ކ. މާލެ
|
26 އޯގަސްޓް 2024 | ހޯމަ 13:56
ޕައުލޯ ދީބާލާ
ޕައުލޯ ދީބާލާ
ގޫގުލް
ޕައުލޯ ދީބާލާ
75 މިލިއަން ޔޫރޯ އަށްވުރެ އިސްކަންދިނީ އަންހެނުންނާއި ދަރިންނަށް: ދީބާލާ
2022 ވަަނަ އަހަރުގެ ވޯލްޑްކަޕް ކާމިޔާބުކުރި އާޖެންޓީނާ ޓީމުގައި ހިމެނުނު ނަމަވެސް ދީބާލާ އަށް ވަނީ މި އަހަރުގެ ކޮޕާ އެމެރިކާ ކާމިޔާބުކުރި ގައުމީ ޓީމުން ޖާގަ ގެއްލިފަ އެވެ.

ބޮޑު މުސާރައަށް ސައޫދީ އަރަބިއާގެ ލީގަށް ބަދަލުވުމަށް ވުރެ ބޮޑަށް އިސްކަންދިނީ އަންހެނުންނާއި ދަރިންނާއި ގައުމީ ޓީމުގެ މުސްތަގަބަލަށް ކަމަށް އާޖެންޓީނާގެ ފޯވަޑް ޕައުލޯ ދީބާލާ ބުނެފި އެވެ.

އުމުރުން 30 އަހަރުގެ ފޯވަޑް ވަނީ ރޯމާއާއެކު އައު ކޮންޓްރެކްޓްގައި ސޮއިކުރަން އެއްބަސްވެފަ އެވެ. އޭނާ ބޭނުންވާނަމަ ދޫކޮށްލަން ރޯމާއިން ތައްޔާރަށް ތިބި ނަމަވެސް އިޓަލީގައި ކުޅެން ދީބާލާ ވަނީ ނިންމާފަ އެވެ. އެއީ ސައޫދީ އަރަބިއާގެ އަލް ގަދްސިއާއިން އޭނާ ގަތުމަށް ރޯމާ އަށް އެކަށީގެންވާ އަދަދެއް ދިނުމުގެ އިތުރުން މުސާރައިގެ ގޮތުގައި އަހަރަކު 75 މިލިއަން ޔޫރޯ ދޭން ހުށަހަޅާފައިވަނިކޮށެވެ.

"އަހަރެން އެ ހުށަހަޅުން ދޫކޮށްލީ އަންހެނުންނާއި ދަރިންނަށް ވިސްނާފައި. އަހަރެން ލޯބިކުރީ މިތަނުގައި (އިޓަލީގައި) އުޅެން. އަހަރެން އިސްކަން ދިނީ ގައުމީ ޓީމުގެ މުސްތަގްބަލަށް. މީހުން ބުނެފާނެ ފައިސާނެ ލިބޭނެނޫންހޭ ދިޔައިމަ. އެކަމަކު އަހަރެންނަށް ފައިސާއަށްވުރެ މުހިންމު ކަންކަން އެބަހުރި،"
ދީބާލާ ބުންޏެވެ.

2022 ވަަނަ އަހަރުގެ ވޯލްޑްކަޕް ކާމިޔާބުކުރި އާޖެންޓީނާ ޓީމުގައި ހިމެނުނު ނަމަވެސް ދީބާލާ އަށް ވަނީ މި އަހަރުގެ ކޮޕާ އެމެރިކާ ކާމިޔާބުކުރި ގައުމީ ޓީމުން ޖާގަ ގެއްލިފަ އެވެ. ކުރިން އިޓަލީގެ ޔުވެންޓަސް އަށް ވެސް ކުޅުނު ކުޅުންތެރިޔާ ބުނީ އަލުން ގައުމީ ޓީމުން ޖާގަ ހޯދުމަށް މި ސީޒަނުގައި ރޯމާގައި މޮޅަށް ކުޅެން އޭނާ މަސައްކަތް ކުރާނެ ކަމަށެވެ.

ސައޫދީ ލީގަށް ބޮޑު މުސާރައަށް ގިނަ ކުޅުންތެރިން ދަނީ ބަދަލުވަމުންނެވެ. އަދި ބައެއް ކުޅުންތެރިންނަށް އެ މާހައުލު ކަމުނުގޮސްގެން އެނބުރި ޔޫރަޕަށް އައުމަށް ވެސް ދަނީ މަޖުބޫރުވަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް