Advertisement
ކ. މާލެ
|
3 ސެޕްޓެންބަރ 2024 | އަންގާރަ 14:24
އޭޖީ އަހުމަދު އުޝާމް
އޭޖީ އަހުމަދު އުޝާމް
ރާއްޖެއެމްވީ
ފޮރިން އިންވެސްޓްމެންޓް
ރާއްޖެއަކީ އިންވެސްޓަރ ފްރެންޑްލީ ގައުމަކަށް ހެދުމަށްޓަކައި ގާނޫނުތަކަށް ބޮޑެތި ބަދަލުތައް ގެނައުމުގެ މަސައްކަތް ވާނީ ފަށާފައި: އުޝާމް
މަޖިލީހުގެ ކުރިއަށް އޮތް ދައުރަށް މިކަމާއި ގުޅުން ހުރި މުހިއްމު އިސްލާހުތައް ހުށަހަޅުއްވާނެ ކަމަށް އެ މަނިކުފާނު ވަނީ ވިދާޅުވެފަ
އާ ފޮރިން އިންވެސްޓްމެންޓް ޤާނޫނެއް އެކުލަވާލާފައި ވަނީ 45 އަހަރު ފަހުން

ރާއްޖެއަކީ އިންވެސްޓަރ ފްރެންޑްލީ ނުވަތަ އިންވެސްޓަރުންނާއި ރަހުމަތްތެރި ގައުމަކަށް ހެދުމަށްޓަކައި ގާނޫނުތަކަށް ބޮޑެތި ބަދަލުތައް ގެނައުމުގެ މަސައްކަތް ވާނީ ފަށާފައި ކަމަށް އެޓަރނީ ޖެނެރަލް އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.

Advertisement

ރައީސް އޮފީހުގައި އަންގާރަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އުޝާމް ވިދާޅުވީ ޤާނޫނީ ބަދަލުތަކަކީ ބައެއް ފަހަރު ވަރަށް ޚަރަދު ބޮޑު މަރުހަލާއެއް ކަމަށެވެ. އެހެންމަވެސް އެފަދަ ޤާނޫނުތައް އެކުލަވާލުމަކީ ރައީސް ޑރ.މުހައްމަދު މުއިއްޒު އިސްކަން ދެއްވާ ކަމެއް ކަމަށް އުޝާމް ވިދާޅުވިއެވެ. ސަރުކާރުގެ ތަސައްވުރަކީ އިންވެސްޓަރުންނަށް ފަހި މާހައުލެއް ރާއްޖޭގައި އެކުލަވާލުން ކަމަށް ފާހަގަކުރައްވާ އުޝާމް ވަނީ އެކަން ކުރުމަށް ފުރިހަމަ ކުރަން ޖެހޭ ކަންކަން ކުރަމުންދާ ކަމަށް ވިދާޅުވެފައެވެ. އުޝާމް އިތުރަށް ވިދާޅުވީ ޤާނޫނީ މަސައްކަތްތަކީ އެކަމަށް ގިނަ ވަގުތުތަކެއް ހޭދަވާ މަސައްކަތްތަކެއް ކަމަށެވެ. އުޝާމް ވަނީ މާލީ ސެކިއުރިޓީޒް އާއި ގުޅޭ ޤާނޫނަށް މިހާރުވެސް ބަދަލުގެނެސްފައިވާކަން ފާހަގަކުރައްވާފައެވެ. މަޖިލީހުގެ ކުރިއަށް އޮތް ދައުރަށް މިކަމާއި ގުޅުން ހުރި މުހިންމު އިސްލާހުތައް ހުށަހަޅުއްވާނެ ކަމަށް އެ މަނިކުފާނު ވަނީ ވިދާޅުވެފައެވެ.

އެ ނޫސްވެރިންގެ ބައްދަލުވުުމުގައި އުޝާމް ވަނީ އަންގާރަ ދުވަހު ވުޖޫދު ކުރި ފޮރިން އިންވެސްޓްމެންޓް ޤާނޫނާއި މެދު ވާހަކަދައްކަވާފައެވެ. އޭނާ ވިދާޅުވީ އެފަދަ ޤާނޫނެއް ރާއްޖޭގައި އެންމެ ފުރަތަމަ ވުޖޫދުކުރީ 1979 ވަނަ އަހަރުކަމަށެވެ. އެ ޤާނޫނަށް ގެންނަން ޖެހޭ ބަދަލުތައް ގެނެސްފައިވާއިރު މިހާރު މިޤާނޫނަކީ އިންވެސްޓަރުންނާއި ރަހުމަތްތެރި ޤާނޫނަކަށް ބަދަލުކުރެވިފައިވާ ކަމަށް އުޝާމް ވަނީ ވިދާޅުވެފައެވެ. ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓްގެ ދައުރު ފުޅާކުރުމާއި، އިޤްތިޞާދު ކުރިއަރުވާ ތަރައްޤީކުރުމަށް ފޮރިން އިންވެސްޓްމެންޓް ޤާނޫނަކީ މުހިންމު ޤާނޫނެއް ކަމަށް އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދުވެސް ވަނީ އެ ނުސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވެފައެވެ. އަދި އެ އަމާޒަށް ވާސިލްވުމަށް އިގްތިޞާދީ ދާއިރާ ރިފޯމްކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް ވެސް ވިދާޅުވެފައެވެ. އާ ފޮރިން އިންވެސްޓްމެންޓް ޤާނޫނެއް އެކުލަވާލާފައި ވަނީ 45 އަހަރު ފަހުންނެވެ.

އެ ގާނޫނު ބުނާ ގިތުން ރާއްޖޭގައި އެކި ދާއިރާތަކަށް ބޭނުންވާ އިންވެސްޓްމެންޓްތައް ދެނެގަތުމަށްޓަކާ ރާސާކުރުމާއި ފީޒިބިލިޓީ ރިޕޯޓުތައް އެކުލަވާލާނެއެވެ. ހަމައެހެންމެ ބޭރުގެ އިންވެސްޓަރުންނަށް ރާއްޖޭގައި އިންވެސްޓްކުރެވޭނީ ގާނޫނުގައި ކަނޑައަޅާ ދާއިރާތަކަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް