Advertisement
ކ. މާލެ
|
5 ސެޕްޓެންބަރ 2024 | ބުރާސްފަތި 17:06
އައިޖީއެމްއެޗް
އައިޖީއެމްއެޗް
ރާއްޖެއެމްވީ
ނުރައްކާތެރި އެކްސިޑެންޓެއް ހިނގުން
ބޮޑުތަކުރުފާނު މަގުގައި ކާރަކާއި ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ޒުވާނާގެ ހާލު ސީރިއަސް: އައިޖީއެމްއެޗް
އެކްސިޑެންޓްގައި އަނިޔާވީ 21 އަހަރުގެ ފިރިހެނަކަށް
އެ ޒުވާނާއަށް ފަރުވާ ދެމުންދަނީ ވެންޓިލޭޓަރުގައި
މި އެކްސިޑެންޓް ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުން

ބޮޑުތަކުރުފާނު މަގުގައި ކާރަކާއި ސައިކަލެއް ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަނިޔާވި ޒުވާނާގެ ހާލު ސިރިއަސް ކަމަށް އައިޖީއެމްއެޗުން ބުނެފިއެވެ.

މިއެކްސިޑެންޓް ހިނގާފައިވަނީ ބުދަ ދުވަހުގެ ރޭ 00:53 ހާއިރު އެވެ.

ފުލުހުން ބުނީ ބޮޑުތަކުރުފާނު މަގާއި ކޮއިމަލާ ހިނގުން ގުޅޭ ކަންމަތީ ކާރަކާ ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގާފައިވާ މައްސަލަ ރިޕޯޓުކޮށްފައިވާ ކަމަށެވެ.

Advertisement

މި އެކްސިޑެންޓްގައި އަނިޔާވެގެން ސައިކަލު ދުއްވަން އިން 21 އަހަރުގެ ދިވެހި ފިރިހެނެއް އައިޖީއެމްއެޗަށް ފަރުވާ ދިނުމަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުނެއެވެ.

މިޒުވާނާގެ ހާލަތާއި ގުޅޭގޮތުން އައިޖީއެމްއެޗުން ބުނީ، ހާލު ސިރިއަސް ކަމަށާއި، ފަރުވާ ދެމުންދަނީ ވެންޓިލޭޓަރުގައި ކަމަށެވެ.

މިއެކްސިޑެންޓް ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ސޯޝަލް މީޑިއާގައި އާއްމުވެފައިވާ ފޮޓޯތަކާއި، ވީޑިއޯއިން ފެންނަ ގޮތުގައި ކާރަށާއި، ސައިކަލަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. އަދި މަގުމަތީގައި ގިނަ އަދަދެއްގެ ލޭ ހުއްޓެވެ. މާލޭގެ އިތުރުން ހުޅުމާލޭގައި، އަދި ސިނަމާލެ ބްރިޖުގައި ވެސް ނުރައްކާތެރި އެކްސިޑެންޓްތައް ދަނީ ހިނގަމުންނެވެ. އެހެންކަމުން ދުއްވާ މީހުން އިތުރަށް ސަމާލުވެ، ގަވާއިދާ ހިލާފަށް ނުދުއްވުމަށާއި، ބާރު ސްޕީޑްގައި ނުދުއްވުމަށް ކަމާބެހޭ ފަރާތްތަކުން ދަނީ އިލްތިމާސްކުރަމުންނެވެ. މީގެ އިތުރުން ބްރިޖުގައި ދުއްވާ މީހުން ކުއްލިއަކަށް ލޭނު ބަދަލު ނުކުރުމަށާއި، އޯވާ ޓޭކްކުރާއިރު، ގަވާއިދު ފަޅިން އޯވާ ޓޭކް ކުރުމަށް އެދިފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 19 ގަޑިއިރު ކުރި
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް