Advertisement
ކ. މާލެ
|
7 ސެޕްޓެންބަރ 2024 | ހޮނިހިރު 19:29
ދައުރުވަމުންދާ ވީޑިއޯގެ ސްކްރީން ޝޮޓެއް
ދައުރުވަމުންދާ ވީޑިއޯގެ ސްކްރީން ޝޮޓެއް
އެމްވީކްރައިސިސް
ވެހިކަލް ނައްތާލުން
ވެހިކަލް އުކާ މަންޒަރު ފެންނަ ވީޑިއޯއިން ފެންނަނީ ގަވައިދާ އެއްގޮތަށް ނައްތާލަން ގެންދިޔަ ވެހިކަލްތަކެއް: ފުލުހުން
ދެ ފުރޮޅުލީ 247 ވެހިކަލް، ހަތަރު ފުރޮޅުލީ 29 ވެހިކަލް، 223 ބައިސިކަލް އަދި އެއް އެމްބިއުލާންސް ނައްތާލާފައިވޭ
ވެހިކަލްތަކަށް ގެއްލުން ލިބޭ ކަމަށް ބުނެ ބައެއް އާއްމު ރައްޔިތުން ކަންބޮޑުވުންފާޅު ކޮށްފައިވޭ
ފުލުހުން ވަނީ ޕާކިންގ ޒޯން ފިޔަވައި އެހެންތަނެއްގައި ޕާކު ނުކުރުމަށްވެސް އިލްތިމާސްކޮށްފައި

ވެހިކަލް އުކާ މަންޒަރު ފެންނަ ވީޑިއޯއިން ފެންނަނީ ގަވާއިދާ އެއްގޮތަށް ނައްތާލަން ގެންދިޔަ ވެހިކަލްތަކެއް ކަމަށް ފުލުހުން ބުނެފިއެވެ.

ހޮނިހިރު ދުވަހު ސައިކަލުތަކެއް އުކާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ވަނީ އާއްމުވެފައެވެ. އެއީ ޓޯ ކޮށްފައިހުރި ވެހިކަލްތަކެއް ކަމަށާއި، އެތަކެއްޗަށް ފުލުހުން ގެއްލުން ދޭ ކަމަށް ބުނެ ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

މިމައްސަލައާ ގުޅިގެން ފުލުހުން ބުނީ ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑީއޯއަކީ މޭރީބްރައުން ކައިރީގައި އޮންނަ ޓޯޔާޑް ތެރޭގައި 6 ސެޕްޓެންބަރު 2024 ވަނަ ދުވަހު ގަވާއިދު ތެރެއިން ނައްތާލުމަށް ހަމަޖެހިފައިވާ ވެހިކަލްތަކެއް ގެންދާ މަންޒަރު ފެންނަ ވީޑިއޯއެއް ކަމަށެވެ.

ފުލުހުން ބުނީ މިމަސައްކަތުގެ ތެރެއިން ދެ ފުރޮޅުލީ 247 ވެހިކަލް، ހަތަރު ފުރޮޅުލީ 29 ވެހިކަލް، 223 ބައިސިކަލް އަދި އެއް އެމްބިއުލާންސް ނައްތާލާފައިވާ ކަމަށެވެ.

ރާއްޖެއެމްވީ އަށް މައުލޫމާތު ދެއްވަމުން ހޯމް މިނިސްޓަރ އަލީ އިހުސާން ވިދާޅުވީ އެ އުޅަނދު ތަކަކީ ހުރިހާ ޕްރޮސެސް އެއް ފުރިހަމަ ކޮށްފައި ގެންދާ އުޅަނދުތައް ކަމަށެވެ.

Advertisement

އެގޮތުން އެއުޅަނދެއް ނަގާ ދުވަހުން ފެށިގެން ކޮންމެ އުޅަނދަކަށް ވަކިން މުއްދަތެއް ދެވޭނެ ކަމަށެވެ. އަދި ފުލުހުންނަށް ގުޅާލުމުން ކޮންމެ އުޅަނދެއްގެ ޕްރޮސެސް ހިނގާފައިވާ ގޮތުގެ މައުލޫމަތު ވަކި ވަކިން ލިބޭނެ ކަމަށެވެ.

މާލެ ސަރަހައްދުގައި ގަވައިދާ ޚިލާފަށް ޕާކުކޮށްފައި ހުންނަ ވެހިކަލްތައް ޓޯ ކުރުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ.

މިހާރު ވެސް ގިނަ އަދަދެއްގެ ވެހިކަލް ޓޯކޮށްފައިވާއިރު، ވެހިކަލްތަކަށް ގެއްލުން ލިބޭ ކަމަށް ބުނެ ބައެއް އާއްމު ރައްޔިތުން ކަންބޮޑުވުންފާޅު ކުރެއެވެ. ޚާއްސަކޮށް ކާރު ޓޯ ކުރާއިރު، ކާރަށް ބޮޑެތި ގެއްލުންތައް ލިބޭ ކަމުގެ ޝަކުވާ ބޮޑެވެ.

ފުލުހުން ވަނީ ޕާކިންގ ޒޯން ފިޔަވައި އެހެންތަނެއްގައި ޕާކު ނުކުރުމަށްވެސް އިލްތިމާސްކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް