ކ. މާލެ
|
6 ސެޕްޓެންބަރ 2024 | ހުކުރު 06:56
ބުރާސްފަތި ދުވަހު ގާޒާ ސްޓްރިޕްގެ މެދުތެރޭގައި އޮންނަ ދީރުލް-ބަލާހް ގައި ގެދޮރު ގެއްލިފައިވާ މީހުންނަށް ޖަހާފައި ހުރި ޓެންންޓުތަކަށް އިޒްރޭލުން ދިން މަރުގެ ހަމަލާ އަށް ފަހު ސަރަހައްދު އޮތް ގޮތް
ބުރާސްފަތި ދުވަހު ގާޒާ ސްޓްރިޕްގެ މެދުތެރޭގައި އޮންނަ ދީރުލް-ބަލާހް ގައި ގެދޮރު ގެއްލިފައިވާ މީހުންނަށް ޖަހާފައި ހުރި ޓެންންޓުތަކަށް އިޒްރޭލުން ދިން މަރުގެ ހަމަލާ އަށް ފަހު ސަރަހައްދު އޮތް ގޮތް
އަނަދޮލޫ
ޣައްޒާ ހަނގުރާމަ
ފަލަސްތީނުގެ މިލިއަނަކަށް ވުރެ ގިނަ މީހުން ކާނާ ނުލިބިފައި: ޔޫއެން
އިޒްރޭލް ސިފައިން ގެންދަނީ ޣައްޒާ އަށް ވައިގެ މަގުން ބޮންއަޅާ އެއްގަމު މަގުން ވެސް ހަމަލާތައް ދެމުން. އޭގެ އިތުރަށް ޣައްޒާގައި ކުރިއަށް ގެންދާ އިމަޖެންސީ ޕޯލިއޯ ވެކްސިން ޕްރޮގްރާމަށް ވެސް ހުރަސް އަޅަމުން
ޚަބަރުގެ އޯޑިއޯ

ފަލަސްތީނުގެ މިލިއަނަކަށް ވުރެ ގިނަ މީހުން ކާބޯތަކެއްޗަށް ޖެހިފައިވާ ކަމަށް އދ އިން ބުނެފިއެވެ.

އދ. ގެ ތަރުޖަމާނު ސްޓެފަން ޑުޖަރިކް ވިދާޅުވި ގޮތުގައި އޯގަސްޓް މަހު ޣައްޒާގައި އެއް މިލިއަނަށްވުރެ ގިނަ މީހުންނަށް ކާބޯތަކެތީގެ އެހީ ފޯރުކޮށްދެވިފައެއް ނުވެއެވެ.

އޭނާ އަދި އިތުރަށް ވިދާޅުވީ "ޣައްޒާގެ އިންސާނީ ޙާލަތު ވަނީ ކާރިސާއަކަށް ވުރެވެސް ބޮޑަށް ގޯސްވެފައެވެ."

ޣައްޒާގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ބުނާ ގޮތުގައި އިޒްރޭލުގެ ސިފައިން ވަނީ ޕޯލިއޯ ވެކްސިން ކެމްޕޭން ކުރިއަށް ގެންދާ މެޑިކަލް ޓީމުތައް ޣައްޒާގެ ދެކުނު ސަރަޙައްދުތަކަށް ވަނުމަށް ހުއްދަ ދިނުމަށް އިންކާރު ކޮށްފައެވެ.

ފަލަސްޠީނުގެ ރަސްމީ ނޫސް އޭޖެންސީ ވަފާ އިން ރިޕޯޓުކުރާ ގޮތުގައި، ޣައްޒާ ސިޓީގެ ސަބްރާ ސަރަޙައްދުގައި ހުރި ގެއަކަށް އިޒްރޭލުން ހުކުރު ދުވަހު ފަތިހު ދިން ހަމަލާއެއްގައި ތިން މީހުން ޝަހީދުވެ، ފަސް މީހަކު ވަނީ ޒަޚަމްވެފައެވެ.

އޭގެ ކުރިން ޣައްޒާ ސިޓީގެ ޒައިތޫން ސަރަޙައްދަށް އިޒްރޭލުން ބޮން އަޅާ ހަ މީހުން އެ ހަމަލާގައި ޝަހީދު ކޮށްލާފައިވެއެވެ. މިހަމަލާގައި ފަސް މީހުން ޒަޚަމްވެފައިވާ ކަމަށް ވަފާ އިން ރިޕޯޓުކޮށްފައިވެއެވެ.

އޮކްޓޯބަރު 7 ވަނަ ދުވަހުން ފެށިގެން ފަލަސްތީން ރައްޔިތުންނަށް، ޚާއްސަކޮށް ޣައްޒާއަށް އަރާ އިޒްރޭލުން ދެމުންދާ ހަމަލާތަކުގައި މަދުވެގެން 40،878 މީހުން ވަނީ ޝަހީދުވެފައެވެ. އަދި 94،454 މީހުން ޒަޚަމްވެފައިވެއެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ރާއްޖެ އެމްވީ
- ކޮމެންޓް