ކ. މާލެ
|
19 ސެޕްޓެންބަރ 2024 | ބުރާސްފަތި 18:48
އިލާން (ކަނާތުން ތިން ވަނަ އަށް) ޓީމުގެ ބައެއް ކުޅުންތެރިންނާއެކު
އިލާން (ކަނާތުން ތިން ވަނަ އަށް) ޓީމުގެ ބައެއް ކުޅުންތެރިންނާއެކު
ގޫގުލް
ދިވެހި ޤައުމީ ޓީމު
ދިވެހި ޓީމުގެ ކެޕްޓަނަކީ އިލާން
މި ސީޒަނުގައި މާޒިޔާ އަށް ކުޅެން ސޮއިކުރި 15 އަހަރުގެ އިލާނަކީ ނިމިދިޔަ ސީޒަނުގައި ކްލަބް ވެލެންސިއާގެ ޓީމުން ފާހަގަކުރެވުނު ކުޅުންތެރިއެކެވެ. އޭނާ ވަނީ ދިވެހި ޕްރެމިއާ ލީގުގައި ކުޅުނު މެޗެއްގައި ގޯލެއް ޖަހައި ރާއްޖޭގެ ލީގުގައި ލަނޑު ޖެހި އެންމެ ޒުވާން ކުޅުންތެރިޔާގެ ރެކޯޑް ހަދައިފަ އެވެ.

ސާފް ޗެމްޕިއަންޝިޕް 17 އަހަރުން ދަށުގެ މުބާރާތުގައި ވާދަކުރާ ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކެޕްޓަންކަން ޒުވާންތަރި އިބްރާހީމް އިލާން އިމްރާން އަށް ދީފި އެވެ.

އެފްއޭއެމުން މިކަން އިއުލާނުކޮށްފައިނުވި ނަމަވެސް މުބާރާތުގެ ކުރިން އިއްޔެ ބޫޓާނަށް ދިއުމަށްފަހު މިއަދު އޮތް ޕްރެސް ކޮންފަރެންސްގައި ރާއްޖެ ތަމްސީލުކުރީ ކެޕްޓަނުންގެ ގޮތުގައި އިލާނެވެ. އޭނާއެކު ކޯޗު މުހައްމަދު އާދަމް ވެސް ޕްރެސް ކޮންފަރެންސްގައި ބައިވެރިވި އެވެ.

މި ސީޒަނުގައި މާޒިޔާ އަށް ކުޅެން ސޮއިކުރި 15 އަހަރުގެ އިލާނަކީ ނިމިދިޔަ ސީޒަނުގައި ކްލަބް ވެލެންސިއާގެ ޓީމުން ފާހަގަކުރެވުނު ކުޅުންތެރިއެކެވެ. އޭނާ ވަނީ ވެލެންސިއާ އާއި ގްރީން ސްޓްރީޓްސް ދިވެހި ޕްރެމިއާ ލީގުގައި ކުޅުނު މެޗުގައި ގޯލެއް ޖަހައި ރާއްޖޭގެ ލީގުގައި ލަނޑު ޖެހި އެންމެ ޒުވާން ކުޅުންތެރިޔާގެ ރެކޯޑް ހަދައިފަ އެވެ.

17 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕުގައި ވާދަކުރާ ގައުމުތަކުގެ ކެޕްޓަނުންނާއެކު އިލާން (ވާތުން ދެ ވަނަ އަށް) - ގޫގުލް

ކުލަބު ފުޓްބޯޅަ ކުޅެން ފެށުމުގެ ކުރިން އިލާން އެންމެ ފުރަތަމަ ފާހަގަވީ އިސްކަންދަރު ސްކޫލްގެ ޓީމުން އިންޓަރ ސްކޫލް މުބާރާތްތަކުގަ އެވެ. އޭގެ ފަހުން އޭނާ ވަނީ 14 އަހަރުން ދަށާއި 16 އަހަރުގެ މުބާރާތްތަކުގައި ވެލެންސިއާގައި ވެސް މޮޅު ކުޅުމެއް ދައްކައި ގިނަ ގޯލުތަކެއް ޖަހައިފަ އެވެ. އޭނާ އަކީ 17 އަހަރުން ދަށުގެ އުމުރު ފުރާގައި މިވަގުތު ރާއްޖޭގައި ހުރި އެންމެ އަލިގަދަ އެއް ތަރި އެވެ.

17 އަހަރުން ދަށުގެ މުބާރާތުގައި ރާއްޖެ ހިމެނެނީ އިންޑިޔާ އާއި ބަނގްލަދޭޝްއާއެކު ގްރޫޕްއޭގަ އެވެ. ފުރަތަމަ މެޗުގައި ރާއްޖެ ކުޅޭނީ ސެޕްޓެމްބަރު 24 ވަނަ ދުވަހު ބަނގްލަދޭޝްއާ އެވެ. އެއަށްފަހު އިންޑިޔާއާ ދެކޮޅަށް ކުޅެނީ ސެޕްޓެމްބަރު 24ގަ އެވެ. މުބާރާތުގެ ސެމީ ފައިނަލަށް ދާނީ މި ގްރޫޕުން އެންމެ ކުރި ހޯދާ ދެ ޓީމެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރިޔަމް އުހާމަތު
- ކޮމެންޓް