ކ. މާލެ
|
27 އޯގަސްޓް 2024 | އަންގާރަ 13:34
އަލް ނަސްރުން ކުޅުނު މެޗުގައި ލަނޑު ޖެހުމަށްފަހު ރޮނާލްޑޯ އުފާ ފާޅު ކުރަނީ
އަލް ނަސްރުން ކުޅުނު މެޗުގައި ލަނޑު ޖެހުމަށްފަހު ރޮނާލްޑޯ އުފާ ފާޅު ކުރަނީ
ރޮއިޓާސް
އަލް ނަޞްރު
ރޮނާލްޑޯ ރިޓަޔާވުން ގާތީ އަލް ނަޞްރުގައި
އުމުރުން މިހާރު 39 އަހަރުވެފައިވާ ރޮނާލްޑޯ އަލް ނަޞްރަށް ބަދަލުވީ 2023 ވަނަ އަހަރު އެވެ.

ފުޓުބޯޅަ ކެރިއަރު ނިންމާލުން ގާތީ އަލް ނަޞްރުގައި ކަމަށް އެ ޓީމަށް ކުޅެމުން އަންނަ ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ބުނެފި އެވެ.

އުމުރުން މިހާރު 39 އަހަރުވެފައިވާ ރޮނާލްޑޯ އަލް ނަޞްރަށް ބަދަލުވީ 2023 ވަނަ އަހަރު އެވެ. އެ ކުލަބާ އެކު އޭނާ ސޮއި ކޮށްފައިވާ ދެ އަހަރާ ބައިގެ އެއްބަސްވުން ހަމަވާނީ 2025 ވަނަ އަހަރު އެވެ. އެއްބަސްވުމުގައި ބާކީ އަހަރެއް އޮތްއިރު، އަލް ނަޞްރުން އަންނަނީ އޭނާގެ އެއްބަސްވުން އައު ކުރުމުގެ މަސައްކަތް ކުރަމުން ކަމަށް ވެސް މީޑިއާ ރިޕޯޓުތައް ބުނެ އެވެ.

އެކަމާ ގުޅިގެން ދާދި ފަހުން ވާހަކަ ދައްކަމުން ރޮނާލްޑޯ ބުނީ، އަވަސް މުސްތަޤުބަލެއްގައި ރިޓަޔާވުމާ ގުޅޭ ގޮތުން ވަކި އެއްޗެއް ބުނަން ނޭނގޭ ކަމަށެވެ. އެހެން ނަމަވެސް، އޭނާ ރިޓަޔާވުން ގާތީ އަލް ނަޞްރުގައި ކަމަށް ވެސް ރޮނާލްޑޯ ވަނީ ބުނެފަ އެވެ. އަލް ނަޞްރުގައި އޭނާ ހުރީ ހިތްހަމަ ޖެހިގެން އުފަލުންކަން ފާހަގަކޮށް ރޮނާލްޑޯ ބުނީ، ސައުދީ އަރަބިޔާގައި ވެސް އޭނާ ހުރީ އުފަލުން ކަމަށެވެ. މީގެ އިތުރުން ރޮނާލްޑޯ ބުނީ، ސައުދީގައި އޭނާގެ ކެރިއަރުގެ ކުރިއަށް އޮތް ދުވަސްތައް ވެސް ސައުދީގައި ހޭދަކުރަން ބޭނުންވާ ކަމަށެވެ.

އަލް ނަޞްރާ އެކު މިހާތަނަށް ހޭދަކޮށްފައިވާ މުއްދަތުގައި ރޮނާލްޑޯ ވަނީ އެ ކުލަބަށް ކުޅެދިން 73 މެޗުގައި 67 ލަނޑު ޖަހައިފަ އެވެ. އެ ކުލަބާ އެކު ރޮނާލްޑޯ ވަނީ އަރަބު ކުލަބު ޗެމްޕިއަންސް ކަޕް ކާމިޔާބު ކޮށްފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް