ކ. މާލެ
|
6 ފެބްރުއަރީ 2025 | ބުރާސްފަތި 12:07
ރައްޔިތުންގެ މަޖިލިސް މި ދައުރަށް ހުޅުވާ ޖަލްސާގައި ރައީސް މުއިއްޒު ރިޔާސީ ބަޔާން އިއްވަވަނީ
ރައްޔިތުންގެ މަޖިލިސް މި ދައުރަށް ހުޅުވާ ޖަލްސާގައި ރައީސް މުއިއްޒު ރިޔާސީ ބަޔާން އިއްވަވަނީ
ރާއްޖެއެމްވީ
ރައީސްގެ ރިޔާސީ ބަޔާން
މި އަހަރު ރާއްޖޭގެ އިގުތިސޯދު 6.4 ޕަސެންޓު ކުރިއަރައިގެންދާނެ: ރައީސް
ރާއްޖޭގެ އިގުތިޞާދު 6.4 އިންސައްތައިން ކުރިއަރާނެކަމަށް އަންދާޒާކުރެވިފާކަމަށް ރައީސް ވިދާޅުވި
އުންމީދީ އަންދާޒާއަކީ މި އަހަރު ނިމޭއިރު، ދައުލަތުގެ ރަސްމީ ރިޒަރވް 705.1 މިލިއަން އެމެރިކާ ޑޮލަރަށް އިތުރުވުން

ރާއްޖޭގެ އިގުތިސާދު މި އަހަރުގެ ތެރޭގައި 6.4 ޕަސެންޓުން ކުރިއަރައިގެން ދާނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މުއިއްޒު މިފަދައިން ވިދާޅުވީ ރައްޔިތުންގެ މަޖިލީހަށް މިއަދު ޖަލްސާގައި ރިޔާސީ ބަޔާން އިއްވަމުން ގައުމުގެ އިގުތިސާދީ ހާލަތާ ގުޅޭގޮތުން ވާހަފުޅުދައްކަމުންނެވެ.

ގައުމުގެ އިގުތިސާދީ ހާލަތާ ގުޅޭގޮތުން ވާހަފުޅުދައްކަވަމުން ރައީސް ވަނީ މިއަހަރުގެ ތެރޭގައި ކުރިއަށްދާނެ އިގުތިސާދީ ހަރަކާތްތަކާއި އެ ހަރަކާތްތަކުގެ ސަބަބުން ރާއްޖޭގެ އިގުތިސޯދަށް އަންނާނެ ބަދަލުތަކާ ގުޅޭގޮތުން ވާހަކަ ދައްކަވާފަ އެވެ.

ރާއްޖޭގެ އިގުތިޞާދު 6.4 އިންސައްތައިން ކުރިއަރާނެކަމަށް ވަނީ އަންދާޒާކުރެވިފައި
ރައީސް މުއިއްޒު

އެގޮތުން ރާއްޖޭގެ އިގުތިޞާދު 6.4 އިންސައްތައިން ކުރިއަރާނެކަމަށް އަންދާޒާކުރެވިފާކަމަށް ރައީސް ވިދާޅުވި އެވެ. ރައީސް ވިދާޅުވީ މިއަހަރު ނިމުނުއިރު ރަސްމީ ރިޒާވުގައި 673.2 މިލިއަން ޑޮލަރު ހުރި ކަމަށެވެ. އަދި އެއީ 2023 ވަނަ އަހަރު ނިމުނު އިރުގައި ހުރި ވަރަށްވުރެ 14 އިންސައްތަ އިތުރު އަދަދެއް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނުގެ އުންމީދީ އަންދާޒާއަކީ މި އަހަރު ނިމޭއިރު، ދައުލަތުގެ ރަސްމީ ރިޒަރވް 705.1 މިލިއަން އެމެރިކާ ޑޮލަރަށް އިތުރުވުންކަމަށެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނު ގަބޫލުކުރައްވާ ގޮތުގައި ރާއްޖޭގެ އިގުތިސާދީ މި އުފާވެރި ނަތީޖާތަކާއެކު ދިވެހި ރުފިޔާގެ އަގު ހިފަހައްޓައި، ބޭރު ފައިސާގެ ބާޒާރަށް ދިމާވެފައި މި ވާ މައްސަލަތަކަށް ދާއިމީ ހައްލެއް ލިބިގެންދާނެކަމަށެވެ. އަދި މިއީ ދިވެހި ދައުލަތާއި ދިވެހި ކޮންމެ ރައްޔިތެއްގެ ހައްގުގައި ކޮންމެހެން ކުރަން ޖެހޭ ކަމެއްކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

- ކޮމެންޓް