ކ. މާލެ
|
31 އޯގަސްޓް 2024 | ހޮނިހިރު 18:40
މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް
މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް
ރާއްޖެއެމްވީ
މާލެ ސިޓީ ކައުންސިލްގެ މަސައްކަތްތައް
މިހާތަނަށް މާލެ ސިޓީ ކައުންސިލް އޮތީ މުޅި މާލެ ތެރެއަށް އުކާލާފައި - އާޒިމް
އާ އިމާރާތުގެ މަސައްކަތް ކުރަމުން ދަނީ މާލެ ސިޓީ ކައުންސިލުން ފާސްކޮށްގެން ކަމަށް އާޒިމް ވިދާޅުވި

މިހާތަނަށް މާލެ ސިޓީ ކައުންސިލް އޮތީ މުޅި މާލެ ތެރެއަށް އުކާލާފައި ކަމަށް މާލޭގެ މޭޔަރ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

އާޒިމް އެފަދައިން ވިދާޅުވީ ރާއްޖެޓީވީގެ ފަށާއިރު ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ.

މާލެ ސިޓީ ކައުންސިލް އޮތީ ވަރަށް ހާލުގައި ކަމަށާއި ކައުންސިލްގައި އޮފީސްގަނޑެއް ވެސް އެ ކައުންސިލުގައި ނެތް ކަމަށް އާޒިމް ވިދާޅުވިއެވެ. އާޒިމް ވަނީ ކަންކަން ކުރާ އިރު އަބަދުވެސް ވިސްނަވަނީ ކަންކަން ކުރެވެން ހުރި މިންވަރަކުން ކަންކަން ކޮށްގެން ކުރިއަށް ގެންދިއުމަށް ކަމަށާއި ކަމެއް ނުކޮށް ދޫކޮށްލުމަކީ އޭނާ ޤަބޫލުކުރައްވާ ގޮތެއް ނޫން ކަަމަށް ވިދާޅުވެފައެވެ. މާލެ ސިޓީ ކައުންސިލަކީ ރާއްޖޭގެ އެންމެ ބޮޑު އޮފީސްކަމަށް ވާއިރު 15 އަހަރުވަންދެން އޮފީހެއް ނެތި މަސައްކަތް ކުރަން ޖެހުމަކީ ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަަމަށް އާޒިމް ވިދާޅުވިއެވެ. އަދި ތަފާތު 8 ތަނެއްގައި ސިޓީ ކައުންސިލްގެ ޚިދުމަތްތައް ދޭން ޖެހުމަކީ ވަަރަށް ބޮޑެތި ދަތިތަކާއި ކުރިމަތިވާކަމެއްކަން އާޒިމް ވަނީ ފާހަގަކުރައްވާފައެވެ.

މާލެ ސިޓީ ކައުންސިލުން ދޭ ޚިދުމަތް ދޭ ތަންތަން ރައްޔިތުންނަށް އޮޅުން ނުފިލާ ސިޓީ ކައުންސިލްގެ ހިންގުން އޮތީ އޮޅުންބޮޅުންގަނޑެއްގެ ތެރޭގައި ކަަމަށް އާޒިމް ވިދާޅުވިއެވެ. ރަނުން ތަނެއް ހަދައިގެން ވަންނަން ތިބެގެން ދުވަހަކުވެސް އެކަން ނުވާނެ ކަަމަށާއި ކުރިއަށް އޮތް 10 ވަރަކަށް މަސް ދުވަހުގެ ތެރޭގައި ސިޓީ ކައުންސިލްގެ ޚިދުމަތްތައް އެއްތަނަކަށް ގެނައުމަށް މަސައްކަތްކުރަމުންދާ ކަމަށް އާޒިމް ވިދާޅުވިއެވެ. އަދި އެ މަސައްކަތް ކުރަމުން ދަނީ މާލެ ސިޓީ ކައުންސިލުން ފާސްކޮށްގެން ކަމަށް އާޒިމް ވިދާޅުވިއެވެ. އާޒިމް ވިދާޅުވީ ރައްޔިތުންނަށް ރަނގަޅު ޚިދުމަތްތަކެއް ދެވޭނީ އޭރުން ކަމަށް ޤަބޫލުކުރައްވާ ކަމަށެވެ.

ސިޓީ ކައުންސިލްގެ މަސައްކަތްތައް ޤާނޫނާއި އެއްގޮތަށް ފެއްތުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް އާޒިމް ވިދާޅުވިއެވެ. އެހެންކަމުން ކަންކަން ތަރުތީބުކުރުމަށް ވަގުތުކޮޅެއް ނަގާކަމަށް އާޒިމް ވަނީ ވިދާޅުވެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް