Advertisement
ކ. މާލެ
|
29 އޯގަސްޓް 2024 | ބުރާސްފަތި 00:08
ރައީސް ޑރ މުއިއްޒު އަނބިކަނބަލުންނާއެކު
ރައީސް ޑރ މުއިއްޒު އަނބިކަނބަލުންނާއެކު
ރައީސް އޮފީސް
ޑރ މުއިއްޒު ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު
ޑޮކްޓަރަށް ދައްކަވަން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅަށް ފަހު ރައީސް މުއިއްޒު ރާއްޖެ ވަޑައިގެންފި
ޑރ. މުއިއްޒު ސިންގަޕޫރު ދަތުރުފުޅުގެ ތެރޭގައި ޝޮޕިންގ މޯލް އެއްގެ ތެރޭގައި އަނބިކަނބަލުންނާ އެކު ވަޑައިގެން އުޅުއްވަނި ކޮށް ނަގާފައިވާ ފޮޓޯ ތަކެއް ބުދަ ދުވަހު ސޯޝަލް މީޑިއާގައި ވަނީ އާންމުވެފަ

ޑޮކްޓަރަށް ދައްކަވަން ސިންގަޕޫރަށްކުރެއްވި ދަތުރުފުޅު ނިންމަވައިލެއްވުމަށް ފަހު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ބުދަ ދުވަހުގެ ރޭ ރާއްޖެ ވަޑައިގެންފިއެވެ.

ސިންގަޕޫރަށް ވަޑައިގަންނަވާ ސަބަބާ ބެހޭ ގޮތުން ހޯމަ ދުވަހުގެ ރޭ ވެރިކަން ހިންގާ ޕީއެންސީން ބޭއްވި ހަރުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ޑރ. މުއިއްޒު ވިދާޅުވެފައިވަނީ އާރަށުގައި ފުޓުބޯޅަ ކުޅުއްވަނިކޮށް ލިބުނު އަނިޔާއަކާ ގުޅިގެންނާއި މީގެ ދެ އަހަރެއްހާ ދުވަސް ކުރިން ކުރި ސާޖަރީއަކާ ގުޅިގެން ކުރައްވާ ދަތުރުފުޅެއް ކަމަށެވެ.

ފުޓްބޯޅަ ކުޅުއްވަނިކޮށް ލިބުނު އަނިޔާ އާއި އަދި ކުރެއްވި އޮޕަރޭޝަންގެ އިތުރު ތަފްސީލެއް ނުދެއްވައެވެ.

Advertisement

އޭގެ އިތުރަށް ވިދާޅުވީ، މީގެ ދެތިން ދުވަސް ކުރިން މާލޭގައި ވެސް ޑޮކްޓަރަށް ދެއްކެވި ކަމަށެވެ.

ޑރ. މުއިއްޒު ވިދާޅުވީ ހަފްތާއަކު ތިން ދުވަހު އާރަށުގެ ދަނޑުގައި ފުޓްބޯޅަ ކުޅުއްވާ ކަމަށާއި، އެންމެ ފަހުން ފުޓްބޯޅަ ކުޅުނު ރޭ އެމަނިކުފާނަށް ވީ ގޮތަކުން އަނިޔާއެއް ވީ ކަމުގައެވެ.

މި ދެންނެވި އިންޖަރީ ވެގެން މާލޭގައި ޑޮކްޓަރުންނަށް ދައްކާފައި ސެކަންޑް އޮޕީނިއަންއަކާ އަދި ކުރީގައި މީގެ ދެތިން އަހަރު ކުރިން ކުރި ސާޖަރީއެއްގެ ރެގިއުލާ ޗެކަޕް ވެސް އޮތުމާ އެކީގައި .. އެބަ ދަން ސިންގަޕޫރަށް.
ރައީސް ޑރ. މުއިއްޒު

ޑރ. މުއިއްޒު ސިންގަޕޫރު ދަތުރުފުޅުގެ ތެރޭގައި ޝޮޕިންގ މޯލް އެއްގެ ތެރޭގައި އަނބިކަނބަލުންނާ އެކު ވަޑައިގެން އުޅުއްވަނި ކޮށް ނަގާފައިވާ ފޮޓޯ ތަކެއް ބުދަ ދުވަހު ސޯޝަލް މީޑިއާގައި ވަނީ އާންމުވެފައެވެ.

ރައީސް ޑރ މުއިއްޒު ޝޮޕިންގ މޯލް އެއްގެ ތެރޭގައި އަނބިކަނބަލުންނާ އެކު - އެކްސް

އެ ފޮޓޯ ތަކުގައި ފެންނަ އެސްޕީޖީ އިން ގެ އަތުގައި ގިނަ ޝޮޕިންގ ބޭގް ހުރިކަން އެ ފޮޓޯތަކަށް ކޮމެންޓް ކުރި ބައެއް މީހުން ވަނީ ފާހަގަ ކޮށްފައިވެއެވެ.

Advertisement

Advertisement
- ކޮމެންޓް