގައި ހިނގި އެކްސިޑެންޓެއްގައި 21 އަހަރުގެ ޒުވާން ފިރިހެނެއް މަރުވެފައިވާއިރު، މިދިޔަ ހުކުރުވިލޭރޭ ދަންވަރު ހުޅުމާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި 23 އަހަރުގެ ޒުވާން ފިރިހެނެއް ވަނީ މަރުވެފައެވެ.

ފުލުހުން މައުލޫމާތު ދޭ ގޮތުގައި މި އަހަރުގެ މިހާތަނަށް 1907 ޓްރެފިކް އެކްސިޑެންޓް ރިޕޯޓުކޮށްފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް