ކ. މާލެ
|
15 އޯގަސްޓް 2017 | އަންގާރަ 12:19
ސުނިދީ ޗޯހަން
ސުނިދީ ޗޯހަން
ގޫގުލް
މަޝްހޫރު ލަވަކިޔުންތެރިޔާ
މަޝްހޫރު ލަވަކިޔުންތެރިޔާ ސުނިދީގެ ބަނޑަށް ފަސް މަސް
ސުނީދީ އެންމެ ފުރަތަމަ ފިލްމަކަށް ލަވައެއް ރެކޯޑް ކުރީ 1999 އަހަރު

އިންޑިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ސުނިދީ ޗޯހަން ބަނޑަށް ފަސް މަސް ވެފައިވާ ކަމަށް އިންޑިއާގެ ރިޕޯޓްތަކުން ބުނެއެވެ.

ސުނިދީ މާބަނޑުވި ޙަބަރު ހަމައެކަނި ހިއްސާކޮށްފައި ވަނީ ގާތްތިމާގެ މީހުންނާއި އާއިލާ މީހުން ކައިރީގައި ކަމަށް އިންޑިއާގެ ރިޕޯޓްތައް ބުނެއެވެ.

މި ޙަބަރު އޭނާގެ ފޭނުންނަށް ލިބިފައިވަނީ އޭނާގެ އުފަންދުވަހުއެވެ. އޮގަސްޓް 14 ވަނަ ދުވަހު ސުނިދީއަށް ވަނީ އުމުރުން 34 އަހަރު ފުރިފައެވެ.

ސުނިދީ ފުރަތަމަ ކައިވެނި ކޮށްފައިވަނީ ބޮބީ ހާނާ އެވެ. އެ ދެ މީހުން ކައިވެނި ދެމިއޮތީ އަހަރެއްހާ ދުވަހަށެވެ. އެއަށްފަހު 2012 ވަނަ އަހަރު ސުނިދީ ވަނީ ހިތޭޝް ސޯނިކް ނަމަކަށް ކިޔާ މީހަކާ ކައިވެނިކޮށްފައެވެ.

ސުނީދީ އެންމެ ފުރަތަމަ ފިލްމަކަށް ލަވައެއް ރެކޯޑް ކުރީ 1999 އަހަރު އެވެ.

ސުނިދީވަނީ "ޝީލާކީ ޖަވާނީ" އާއި "ބޭއިންތިހާ" އާއި "ދޫމް މަޗާލޭ" ފަދަ މަޝްޙޫރު ލަވަތައް ކިޔާފައެވެ. އަދި ބޮލީވުޑްގައި މި ލަވަތަކަށް ވަނީ އަޑުއެހުންތެރިންގެ ބޮޑު ތަރުޙީބެއް ލިބިފައެވެ.

 

- ކޮމެންޓް