ކ. މާލެ
|
3 ސެޕްޓެންބަރ 2024 | އަންގާރަ 11:55
އުރުގުއޭ އަށް ކުޅެމުން އައި ލުއިސް ސުއަރޭޒް
އުރުގުއޭ އަށް ކުޅެމުން އައި ލުއިސް ސުއަރޭޒް
ރޮއިޓާސް
އުރުގުއޭ ޤައުމީ ޓީމު
ޤައުމީ ޓީމުން ރިޓަޔާވާން ސުއަރޭޒް ނިންމައިފި
ސުއަރޭޒް ވަނީ އުރުގުއޭ ޤައުމީ ޓީމާ އެކު 2011 ވަނަ އަހަރުގެ ދެކުނު އެމެރިކާ ސަރަހައްދުގެ ފުޓުބޯޅަ މުބާރާތް (ކޮޕާ އެމެރިކާ) ކާމިޔާބު ކޮށްފަ އެވެ.

އުރުގުއޭ ޤައުމީ ފުޓުބޯޅަ ޓީމަށް ކުޅެމުން އައި ލުއިސް ސުއަރޭޒް، ޤައުމީ ޓީމަށް ކުޅުން ހުއްޓާލަން ނިންމައިފި އެވެ.

ޤައުމީ ޓީމުން ރަސްމީކޮށް ރިޓަޔާވާން ނިންމިއިރު، ސުއަރޭޒްގެ އުމުރުން 37 އަހަރެވެ. ސުއަރޭޒް އަށް އެންމެ ފުރަތަމަ އުރުގުއޭ ޤައުމީ ޓީމުން ޖާގަ ލިބުނީ 2007 ވަނަ އަހަރު އެވެ. އޭގެ ފަހުން ޤައުމީ ޓީމުގައި އޭނާ 17 އަހަރު ހޭދަކޮށްފައިވާއިރު، ޤައުމީ ޓީމަށް 142 މެޗު ކުޅެދީ 69 ލަނޑު ވަނީ ޖަހައިފަ އެވެ. ސުއަރޭޒް އަކީ އުރުގުއޭ ޤައުމީ ޓީމަށް އެންމެ ގިނަ ލަނޑު ޖަހައިދީފައިވާ ކުޅުންތެރިޔާ އެވެ.

ޤައުމީ ޓީމުން ރިޓަޔާވާން ނިންމައި ސުއަރޭޒް އެކަން އިއުލާން ކޮށްފައިވާއިރު، ފީފާ ވޯލްޑް ކަޕް ކޮލިފިކޭޝަންގައި ސެޕްޓެމްބަރު މަހުގެ ހަތް ވަނަ ދުވަހު އުރުގުއޭ އިން ޕެރަގުއޭއާ ދެކޮޅަށް ކުޅޭ މެޗަކީ، ޤައުމީ ޓީމުގައި އޭނާ ކުޅޭނެ އެންމެ ފަހު މެޗެވެ. އެކަމާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން ސުއަރޭޒް ބުނީ، ޤައުމީ ޓީމުން ރިޓަޔާވާން ނިންމީ އެންމެ ރަނގަޅު ވަގުތުގައި ކަމަށެވެ. އަދި އެކަމާ މެދު ވަރަށް ބޮޑަށް ފަޚުުރުވެރިވާ ކަމަށް ވެސް ސުއަރޭޒް ވަނީ ބުނެފަ އެވެ.

ސުއަރޭޒް ވަނީ އުރުގުއޭ ޤައުމީ ޓީމާ އެކު 2011 ވަނަ އަހަރުގެ ދެކުނު އެމެރިކާ ސަރަހައްދުގެ ފުޓުބޯޅަ މުބާރާތް (ކޮޕާ އެމެރިކާ) ކާމިޔާބު ކޮށްފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް