ކ. މާލެ
|
1 ސެޕްޓެންބަރ 2024 | އާދީއްތަ 14:04
ހަމަލާދީފައިވާ ބޯޓު؛ އެމް.އެސް.ސީ ސާރާ 5 އަށް ދެވުނު ހަމަލާގެ ވީޑިއޯ ފުޓޭޖުން ނަގާފައިވާ ސްކްރީން ޝޮޓެއް
ހަމަލާދީފައިވާ ބޯޓު؛ އެމް.އެސް.ސީ ސާރާ 5 އަށް ދެވުނު ހަމަލާގެ ވީޑިއޯ ފުޓޭޖުން ނަގާފައިވާ ސްކްރީން ޝޮޓެއް
ސޯޝަލް މީޑިއާ
ޔަަމަން - އިޒްރޭލު ހަނގުރާމަ
އަދަން ކަނޑުގައި އިޒްރޭލަށް ދަތުރުކުރަމުން ދިޔަ ބޯޓަކަށް ޔަމަން ހަނގުރާމަވެރިން ހަމަލާ ދީފި
ޔަމަނުގެ ވެރިރަށް ކޮންޓްރޯލް ކުރާ ހޫތީ ޖަމާއަތުގެ ތަރުޖަމާނު ވިދާޅުވެފައިވަނީ، ޣައްޒާ މުސްލިމުންނާ އެއްބައިވަންތަކަން ހާމަ ކުރުމުގެ ގޮތުން ހަމަލާ ދިނީ އިޒްރޭލަށް މިސްރާބު ޖަހާފައިވާ ބޯޓަކަށް ކަމަށެވެ.

ޔަމަނުގެ ހަތިޔާރުއެޅި ބާރުތަކުން އަދަން ކަނޑުން އިޒްރޭލަށް ދަތުރުކުރި ބޯޓަކަށް ހަމަލާދީފިއެވެ.

ޔަމަނުގެ ވެރިރަށް ކޮންޓްރޯލް ކުރާ ހޫތީ ޖަމާއަތުގެ ތަރުޖަމާނު ވިދާޅުވެފައިވަނީ، ޣައްޒާ މުސްލިމުންނާ އެއްބައިވަންތަކަން ހާމަ ކުރުމުގެ ގޮތުން ހަމަލާ ދިނީ އިޒްރޭލަށް މިސްރާބު ޖަހާފައިވާ ބޯޓަކަށް ކަމަށެވެ.

ބްރިގޭޑިއަރ ޖެނެރަލް ޔަޙްޔާ ސަރީ މިކަން ހާމަކޮށްފައިވަނީ ހޮނިހިރު ދުވަހު ނެރުއްވި ބަޔާނެއްގައެވެ.

ޔަމަންގެ ހަނގުރާމަވެރިން މި ހަމަލާ ދިނީ އަދަން ކަނޑުން ދަތުރުކުރި ލައިބީރިއާގެ ދިދަ ނަގާފައިވާ ކޮންޓެއިނަރ ބޯޓަކަށް މިސައިލް ހަމަލާއެއް ދިންތާ އެއްދުވަސް ފަހުންނެވެ.

ޔަހްޔާ ސާރީގެ ބަޔާނުގައި ބުނެފައިވަނީ ބޯޓަށް ހަމަލާ ދިނީ ހިފާފައިވާ ފަލަސްތީންގެ ސަރަހައްދުތަކަށް އިޒްރޭލާ ގުޅުން ހުރި ބޯޓްފަހަރު ވަނުން މަނާ ކޮށްފައި އޮތް އޮތުމާ ޚިލާފް ވުމުން ކަމުގައެވެ.

ބަޔާނުގައި ބުނެފައިވަނީ މި އޮޕަރޭޝަނުގައި ގިނަ މިސައިލުތަކާއި ޑްރޯންތައް ބޭނުންކުރި ކަމަށާއި، ހަމަލާ ވަރަށް ފުރިހަމައަށް ޓާގެޓަށް އަމާޒުވި ކަމަށެވެ.

ހުކުރު ދުވަހު، ޔަމަނުގެ ހަތިޔާރުއެޅި ބާރުތަކުން ދެ މިސައިލެއް "ގްރޯޓަން" ނަމަކަށް ކިޔާ ބޯޓަށް އަމާޒުކޮށް ވަނީ ފޮނުވާލާފައެވެ.

އިނގިރޭސިވިލާތުގެ ކަނޑުމަތީ ސަލާމަތީ އޭޖެންސީ، ޔޫކޭއެމްޓީއޯ އިން ބުނެފައިވަނީ ދެ މިސައިލް ބޯޓާ ވަރަށް ކައިރިން ގޮވި މަންޒަރު ފެނިފައިވާކަމަށެވެ. އަދި ބޯޓުގެ އެއްވެސް ފަޅުވެރިއަކަށް އަދި ބޯޓަށް ގެއްލުމެއް ނުލިބޭ ކަމަށާއި، ދެން އޮތް މަންޒިލަށް ބޯޓު ދަތުރުކުރަމުންދާ ކަމުގައެވެ.

އެހެން ނަމަވެސް އޭގެ ފަހުން ޖޮއިންޓް އިންފޮމޭޝަން ސެންޓަރ އިން ބުނެފައިވަނީ ގްރޯޓަން ކޮންޓެއިނަރ ބޯޓަށް އެއް މިސައިލްގެ ސަބަބުން ކޮންމެވެސް ވަރަކަށް ގެއްލުންވި ކަމަށެވެ.

މިއީ "ގްރޯޓަން" ބޯޓަށް އަމާޒުކޮށް ޔަމަނުގެ ހަތިޔާރުއެޅި ބާރުތަކުން ހަމަލާދިން ދެވަނަ ފަހަރެވެ. މީގެ ކުރިން އޯގަސްޓު މަހު، ޔަމަނުގެ ހަތިޔާރުއެޅި ބާރުތަކުން އެކުގައި ހިންގި އަސްކަރީ އޮޕަރޭޝަނެއްގައި އަދަން ކަނޑުން "ގްރޯޓަން" އުޅަނދަށް ގިނަ ބެލިސްޓިކް މިސައިލުތަކަކުން ހަމަލާދިނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: މަރިޔަމް އުހާމަތު
- ކޮމެންޓް