Advertisement
ކ. މާލެ
|
25 އޯގަސްޓް 2024 | އާދީއްތަ 13:41
ކުރީގެ ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު
ކުރީގެ ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު
ރާއްޖެއެމްވީ
މާލީ ސިޔާސަތު
ރަށްތަކާއި ފަޅުތަކުގެ އަގު ވައްޓާލާ، ނު އަގުގައި ދަނީ ވިއްކަމުން - އަމީރު
ސަރުކާރަށް ލިބެން އޮތް 16 ބިލިއަން ރުފިޔާ އެބަ އޮތް ކަމަށް ސަރުކާރުން ބުނެފައިވާއިރު އެ ފައިސާ ހޯދުން އަވަސްކުރުމަށް އަމީރު ވަނީ ގޮވާލައްވާފަ
އަމީރު ވަނީ ސަރުކާރުން ދައުލަތަށް ލިބެން ޖެހޭ ފައިސާ ހޯދުމާއި ދަރަނި ދެއްކުމުގައި ސަރުކާރަށް ރަނގަޅު ސިޔާސަތެއް ނުގެންގުޅެވޭ ކަމަށް ވިދާޅުވެފަ

ރާއްޖޭގެ ރަށްތަކާއި ފަޅުތަކުގެ އަގު މި ސަރުކާރުން ވައްޓާލާފައިވާ ކަމަށާއި ނު އަގުގައި ރަށްތަކާއި ފަޅުތައް ވިއްކަމުންދާ ކަމަށް ކުރީގެ މާލީ ވަޒީރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

އޭނާ އެފަދައިން ވިދާޅުވީ އާދިއްތަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ. އަތޮޅުގެ ރަށެއް ކަމަށް ވާ ބޮޑު ފިނޮޅު ވިއްކާލުމުގެ މަރުހަލާ އާއި މެދު އަމީރު ކަންބޮޑުވުން ފާޅުކުރެއްވިއެވެ. ނިމިދިޔަ ސަރުކާރުން އެކުލަވާލާފައިވާ ރޭޓްތަކަށް ބަލާ ނަމަ ބޭސްރޭޓްގެ ގޮތުގައި 1.5 މިލިއަން ޑޮލަރު އެ ރަށަށް ލިބޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން ހެކްޓަރަކަށް 1 ލައްކަ ފަންސާސް ހާސް ޑޮލަރު ލިބޭނެ ކަމަށާއި އެ ރަށަކީ 24 ހެކްޓަރުގެ ރަށެއް ކަމަށް އަމީރު ވިދާޅުވިއެވެ. އެހެންކަމުން 1.5 މިލިއަން ޑޮލަރުގެ އިތުރުން 3.6 މިލިއަން ޑޮލަރު އެ ރަށުން ލިބޭނެ ކަމަށާއި އެންމެ ދަށްކޮށް ވެސް 5.1 މިލިއަން ޑޮލަރު ލިބޭނެ ކަމަށެވެ. ނަމަވެސް މީޑިއާ އިން އެނގުނު ގޮތުގައި ސަރުކާރުން އެ ރަށް ވިއްކާލީ ހަތް ލައްކަ ނަވާވީސް ހާސް ޑޮލަރަށް ކަމަށް އަމީރު ވިދާޅުވިއެވެ.

Advertisement

އިޤްތިސާދީ ކަންކަމާއި ގުޅޭގޮތުން އިތުރަށް ވާހަކަދައްކަވަމުން އަމީރު ވަނީ ސަރުކާރުން ދައުލަތަށް ލިބެން ޖެހޭ ފައިސާ ހޯދުމާއި ދަރަނި ދެއްކުމުގައި ސަރުކާރަށް ރަނގަޅު ސިޔާސަތެއް ނުގެންގުޅެވޭ ކަމަށް ވިދާޅުވެފައެވެ. މިހާރު އާމްދަނީގެ ސިޔާސަތުތައް ތަންފީޒުކުރުމުގެ ކުރިން ޚަރަދު ކުޑަކުރަން ޖެހޭ ކަމަށް އަމީރު ވިދާޅުވިއެވެ.

ދަރަނި އަދާކުރުކުރުމުގެ ޚަރަދު އެބަ އިތުރުވޭ. އިންޑިއާ އަށް ދައްކަން އޮތް ފައިސާ އަކީ ނުދައްކާ ވާން އޮތް ފައިސާ. އެ ފައިސާ ދެއްކީ ސަރުކާރުގެ އީގޯ އާއި ހެދި. ފިނޭންސް މިނިސްޓަރ އެބަ އޮތް ވިދާޅުވެފަ ދަރަނި ދެއްކޭނެކަން ދައްކަންށޭ އެކަން ކުރީ. ބަޖެޓް ބޮޑުކުރުމުން އިތުރުވާ ބަޔަށް ފައިނޭންސް ކުރުމަށް ނަގާ ދަރަނި އެބަ އާދޭ. އިތުރުވި 7 ބިލިއަން ހޯދަން އެބަޖެހޭ. އިންވެސްޓަރުންގެ އިތުބާރު މިދަނީ ގެއްލަމުން. މީޑިއަމް ޓަރމް ރެވެނިއު އަކީ ކުރިއަށްއޮތް 5 އަހަރު ގެންނާނެ ބަދަލުތައް އިއުލާންކުރުމަށް ކުރަމުން އައި ކަމެއް. ދުރާލާ މަސައްކަތް ކުރަން ދަތިތައް އެބަ ހުރި.
ކުރީގެ މާލީ ވަޒީރު އިބްރާހިމް އަމީރު

ސަރުކާރަށް ލިބެން އޮތް 16 މިލިއަން ރުފިޔާ އެބަ އޮތް ކަމަށް ސަރުކާރުން ބުނެފައިވާއިރު އެ ފައިސާ ހޯދުން އަވަސްކުރުމަށް އަމީރު ވަނީ ގޮވާލައްވާފައެވެ. އަމީރު ވަނީ އިޤްތިޞާދީ ދައިރާއިން ފާހަގަކޮށްލެވޭ އެހެންކަމަށް ވެސް ފާޑު ވިދާޅުވެފައެވެ. އެ 16 ބިލިއަން ރުފިޔާގެ ތަފްސީލަށް ވެސް ބަލާލަން ޖެހޭ ކަމަށާއި އެ ފައިސާ އަށް އެކަނި މާލީ ސިޔާސަތު ބަރޯސާ ވެގެން ނުވާނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. އާމްދަނީ ރަނގަޅުވަމުންދާ އިރު ރިޒަރވް ދަށްވަނީ ސަރުކާރުން އެކަން ރަނގަޅަށް މެނޭޖް ނުކުރާތީ ކަމަށް އަމީރު ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް