ކ. މާލެ
|
3 ސެޕްޓެންބަރ 2024 | އަންގާރަ 14:27
ބްލޫ ލެގޫން 1 ގެ ފައިލް ފޮޓޯއެއް
ބްލޫ ލެގޫން 1 ގެ ފައިލް ފޮޓޯއެއް
ޝަޓަރ ޓޭންކަރ
ޔަމަން-އިޒްރޭލް ހަނގުރާމަ
ޔަމަނުގެ އަސްކަރީ ބާރުތަކުން ރަތްކަނޑުން އިޒްރޭލަށް ދަތުރުކުރި ބޯޓަކަށް ހަމަލާދީފި
ކޮންމެ މަންޒިލަކަށް ދަތުރު ކުރި ނަމަވެސް އިޒްރޭލުގެ އަސްކަރިއްޔާ އާ މުއާލާތް ކުރާ ކުންފުނިތަކުގެ ބޯޓު ފަހަރަށް ހަމަލާ ދޭނެ ކަމަށް ޔަމުން ބުނެފައިވެއެވެ.

ޔަމަނުގެ ހަތިޔާރުއެޅި ބާރުތަކުން އިޒްރޭލަށް ދަތުރުކުރަމުން ދިޔަ ބޯޓަކަށް ހަމަލާދީފިއެވެ.

ހޯމަ ދުވަހު ނެރުނު ބަޔާނެއްގައި ޔަމަންގެ އަސްކަރީ ބާރުތަކުން ބުނެފައިވަނީ މި އޮޕަރޭޝަން ގައި ހަމަލާ ދިން އުޅަނދަކީ "ބްލޫ ލެގޫން 1" ނަމަކަށް ކިޔާ ބޯޓެއް ކަމަށާއި، ހަމަލާ ދިން އިރު އުޅަނދު ދަތުރުކުރަމުން ދިޔައީ ރަތްކަނޑުން ކަމަށެވެ.

ޔަމަން އިން ބުނާ ގޮތުގައި، ހަމަލާ ދިނީ މިސައިލް އާއި ޑްރޯން ބޭނުން ކޮށްގެންނެވެ.

ޔަމަންގެ އަސްކަރީ ބާރުތަކުން ބުނެފައިވަނީ، މިއީ އިޒްރޭލުން ފަލަސްތީނުގައި ހިންގާ އަނިޔާވެރިކަމާ ދެކޮޅު ހެދުމުގެ ގޮތުންނާއި ފަލަސްތީން ރައްޔިތުންނާ އެއްބައިވަންތަ ކަން ހާމަ ކުރުމަށް ދިން ހަމަލާ އެއް ކަމަށެވެ.

އޮކްޓޯބަރު 7 އިން ފެށިގެން، އިޒްރޭލުން ފަލަސްތީނުގެ ނަސްލު ނައްތާލުމަށް ޣައްޒާ އަށް އަރާ ދެމުންދާ ލާ އިންސާނީ ހަމަލާތަކާ ދެކޮޅު ހެދުމުގެ ގޮތުން ޔަމަނުގެ ބާރުތަކުން އިޒްރޭލަށް ދަތުރުކުރާ އެތައް ބޯޓަކަށް މީގެ ކުރިންވެސް ހަމާލާތައް ދީފައިވެއެވެ.

ޔަމަނުގެ ބަޔާނުގައި، އިޒްރޭލާ މުއާމަލާތް ކުރާ ކުންފުނިތަކުގެ ބޯޓުފަހަރު ކޮންމެ މަންޒިލަކަށް ދަތުރު ކުރި ކަމުގައި ވިޔަސް، ޔަމަނުގެ އަސްކަރީ ހަރަކާތްތައް ހިނގާ ކަނޑުގެ ސަރަހައްދުން ދަތުރުކުރާ ނަމަ ހަމަލާދޭނެ ކަމަށް އިންޒާރު ދީފައިވެއެވެ.

ރަތްކަނޑުގެ އިތުރުން ޔަމަނުގެ ބާރުތަކުން ގެންދަނީ ޢަރަބި ކަނޑާއި، މެޑިޓެރޭނިއަން ކަނޑާއި، އިންޑިއާ ކަނޑުގައިވެސް މިފަދަ އުޅަނދުތަކަށް އަމާޒުކޮށް ހަމަލާދެމުންނެވެ.

ބަޔާނުގައި ބުނެފައިވަނީ އިޒްރޭލުން ފަލަސްތީނުގައި ހިންގާ އުދުވާންތައް ހުއްޓާނުލާހާ ހިނދަކު ޔަމަނުން ބޯޓުފަހަރަށް ދޭ ހަމަލާތައް ހުއްޓާ ނުލާނެ ކަމަށެވެ

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: މަރިޔަމް އުހާމަތު
- ކޮމެންޓް