ކ. މާލެ
|
26 އޯގަސްޓް 2024 | ހޯމަ 00:21
ހިޒްބުالله އިން ބުނީ އީރާނަށް ތާއީދުކުރާ ޖަމާއަތުގެ އަސްކަރީ އެންމެ އިސް ކޮމާންޑަރެއް ކަމަށްވާ ފުއާދު ޝުކްރު އަވަހާރަކޮށްލުމާ ގުޅިގެން އިޒްރޭލާ ދެކޮޅަށް ބަދަލު ހިފުމުގެ މަސައްކަތް ފަށާފައިވާ ކަމަށް
ހިޒްބުالله އިން ބުނީ އީރާނަށް ތާއީދުކުރާ ޖަމާއަތުގެ އަސްކަރީ އެންމެ އިސް ކޮމާންޑަރެއް ކަމަށްވާ ފުއާދު ޝުކްރު އަވަހާރަކޮށްލުމާ ގުޅިގެން އިޒްރޭލާ ދެކޮޅަށް ބަދަލު ހިފުމުގެ މަސައްކަތް ފަށާފައިވާ ކަމަށް
އަލްއަރަބިއްޔާ
ހިޒްބުﷲ - އިޒްރޭލު ހަމަލާތައް
ހިޒްބުﷲ އާއި އިޒްރޭލާ ދެމެދު ވަރުގަދަ ހަމަލާ ތަކެއް ބަދަލު ކޮށްފި
ދެ ފަރާތުގެ ދެމެދުގައި ބަދަލު ކުރެވުނު ހަމަލާތަކުގައި ލުބުނާނުން 3 މީހަކު މަރުވެފައިވާކަން ކަށަވަރުވެފައިވެއެވެ. އަދި އިޒްރޭލުން އެކަކު މަރުވެފައިވެއެވެ.

އާދީއްތަ ދުވަހުގެ ފަތިހު ހިޒްބުﷲ އިން އިޒްރޭލަށް އެތައް ސަތޭކަ ރޮކެޓާއި ޑްރޯން ހަމަލާ ދީފިއެވެ. އަނެއްކޮޅުން އިޒްރޭލުން ބުނީ ހިޒްބުﷲ އިން ދީފާނެ ބޮޑު ހަމަލާއެއް ހުއްޓުވުމަށް އިޒްރޭލުގެ ޖެޓް ތަކުން ލުބްނާން އަށް ހަމަލާދީފައިވާ ކަމަށެވެ.

ލުބްނާނަން ހަމަލާ ދިނުމުގައި 100 ޖެޓް ބައިވެރިވި ކަމަށް އިޒްރޭލުން ބުނެފައިވެއެވެ. މިއީ އިޒްރޭލު-ލުބްނާން ބޯޑަރުގައި ހިނގަމުންދާ 10 މަސްދުވަސް ވީ ކުރިމަތިލުން ތަކުގައި މިހާތަނަށް ދެފަރާތުން ދިން އެންމެ ވަރުގަދަ އެއް ހަމަލާތައް ކަމަށް ރިޕޯޓްތައް ބުނެއެވެ.

ހިޒްބުﷲ އިން އިޒްރޭލަށް ވަރުގަދަ ހަމަލާ އެއް ދޭން އުޅޭ ކަމުގެ އިންޓެލިޖެންސް މައުލޫމާތު އެމެރިކާ އަށް ލިބިފައިވާ ކަމަށް އެމެރިކާގެ އޮފިޝަލަކު އަލް-އަރަބިއްޔާ އަށް މައުލޫމާތު ދެމުން ބުނެފައިވެއެވެ.

ދެ ފަރާތުގެ ދެމެދުގައި ބަދަލު ކުރެވުނު ހަމަލާތަކުގައި ލުބުނާނުން 3 މީހަކު މަރުވެފައިވާކަން ކަށަވަރުވެފައިވެއެވެ. އަދި އިޒްރޭލުން އެކަކު މަރުވެފައިވެއެވެ. ހިޒްބުﷲ އިޝާރާތްކޮށްފައިވަނީ އިތުރު ހަމަލާތަކެއް ދޭން މިވަގުތަށް ނުވިސްނާކަމަށެވެ. އިޒްރޭލުގެ ޚާރިޖީ ވަޒީރު ވަޒީރު ވިދާޅުވީ އިޒްރޭލުން ބޮޑު ހަނގުރާމައަކަށް ދާން ބޭނުން ނުވާ ކަމަށެވެ.

އީރާނުން މަދަދުވެރިވާ ލުބުނާނުގެ ޖަމާޢަތުން ބުނެފައިވަނީ އިޒްރޭލަށް އަމާޒުކޮށް 320 ކަޓްޔޫޝާ ރޮކެޓް ހަމަލާދިން ކަމަށާ، އެ ހަމަލާތައް އިޒްރޭލުގެ 11 އަސްކަރީ އަމާޒަކަށް ވާސިލްވެފައިވާ ކަމަށެވެ. މިއީ ފާއިތުވި މަހު އިޒްރޭލުން އެ ޖަމާޢަތުގެ އިސް ކޮމާންޑަރެއް ކަމުގައިވާ ފުއާދު ޝުކްރު ޝަހީދު ކޮށްލުމުގެ ބަދަލު ހިފުމުގެ ފުރަތަމަ މަރުހަލާ ކަމަށް އެ ޖަމާޢަތުން ބުނެފައިވެއެވެ.

އިޒްރޭލުން ބުނެފައިވަނީ ހިޒްބުﷲ އިން ބޮޑު ހަމަލާއެއް ދިނުމަށް ތައްޔާރުވަމުންދާ ކަމުގެ މައުލޫމާތު ލިބުމާއެކު އެކަން ހުއްޓުވުމަށް ކުރިން ހަމަލާތަކެއް ދީފައިވާ ކަމަށެވެ. މިގޮތުން 100 އަސްކަރީ ޖެޓް ބޭނުންކޮށްގެން ދެކުނު ލުބުނާނުގައި ހުރި 40 އަށްވުރެ ގިނަ ރޮކެޓް ލޯންޗް ކުރާ ތަންތަނަށް ހަލާކުކޮށްލާފައިވާ ކަމަށް އިޒްރޭލުގެ އަސްކަރިއްޔާ އިން ބުނެފައިވެއެވެ.

އިޒްރޭލުން ބުނީ އުތުރު އިޒްރޭލަށާއި މެދުތެރޭ އިޒްރޭލަށް އަމާޒު ކޮށްފައި ހުރި އެތައް ހާސް މިސައިލެއް އިޒްރޭލުގެ ޖެޓްތަކުން ބޮން އަޅާ ހަލާކުކޮށްލި ކަމަށެވެ.

އިޒްރޭލުން ކުރީބައިގައި ހަމާލާދީ ހިޒްބުﷲ އިން ދޭން އުޅުނު ހަމަލާ ނާކާމިޔާބު ކޮށްލެވުނު ކަމަށް އިޒްރޭލުން ބުނާ ބުނުން ހިޒްބުﷲ އިން ވަނީ ދޮގުކޮށްފައެވެ. ހިޒްބުﷲ އިން ބުނީ އެމީހުންގެ ޕްލޭންގައިވާ ގޮތައް ޑްރޯން ހަމަލާތައް ދެވުނު ކަމުގައެވެ. އަދި ޝުކްރު ގެ މަރުގެ ބަދަލު ހިފުމަށް ދޭން ބޭނުންވާ ރައްދުގެ ބާކީ ބައި ދޭނީ ވަގުތުކޮޅަކަށް ފަހުގައި ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: މަރިޔަމް އުހާމަތު
- ކޮމެންޓް