Advertisement
ކ. މާލެ
|
21 އޯގަސްޓް 2024 | ބުދަ 14:12
ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް (ސަސްޓެއިނަބަލް ޑިވެލޮޕްމެންޓު ގޯލްސް - އެސްޑީޖީ) އާ ގުޅޭ ސެމިނަރގެ ތެރެއިން
ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް (ސަސްޓެއިނަބަލް ޑިވެލޮޕްމެންޓު ގޯލްސް - އެސްޑީޖީ) އާ ގުޅޭ ސެމިނަރގެ ތެރެއިން
މަޖިލިސް
އެސްޑީޖީ ސެމިނާރ
އެސްޑީޖީއާ ގުޅޭ ސެމިނާރ ގައި އަބްދުއްރަޙީމް ތަޤުރީރު ކުރައްވައިފި
މި ސެމިނަރ ކުރިއަށް ދިޔައީ ޗައިނާގެ ބެއިޖިންގ ގައި
މިއީ މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން އަބްދުއްރަހީމް މިފަދަ ސެމިނާރެއްގައި ބައިވެރިވަޑައިގެންނެވި ފުރަތަމަ ފަހަރު
ޚަބަރުގެ އޯޑިއޯ

ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް (ސަސްޓެއިނަބަލް ޑިވެލޮޕްމެންޓު ގޯލްސް - އެސްޑީޖީ) އާ ގުޅޭ ސެމިނަރ ގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަޙީމް އަބްދުﷲ ތަޤުރީރު ކުރައްވައިފިއެވެ.

މި ސެމިނަރ ކުރިއަށް ދިޔައީ ޗައިނާގެ ބެއިޖިންގ ގައެވެ.

ތަޤުރީރު ކުރައްވަމުން އަބްދުއްރަޙީމް ދެއްކެވި ވާހަކަފުޅުގައި ކޮންމެ ޤައުމެއްގެ ޚާއްސަ ވަސީލަތްތަކާއި ދުނިޔޭގެ އިޤްތިސާދުގައި ދިމާވާ ގޮންޖެހުންތައް ދެނެގަތުމުގެ މުހިއްމުކަމުގެ މައްޗަށް އަލިއަޅުވާލެއްވިއެވެ.

އޭގެ އިތުރުން، ރާއްޖެ ފަދަ ކުދި ޤައުމުތަކަށް ދިމާވާ ގޮންޖެހުންތަކުގެ މައްޗަށްވެސް އަބްދުއްރަޙީމް ވަނީ އަލިއަޅުވާލައްވާފައެވެ.

Advertisement

އަދި، ދެމެހެއްޓެނިވި އިޤްތިސާދެއް ޤާއިމު ކުރުމުގައި މުހިއްމުވާ ކަންކަންވެސް ތަޤުރީރުގައި ފާހަގަ ކުރައްވާފައިވެއެވެ. އެގޮތުން ދެމެހެއްޓެނިވި ގޮތެއްގައި މަސައްކަތްތައް ކުރުމަކީ މުހިއްމު ކަމެއްކަމަށް ވިދާޅުވިއެވެ.

އޭގެ އިތުރުން، ޗައިނާ ފަދަ ޤައުމުތަކާ ގުޅުން ބަދަހި ކުރާނެކަމުގެ ޔަޤީންކަންވެސް އަބްދުއްރަޙީމް ވަނީ ދެއްވާފައެވެ.

މިއީ މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން އަބްދުއްރަހީމް މިފަދަ ސެމިނާރެއްގައި ބައިވެރިވަޑައިގެންނެވި ފުރަތަމަ ފަހަރެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް