ކ. މާލެ
|
22 މެއި 2024 | ބުދަ 07:11
އާޖެންޓީނާ އިން ކުރިއަށް ގެންދިޔަ ފަރިތަކުރުމެއްގައި މެސީ އަދި ޑިބާލާ
އާޖެންޓީނާ އިން ކުރިއަށް ގެންދިޔަ ފަރިތަކުރުމެއްގައި މެސީ އަދި ޑިބާލާ
ރޮއިޓާސް
އާޖެންޓީނާ ޤައުމީ ޓީމު
މެސީ އާއެކު އާޖެންޓީނާގެ ސްކޮޑު އިއުލާންކޮށްފި، ޑިބާލާ އަށް ފުރުސަތެއް ނެތް!
 
ކޮޕާ އެމެރިކާ ފުޓުބޯޅަ މުބާރާތަށް 26 ކުޅުންތެރިންގެ ސްކޮޑެއް ނަގަން ޖެހޭއިރު، މި ސްކޮޑުން ތިން ކުޅުންތެރިން އުނި ކުރާނެ

ކެޕްޓަން ލިއޮަނަލް މެސީ ހިމަނައިގެން އާޖެންޓީނާ ޤައުމީ ފުޓުބޯޅަ ޓީމުގެ ސްކޮޑު އިއުލާންކޮށްފި އެވެ.

ލިއޮނަލް ސްކަލޯނީ ވަނީ 29 ކުޅުންތެރިންގެ މައްޗަށް އެކުލެވޭ ސްކޮޑެއް ނަގައިފަ އެވެ. މިއީ އާޖެންޓީނާ އިން ކުޅުމަށް ހަމަޖެހިފައިވާ ބައިނަލްއަޤުވާމީ ރަޙުމަތްތެރިކަމުގެ ދެ މެޗަށް އެކުލަވާލި ސްކޮޑެކެވެ. އަދި އަންނަ ޖޫން މަހުގެ 21 ވަނަ ދުވަހު ފަށާ ކޮޕާ އެމެރިކާ ފުޓުބޯޅަ މުބާރާތަށް 26 ކުޅުންތެރިންގެ ސްކޮޑެއް ނަގަން ޖެހޭއިރު، މި ސްކޮޑުން ތިން ކުޅުންތެރިން އުނި ކުރާނެ އެވެ.

އާޖެންޓީނާގެ ސްކޮޑުގައި މުހިންމު ގިނަ ކުޅުންތެރިން ހިމަނާފައިވާއިރު، އެންމެ ފަހުން ފީފާ ވޯލްޑް ކަޕް ފުޓުބޯޅަ މުބާރާތަށް އެކުލަވާލި ޓީމުގައި ހިމެނުން ޕައުލޮ ޑިބާލާ އަށް ފުރުސަތެއް ނެތެވެ. އޭނާ އަށް ޓީމުން ފުރުސަތު ނުލިބުނީ އަނިޔާގެ ސަބަބުންނެވެ. އަނިޔާގެ ސަބަބުން، އެންމެ ފަހުން އާޖެންޓީނާ އިން ކުޅުނު ރަޙުމަތްތެރިކަމުގެ މެޗުތަކުގައި ވެސް ޑިބާލާ ނުކުޅެ އެވެ.

އާޖެންޓީނާ އިން އެކުލަވާލި 29 ކުޅުންތެރިން ސްކޮޑު:

ގޯލު ކީޕަރުން:

ފެރެންކޯ އަރްމާނީ، ޖެރޮނިމޯ ރުލީ، އެމިލިއާނޯ މާޓިނޭޒް

ޑިފެންޑަރުން:

ގޮންޒާލޯ މޮންޓިއެލް، ނަހުއެލް މޮލީނާ، ލިއޮނާޑޯ ބަލާޑީ، ކްރިސްޓިއަން ރޮމެރޯ، ޖާމަން ޕަޒެއްލާ، ލޫކަސް މާޓިނޭޒް، ނިކޮލަސް އޮޓަމެންޑީ، ލިސާންދްރޯ މާޓިނޭޒް، މާކޮސް އަކުނާ، ނިކޮލަސް ޓަލިއަފީކޯ، ވަލެންޓިން ބާކޯ

މިޑްފީލްޑަރުން:

ހުއިޑޯ ރޮޑްރިގޭޒް، ލިއާންޑްރޯ ޕަރޭޑަސް، އަލެކްސިސް މެކް އަލިސްޓާ، ރޮޑްރީގޯ ޑި ޕޯލް، އެކްސެކިއުއެލް ޕަލަސިއޯސް، އެންޒޯ ފެނާންޑޭސް، ޖިއޮވާނީ ލޮ ސެލްސޯ، އެންހެލް ޑި މާރިއާ، ވަލެންޓިން ކާބޮނީ

ފޯވާޑުން:

ލިއޮނަލް މެސީ (ކެޕްޓަން)، އެންހެލް ކޮރެއާ، އަލެހާންޑްރޯ ގާނާޗޯ، ނިކޮލަސް ގޮންޒާލެސް، ލައުޓާރޯ މާޓިނޭޒް، ހޫލިއަން އަލްވަރޭޒް

މީގެ ތެރެއިން ލޮ ސެލްސޯ އަކީ އަނިޔާގެ ސަބަބުން ފީފާ ވޯލްޑް ކަޕްގައި ނުކުޅެވުނު ކުޅުންތެރިޔެކެވެ. ވޯލްޑް ކަޕްގެ ފަހުން އާޖެންޓީނާ އިން ކުޅުނު ރަޙުމަތްތެރިކަމުގެ މެޗުތަކުގައި އޭނާ ވަނީ ކުޅެފަ އެވެ.

އާޖެންޓީނާ އަކީ ކޮޕާ އެމެރިކާ މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަނުންނެވެ. 2021 ވަނަ އަހަރު އާޖެންޓީނާ އިން ކޮޕާ އެމެރިކާ ކާމިޔާބު ކުރީ ފައިނަލްގައި ބްރެޒިލް ބަލި ކުރުމަށްފަހު އެވެ. އޭގެ ފަހުން އާޖެންޓީނާ އިން ވަނީ ބައްރުތަކުގެ ޗެމްޕިއަނުންގެ މެދުގައި ކުޅޭ ފައިނަލިސިމާ ކާމިޔާބު ކޮށްފަ އެވެ.

އެ މެޗު އާޖެންޓީނާ އިން ކާމިޔާބު ކުރީ ޔޫރޯ ފުޓުބޯޅަ މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން އިޓަލީ ބަލި ކުރުމަށްފަހު އެވެ. އެއަށްފަހު، 2022 ވަނަ އަހަރު ޤަތަރުގައި އޮތް ފީފާ ވޯލްޑް ކަޕާ ކުރިމަތިލައި، އާޖެންޓީނާ އިން ވަނީ 36 އަހަރު ފަހުން ވޯލްޑް ކަޕް ވެސް ކާމިޔާބު ކޮށްފަ އެވެ.

ވޯލްޑް ކަޕަށްފަހު ފީފާ އިން އާންމު ކުރި ރޭންކިންގެ އެއް ވަނައިގައި އޮތް ޤައުމަކީ ވެސް އާޖެންޓީނާ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް