ކ. މާލެ
|
26 އޯގަސްޓް 2024 | ހޯމަ 12:10
މެޗުގައި ލަނޑު ޖެހުމަށްފަހު ގްރީޒްމަން އުފާ ފާޅު ކުރަނީ
މެޗުގައި ލަނޑު ޖެހުމަށްފަހު ގްރީޒްމަން އުފާ ފާޅު ކުރަނީ
ގޯލް.ކޮމް
ސްޕެނިޝް ލީގު
ދެ ވަނަ މެޗުގައި އެތުލެޓިކޯ އިން ޖިރޯނާގެ މައްޗަށް ކުރި ހޯދައިފި
މިއީ އައު ސީޒަންގެ ސްޕެނިޝް ލީގުގައި އެތުލެޓިކޯ އިން ހޯދި ފުރަތަމަ މޮޅެވެ.

ސްޕެނިޝް ލީގުގައި އެތުލެޓިކޯ މެޑްރިޑުން ކުޅުނު ދެ ވަނަ މެޗުގައި ޖިރޯނާގެ މައްޗަށް ކުރި ހޯދައިފި އެވެ.

އާދިއްތަ ދުވަހުގެ ރޭ އެތުލެޓިކީގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗު އެ ޓީމުން ކާމިޔާބު ކުރީ 3-0 އިންނެވެ. މިއީ އައު ސީޒަންގެ ސްޕެނިޝް ލީގުގައި އެތުލެޓިކޯ އިން ހޯދި ފުރަތަމަ މޮޅެވެ. އެ ޓީމުގެ ފުރަތަމަ މެޗުގައި ވަނީ އެއްވަރުވެފަ އެވެ.

މެޗުގެ ފުރަތަމަ ހާފުގެ 39 ވަނަ މިނެޓުގައި އެތުލެޓިކޯ އަށް ލީޑު ނަގައިދިނީ ފްރާންސްގެ އެންޓޮއިން ގްރީޒްމަން އެވެ. ދެ ވަނަ ހާފު ފަށައިގެން ތިން ވަނަ މިނެޓުގައި އެ ޓީމުގެ ލީޑު ފުޅާ ކޮށްދިނީ މާކޮސް ލޮރެންޓޭ އެވެ. އޭނާ އެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދިނީ ގްރީޒްމަން އެވެ. މެޗުގައި އެ ޓީމުގެ ފަހު ލަނޑު، ފުރިހަމަ ވަގުތު ހަމަވެ އިތުރަށް ދެއްކި ވަގުތުގައި ކޯކޭ ޖެހީ ލޮރެންޓޭ ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ.

ލީގުގައި އެތުލެޓިކޯގެ ދެ ވަނަ މެޗުގައި އެ ޓީމު ނިކުންނާނީ އަމިއްލަ ދަނޑުގައި އެސްޕަންޔޯލާ ދެކޮޅަށެވެ.

- ކޮމެންޓް