ކ. މާލެ
|
3 ސެޕްޓެންބަރ 2024 | އަންގާރަ 11:57
މެންޗެސްޓަރ ޔުނައިޓެޑުގެ ކޯޗު އެރިކް ޓެން ހާގް
މެންޗެސްޓަރ ޔުނައިޓެޑުގެ ކޯޗު އެރިކް ޓެން ހާގް
ރޮއިޓާސް
މެންޗެސްޓަރ ޔުނައިޓެޑު
ޔުނައިޓެޑު އޮތީ ޓެން ހާގްގެ ފަހަތުގައި: ސީއީއޯ
ޚާއްސަކޮށް ޓެން ހާގާ ވަރަށް ގާތުން މަސައްކަތް ކުރަމުން އަންނަ ކަމަށާއި، ޓީމަށް ކުޅުންތެރިން ހޯދުމާއި، ދެން ވެސް ހުރި ކަންކަމުގައި މަސައްކަތް ކުރަނީ އެކުގައި ކަމަށް އޭނާ ވިދާޅުވި އެވެ.

މެންޗެސްޓަރ ޔުނައިޓެޑު އޮތީ އެ ކުލަބުގެ ކޯޗު އެރިކް ޓެން ހާގްގެ ފަހަތުގައި ކަމަށް، އެ ކުލަބުގެ ސީއީއޯ އޮމަރް ބެރާޑާ ވިދާޅުވެއްޖެ އެވެ.

އޭނާ މިހެން ވިދާޅުވީ ޓެން ހާގަށް އަމާޒުކޮށް މީޑިއާ ތަކުގައި ދެކެވެމުން އަންނަ ވާހަކަތަކާ ގުޅިގެންނެވެ. އެގޮތުން، ޓެން ހާގާ އެކު ޔުނައިޓެޑުގެ ނަތީޖާތައް ދަށްވެފައިވާ ކަމަށާއި، އެ ޓީމަށް ކުރިއެރުމެއް ނުލިބޭ ކަމަށް ބައެއް މީޑިއާ ތަކުގައި ވަނީ ބުނެފަ އެވެ.

އެކަމާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ޔުނައިޓެޑުގެ ސީއީއޯ ވިދާޅުވީ، މުޅި ޔުނައިޓެޑު އޮތީ ޓެން ހާގްގެ ފަހަތުގައި ކަމަށާއި، އެމީހުންގެ ފުރިހަމަ އިތުބާރު އޭނާ އަށް އޮންނާނެ ކަމަށެވެ. ޚާއްސަކޮށް ޓެން ހާގާ ވަރަށް ގާތުން މަސައްކަތް ކުރަމުން އަންނަ ކަމަށާއި، ޓީމަށް ކުޅުންތެރިން ހޯދުމާއި، ދެން ވެސް ހުރި ކަންކަމުގައި މަސައްކަތް ކުރަނީ އެކުގައި ކަމަށް އޭނާ ވިދާޅުވި އެވެ.

އެހެންކަމުން ކުރިއަށް އޮތް ތަނުގައި ވެސް އެ މަސައްކަތް ކުރުމުގައި ދެމި ތިބޭނެ ކަމަށާއި، ބޭނުން ވަނީ ރަނގަޅު ނަތީޖާ ހޯދުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި ޔުނައިޓެޑުން ބޭނުންވާ އަމާޒަށް ވާސިލްވުމުގައި ޓެން ހާގަށް އިތުބާރު ކުރާ ކަމަށާއި، އޭނާ އާއެކު އެ މަސައްކަތް ކާމިޔާބު ކުރެވޭނެ ކަމުގެ ޔަގީންކަން އޮތް ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ.

ޔުނައިޓެޑުގެ ކޯޗުކަމާ ޓެން ހާގް ހަވާލުވީ 2022 ވަނަ އަހަރު އެވެ. އޭގެ ފަހުން މިދިޔަ ސީޒަނުގައި ޔުނައިޓެޑުގެ ނަތީޖާ ދަށްވެފައިވާތީ، ޓެން ހާގް ވަކި ކުރަން އުޅޭ ކަހަލަ ވާހަކަތަކެއް ވެސް ވަނީ ފެތުރިފަ އެވެ. ނަމަވެސް ޔުނައިޓެޑުން ވަނީ ޓެން ހާގް ކުލަބުގައި ބަހައްޓަން ނިންމައި، އެއްބަސްވުން ވެސް އައު ކޮށްފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް