ކ. މާލެ
|
1 ސެޕްޓެންބަރ 2024 | އާދީއްތަ 14:58
އިޒްރޭލު ސިފައިންގެ މީހެއް
އިޒްރޭލު ސިފައިންގެ މީހެއް
އޭއެފްޕީ
ހުޅަނގު އައްސޭރީގެ ހަނގުރާމަ
ހުޅަނގު އައްސޭރީގައި އިޒްރޭލުގެ ތިން ފުލުހަކު މަރާލައިފި
މި ހާދިސާ ހިނގީ ހެބްރޯންގެ ޗެކްޕޮއިންޓެއް ކައިރީގައި އާދިއްތަ ދުވަހު ހެނދުނެވެ.
ޚަބަރުގެ އޯޑިއޯ

އާދީއްތަ ދުވަހު ހުޅަނގު އައްސޭރީގައި ހިނގި ބަޑީގެ ހަމަލާއެއްގައި މަރުވި 3 މީހުންނަކީ އިޒްރޭލުގެ ފުލުހުން ކަމަށް އިޒްރޭލުން ބުނެފިއެވެ. މީގެ ތެރޭގައި ހިމެނެނީ 2 ފިރިހެނަކާއި އަންހެނެކެވެ.

ހާދިސާ ހިނގީ ހެބްރޯންގެ ޗެކްޕޮއިންޓެއް ކައިރީގައި އާދިއްތަ ދުވަހު ހެނދުނު ކަމަށް ހިފާފައިވާ ހުޅަނގު އައްސޭރީގައި ހުންނަ އިޒްރޭލު ފުލުހުންގެ އެންމެ އިސްވެރިޔާ ނޫސްވެރިންނަށް މައުލޫމާތު ދެމެން ބުނެފައިވެއެވެ.

އިޒްރޭލުގެ ހައްދުފަހަނައެޅި ނެޝަނަލް ސެކިއުރިޓީ މިނިސްޓަރ އިތަމާރ ބެން ގްވީރ ވެސް ހަމަލާ ދިން ތަނަށް ޒިޔާރަތްކޮށް، އެ ސަރަހައްދުގައި އިތުރު ޗެކްޕޮއިންޓްތައް ޤާއިމުކުރުމަށް ވަނީ އަންގާފައެވެ.

އިތުރު ޗެކްޕޮއިންޓްތައް ހެދުމުން ފަލަސްތީން ރައްޔިތުން ހަރަކާތްތެރިވެ އުޅުމަށް އުނދަގޫވާނެ ކަމަށް އިޝާރާތް ކުރަމުން އިޒްރޭލުގެ ވަޒީރު ބުނެފައިވަނީ ފަލަސްތީން ރައްޔިތުންގެ މިނިވަންކަމަށްވުރެ އިޒްރޭލު ރައްޔިތުން ދިރިތިބިމުގެ ހައްގު މާ މުހިންމު ކަމުގައެވެ.

އެނާ ވަނީ "ޓެރަރިސްޓުން ގެ ބޮލަށް ބަޑިޖެހުމަށް" އިޒްރޭލުގެ ފުލުހުންނަށް އިރުޝާދު ދީފައެވެ.

ބުދަ ދުވަހުން ފެށިގެން އިޒްރޭލު ބާރުތަކުން ހުޅަނގު އައްސޭރި އަށް އަރާ ދަނީ ހަމަލާތައް ދެމެންނެވެ.

ބުދަ ދުވަހުން ފެށިގެން އިޒްރޭލު ސިފައިން ހިންގަމުންދާ އުދުވާން ތަކުގައި ފަލަސްތީންގެ 22 މީހުން ހުޅަނގު އައްސޭރިން ވަނީ ޝަހީދުވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މަރިޔަމް އުހާމަތު
- ކޮމެންޓް