Advertisement
ކ. މާލެ
|
28 އޯގަސްޓް 2024 | ބުދަ 14:25
ކޮމިޝަނަރ އޮފް ޕޮލިސް އަދި ރައީސް މުއިއްޒު، ގާނޫނީ ސަރުކާރެއް ވައްޓާލަން އުޅުނު މައްސަލައެއްކަމަށް ބުނެ ފުލުހުން ދަނީ މައްސަލައެއް ތަހުގީގުކުރަމުން
ކޮމިޝަނަރ އޮފް ޕޮލިސް އަދި ރައީސް މުއިއްޒު، ގާނޫނީ ސަރުކާރެއް ވައްޓާލަން އުޅުނު މައްސަލައެއްކަމަށް ބުނެ ފުލުހުން ދަނީ މައްސަލައެއް ތަހުގީގުކުރަމުން
ރައީސް އޮފީސް
ބަޣާވާތުގެ ތުހުމަތު
ބަޣާވާތަކުން ސަރުކާރު ވައްޓާލަން އުޅުނުކަމުގެ ހަރުދަނާ ހެކި ހުރިކަމަށް ފުލުހުންނަށް އަދިވެސް ނުބުނެވުނު
ތަހުގީގުގައި، ހޯދަންޖެހޭ އެންމެހައި މަޢުލޫމާތު އެއްކުރުމާއި، ބަލަންޖެހޭ އެންމެހައި ކަންކަން ތަފްސީލުކޮށް ދިރާސާކުރާ ކަމަށް ބުނޭ
ބަޔާނުގައި ބުނަނީ އާންމު ހަމަ ޖެހުން ނަގާލުމަށް ގޮވާލައި، ގައުމުގެ މަސްލަހަތު ނަގާލުމަށް ހިތްވަރުދީ ހަދާފައިވާކަމަށް
ސޯޝަލް މީޑިއާ ގައި އެތައް ސަތޭކަ ބޮޓް އެކައުންޓް ބޭނުން ކޮށްގެން ސަރުކާރު ވައްޓާލަން މަގުމައްޗަށް މަގުތަކަށް ނުކުތުމަށް ހިތްވަރު ދިން ކަމަށް ބަޔާނުގައި ބުނޭ

ރުފިޔާ ކާޑަށް ޑޮލަރު ނުލިބޭ ގޮތައް ބޭންކް އޮފް މޯލްޑިވްސް އިން ނިންމި ނިންމުމާ ގުޅިގެން ސަރުކާރު ވައްޓާލަން އުޅުނު ކަމަށް ބަލާ ހިންގާ ތަހުގީގާއި ގުޅިގެން ކުރާކަންކަން ފުލުހުން ހާމަކޮށްފިއެވެ.

ބޮޓް އެކައުންޓް ބޭނުން ކޮށްގެން ސަރުކާރު ވައްޓާލަން މަގުމައްޗަށް މަގުތަކަށް ނުކުތުމަށް ހިތްވަރު ދީފައިވާ ކަމަށް ބުނެ އެއީ ޣައިރު ގާނޫނީ ގޮތުން ސަރުކާރު ބަދަލުކުރަން އުޅޭ މައްސަލައެއްކަމަށް ބުނެ ދެއްކި ވާހަކައާއި ގުޅިގެން މިހާތަށް ފުލުހުން މާބޮޑު ތަފްސީލެއް ހާމައެއް ނުކުރެއެވެ. އަދި ހަރުދަނާ ހެކި ގަރީނާއެއްވެސް ހުރިކަމަށް ފުލުހުން ބުނެފައި ނުވެއެވެ.

Advertisement

މިކަމާއި ގުޅިގެން ފުލުހުން ބުދަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ދިވެހި ފުލުހުންގެ ޚިދުމަތުގެ ފާހަގަކޮށްފައިވާ ކަންކަމާ ގުޅިގެން ކުރިއަށް ގެންދާ ތަހުގީގުގައި، ހޯދަންޖެހޭ އެންމެހައި މަޢުލޫމާތު އެއްކުރުމާއި، ބަލަންޖެހޭ އެންމެހައި ކަންކަން ތަފްސީލުކޮށް ދިރާސާކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. މީގެ އިތުރުން، ފިޔަވަޅު އަޅަންޖެހޭ ފަރާތެއްވާނަމަ އެކަން ދެނެގަތުމާއެކު، ތަޙްޤީޤު މަރުޙަލާގައި ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ވެސް ދަނީ ކުރަމުންނެވެ.

ހޯމަ ދުވަހުގެ ރޭ ރައީސް ޑރ. މުހައްމަދު މުއިއްޒު ޕީއެންސީގެ ހަރުގެ ޖަލްސާގައި ބައިވެރިވެވަޑައިގެން ބަޣާވާތަކުން އެމަނިކުފާނުގެ ވެރިކަން ނިންމަން އުޅުނުކަމަށް ވިދާޅުވީ ދަނޑިވަޅާއި ދިމާކޮށް ފުލުހުން ނެރުނު ބަޔާނުގައި ބުނެފައިވަނީ ސަރުކާރުގެ މައި ހިއްސާ އޮންނަ ބޭންކަކުން ސަރުކާރުގެ މަޝްވަރާއާ ހިލާފަށް ދިވެހި ގިނަ ރައްޔިތުންނަށް ކުއްލި ސިހުމެއް ލިބޭފަދަ ނިންމުމެއް ނިންމި ވަގުތާ ދިމާކޮށް ސިޔާސީ ފަރާތްތަކުން ސަރުކާރުގެ މާލީ ހާލަތާ ބެހޭގޮތުން ނޫސްވެރިންގެ ބައްދަލުވުން ބާއްވައި، ހަމައެވަގުތު ސޯޝަލް މީޑިއާ އެތައް ސަތޭކަ ބޮޓް އެކައުންޓް ބޭނުންކޮށް ސަރުކާރު ވައްޓާލަން މަގުތަކަށް ނުކުތުމަށާއި އާންމު ހަމަޖެހުން ނަގާލުމަށް ގޮވާލާފައިވާ ކަމަށެވެ.

އަދި ގައުމުގެ މަސްލަހަތު ނަގާލުމަށް ހިތްވަރުދީ ހަދާފައިވާތީ، މިކަމަކީ ގާނޫނީ ސަރުކާރެއް ޣައިރު ގާނޫނީކޮށް ބަދަލުކޮށްލުމަށް ކުރެވިގެން ދިޔަ ކަމެއްކަމަށް ބެލުމުގެ ޖާގަ އޮތުމުން މި މައްސަލަ ދިވެހި ފުލުހުންގެ ހިދުމަތުގެ ފަރާތުން ވަނީ ތަހުގީގުކުރަން ފަށާފައިވާ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ރާއްޖެ އެމްވީ
- ކޮމެންޓް