Advertisement
ކ. މާލެ
|
23 އޯގަސްޓް 2024 | ހުކުރު 08:44
އެމްޑީޕީގެ ހަރުގެ ޖަލްސާގެ ތެރެއިން
އެމްޑީޕީގެ ހަރުގެ ޖަލްސާގެ ތެރެއިން
ރާއްޖެއެމްވީ
ޕީޖީ ޝަމީމް މަޤާމުން ވަކިކުރުން
މި ސަރުކާރުން މިނިވަން މުއައްސަސާތަކުގެ ވެރިންގެ ބޮލުގައި ތުހުމަތު އަޅުވާ، މަޤާމުން ވަކިކުރާ މަންޒަރު އަދި ފެންނާނެ - ނާޒިލް
މަޖިލީހުގެ އަމަލުތައް ހުރިގޮތުން މިނިވަން މުއައްސަސާތަކުގެ ވެރިންނަށް ބިރު އޮތް ކަމަށް އޭނާ ވިދާޅުވި
މިއަދު މަޖިލީސް ހިނގަމުން ދަނީ ރަނގަޅަށް ނޫންކަމަށް ފާހަގަކުރައްވާ ނާޒިލް ވަނީ އެކަމަށް ފާޑު ވިދާޅުވެފަ

ކުރިއަށް އޮތްތަނުގައި މިނިވަން މުއައްސަސާތަކުގެ ވެރިންގެ ބޮލުގައި ސަރުކާރުން އެތައް އިލްޒާމެއް އަޅުވާ މަންޒަރު ފެންނާނެ ކަމަށާއި އެ ބޭފުޅުން މަޤާމުން ވަކިކުރާ މަންޒަރު ދާދި އަވަހަށް ފެންނާނެ ކަމަށް ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ނާޒިލް ވިދާޅުވެއްޖެއެވެ.

ނާޒިލް އެފަދައިން ވިދާޅުވީ ބުރާސްފަތި ދުވަހުގެ ރޭގެ ހަރުގެ ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.

ބުރާސްފަތި ދުވަހުގެ ރޭ ޖަލްސާ އެއް ބާއްވާ ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް މަޤާމުން ވަކިކުރުމަށް ނިންމާފައި ވަނީ މިހާރު މަޖިލީހުގައި އޮތް ޕީއެންސީގެ ބޮޑު މެޖޯރިޓީ ބޭނުންކޮށްގެން ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. ނާޒިލް ވަނީ ޕީޖީ ވަކިކުރުމުގެ މަރުހަލާ މަޖިލީހުގައި ކުރިއަށް ގެންދިޔަ ގޮތަށް ފާޑު ވިދާޅުވެފައެވެ. އެ މައްސަލަ ޖުޑީޝަރީ ކޮމިޓީ އަށް ލިބުނު އިރު އެ މައްސަލައިގައި 8 ނުކުތާ އެއް ހިމެނޭ ކަމަށް ނާޒިލް ވިދާޅުވިއެވެ. އެ މައްސަލަ އަށް ޖަވާބު ދިނުމަށް ބުރާސްފަތި ދުވަހު ޝަމީމް ކޮމިޓީ އަށް ވަޑައިގަތުމުން އެ ކޮމިޓީ ސިއްރުކޮށްފައިވާކަމަށް އޭނާ ވިދާޅުވިއެވެ. އެއާއި އެކު ކޮމިޓީ ސިއްރު ކުރި ސަބަބު ސާފުކުރަން އެމްޑީޕީން ބޭނުންވި ކަމަށާއި އެއަށް ޖަވާބެއް ނުލިބޭ ކަމަށް ނާޒިލް ވިދާޅުވިއެވެ. އެހެންނަމަވެސް މަޖިލީހުގެ ކޮމިޓީ އެއް ސިއްރުން ކުރިއަށް ގެންދެވެނީ ވަކި އުސޫލްތަކެއްގެ ދަށުން ކަަމަށް އޭނާ ވިދާޅުވިއެވެ. އަދި ކޮމިޓީ ސިއްރުކުރަން ޖެހޭ ސަބަބެއް ނެތި އެކަން ކުރެއްވުމަށް ފަހު މަޖިލީހަށް ހުށަހެޅުއްވި ކޮމިޓީ ރިޕޯޓްގައި ވެސް އެ ކޮމިޓީ ސިއްރުވި ސަބަބު ނެތް ކަމަށް ވިދާޅުވިއެވެ. ޕީޖީ ޖަވާބުދާރީ މަރުހަލާ ދެ ފުށް ފެންނަ ގޮތަށް ކުރިއަށް ގެންދަން ޝަމީމް އެދިވަޑައިގަން ނަމަވެސް އެކަން ކޮށްދީފައި ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

Advertisement

މަޖިލީހުގެ އަމަލުތައް ހުރިގޮތުން މިނިވަން މުއައްސަސާތަކުގެ ވެރިންނަށް ބިރު އޮތް ކަމަށް އޭނާ ވިދާޅުވިއެެވެ. މީގެ އިތުރުން މިއަދު މަޖިލީސް ހިނގަމުން ދަނީ ރަނގަޅަށް ނޫންކަމަށް ފާހަގަކުރައްވާ ނާޒިލް ވަނީ އެކަމަށް ފާޑު ވިދާޅުވެފައެވެ. ނާޒިލް ވަނީ މިއީ ފެށުމެއް ކަމަށާއި ކުރިއަށް އޮތްތަނުގައި އެފަދަ އެތައް މަންޒަރެއް ފެންނާނެ ކަމަށް ވިދާޅުވެފައެވެ.

އަވަސް އަރުވާލައިގެން ޕީޖީ މަޤާމުން ވަކިކުރުމުގެ މައްސަލަ ކުރިއަށް ގެންދަން ޖެހުނު ސަަބަބާއި މެދު އޭނާ ސުވާލު އުފެއްދެވިއެވެ. އަދި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ހުސައިން ޝަމީމް މަގާމުން އިސްތިއުފާ ދެއްވައިފައި ވަނިކޮށް އޭނާ މަޤާމުން ވަކިކުރުމުގެ މައްސަލާގައި މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން އެކުލަވާލި ރިޕޯޓްގެ ބަހުސް މަރުހަލާ ނިންމާލާ ކޮމިޓީ ރިޕޯޓަށް ވޯޓަށް އަހާ އޭނާ މަގާމުން ވަކިކޮށްފައިވަނީ ރަނގަޅަށް ނޫން ކަމަށް ނާޒިލް ވިދާޅުވިއެވެ. ބުރާސްފަތި ދުވަހުގެ ރޭގެ ޖަލްސާ ފެށުމުގެ ފަހުން އިސްތިޢުފާގެ ސިޓީ ލިބުނަސް އެ މައްސަލަ މަޖިލީހުގައި ކުރިއަށް ގެންގޮސްގެން ނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް