ކ. މާލެ
|
2 ސެޕްޓެންބަރ 2024 | ހޯމަ 10:14
20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ އިން ކުޅުނު މެޗެއްގެ ތެރެއިން
20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ އިން ކުޅުނު މެޗެއްގެ ތެރެއިން
ސައުތު އޭޝިއަން ފުޓުބޯޅަ ފެޑެރޭޝަން - ސާފް
17 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕް
އިންޑިއާ އާއި ބަންގްލަދޭޝް އާއެކު ރާއްޖެ ގްރޫޕް އޭ ގައި
ސާފް ޗެމްޕިއަންޝިޕް ކުރިއަށް ދާނީ ސެޕްޓެމްބަރު މަހުގެ 20 ވަނަ ދުވަހުން ފެށިގެން 30 ވަނަ ދުވަހު ނިޔަލަށް، ބޫޓާންގަ އެވެ.

މި މަހު ފަށަން ހަމަޖެހިފައިވާ 17 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕް ފުޓުބޯޅަ މުބާރާތުގައި އިންޑިއާ އާިއ ބަންގްލަދޭޝް އާއެކު ދިވެހި ރާއްޖެ ގްރޫޕް އޭ ގައި ހިމެނިއްޖެ އެވެ.

ސަތާރަ އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕް ކުރިއަށް ދާނީ ސެޕްޓެމްބަރު މަހުގެ 20 ވަނަ ދުވަހުން ފެށިގެން 30 ވަނަ ދުވަހު ނިޔަލަށް، ބޫޓާންގަ އެވެ.

މުބާރާތުގެ ގްރޫޕް އޭ ގައި ރާއްޖެ ހިމެނުނުއިރު، ގްރޫޕް ބީ ގައި ހިމެނުނީ ސްރީ ލަންކާ، ޕާކިސްތާން އަދި ނޭޕާލް އެވެ. މުބާރާތުގެ ގްރޫޕް ސްޓޭޖުގެ ކުޅުން ނިމޭއިރު، އެންމެ މަތިން ޕޮއިންޓު ހޯދާ ދެ ޓީމަށް ސެމީ ފައިނަލްގެ ފުރުސަތު ލިބޭނެ އެވެ.

މުބާާރާތުގައި ދިވެހި ރާއްޖޭގެ ފުރަތަމަ މެޗުގައި ބަންގްލަދޭޝްއާ ދެކޮޅަށް ނިކުންނާނީ ސެޕްޓެމްބަރު މަހުގެ 22 ވަނަ ދުވަހު އެވެ. އަދި ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި އިންޑިއާއާ ދެކޮޅަށް ނިކުންނާނީ ސެޕްޓެމްބަރު މަހުގެ 24 ވަނަ ދުވަހު އެވެ.

ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރާ ރާއްޖޭގެ ޤައުމީ ޓީމަށް އިރުޝާދު ދޭނީ މުޙައްމަދު އާދަމް އެވެ. އޭނާ އާއެކު ރާއްޖޭގެ ޤައުމީ ޓީމުން އަންނަނީ ފަރިތަކުރުންތައް ކުރިއަށް ގެންދަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް